Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯ

ރީޑިންގ ނުނަގައި ބިލު ތައްޔާރު ކުރި ކަމަށް ޚަބަރު ފަތުރަނީ ސިޔާސީ މަންފާއެއް ހޯދަން: ސްޓެލްކޯ

ރީޑިން ނުނަގާ ކަމަށް ރިޕޯޓު ކޮށްފައިވަނީ އެއްވެސް އަސާސެއްނެތި، ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ސްޓެލްކޯއިން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 މެއި 2023 | ބުދަ 04:59
ސްޓެލްކޯ

ސްޓެލްކޯ

ސްޓެލްކޯއިން މީޓަރު ރީޑިންގ ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާކަމަށް، "ދިޔަރެސް" ނޫހުން ރިޕޯޓު ކޮށްފައިވަނީ އެއްވެސް އަސާސެއްނެތި، ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެ ކުންފުނިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، "މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ކަރަންޓް ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފި" މި ސުރުޚީގެ ދަށުން  2023 މޭ 1 ގައި ދިޔަރެސް ނޫހުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ދޮގު މައުލޫމާތު ހިމަނައިގެން ސްޓެލްކޯއާއެމުދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ޚަބަރެއް ކަމަށެވެ.

‎ކަރަންޓުބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގގެ މައްޗަށްކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރާ މިންވަރައްކަމަށެވެ. އަދި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ އަދަދު ކަސްޓަމަރުންނަށް ހިސާބު  ކުރެވޭނެ ކަމަށާއި އެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު ފެންނަން ހުންނާނެ ކަންވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

ސްޓެލްކޯއިން ބުނީ ކޮވިޑް-19 ގެ ހާއްސަ ހާލަތުގައި މީޓަރުގެ ރީޑިންގ ނެގުމަށް ޢަމަލުކުރަމުން އައި ގޮތް 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުސޫލަށް އިޔާދަކުރެވިފައިވާއިރު އެ ހާއްސަ ހާލަތުގައި ކަރަންޓު ރީޑިންގ ނެގުމަށް އަމަލުކުރި އުސޫލަށް މިހާރުވެސް ރީޑިންގ ނަގާކަމަށް އެ ޚަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަގީގަތަށް ވާސިލްވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް ދެކޭ ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީއާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއްކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ ބިނާކުރަނިވި ފާޑުކިޔުމަށް އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން  އުފެއްދުމަކީ އެ ކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ

01 މެއި 2017
މިއަދު މުޒަހާރާއަށް ނިކުންނަން ތައްޔާރު، މެއި ޑޭ އަށްވުރެ ތިން ގުނައަށް މީހުން އިތުރު: ރޮޒެއިނާ
30 އެޕްރީލު 2017

ކައުންސިލް އިންތިޚާބަށް ފުރިހަމައަށް ތައްޔާރު، ޓީމްތައް އަތޮޅުތަކަށް ފުރައިފި: ފުލުހުން

30 އެޕްރީލު 2017
ކައުންސިލް އިންތިޚާބަށް ފުރިހަމައަށް ތައްޔާރު، ޓީމްތައް އަތޮޅުތަކަށް ފުރައިފި: ފުލުހުން
06 އެޕްރީލު 2017

ރައުދާގެ މަރާ ގުޅިގެން އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުންދާތީ ތަހުގީގަށް ހުރަސް އެޅޭ: ފުލުހުން

06 އެޕްރީލު 2017
 ރައުދާގެ މަރާ ގުޅިގެން އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުންދާތީ ތަހުގީގަށް ހުރަސް އެޅޭ: ފުލުހުން
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު