Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ހުއްދަނެތި ސައޫދީއަށް ދިއުމުން ޕީއެސްޖީން މެސީ ސަސްޕެންޑް ކޮށްފި

މެސީ ސައޫދީ އަށް ދިއުމުން ޕީއެސްޖީގެ އިސްވެރިން ވަނީ ހިތްހަމަނުޖެހިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މެއި 2023 | އަންގާރަ 19:14
ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

ލީގު ހޯދުމުގައި ޕްރެޝަރު ބޮޑުވެފައިވާ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދެ ހަފްތާ އަށް ސަސްޕެންޑުރަން ނިންމާފައިވާ ކަމަށް މީޑިއާ ތަކުގައި ރިޕޯޓުކޮށްފި އެވެ.

ސަބަބަކީ ކުލަބުގެ ހުއްދދަނެތި މެސީ އާއިލާއާއެކު ސައުދީ އަރަބިޔާ އަށް ދިއުމެވެ. މިމައްސަލައިގައި، ކުލަބާއި މެސީއާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ.

ލީގުގައި އެންމެ ފަހުން ޕީއެސްޖީން ލޮރިއެންޓު އަތުން ބަލިވި މެޗަށްފަހު ފަރިތަކުރުން ކުރިއަށް ގެންދިޔުމަށް އޮތީ ނިންމައިފަ އެވެ. އެންމެ ފުރަތަމަ ނިންމާފައި އޮތީ އެ މެޗަށްފަހު ކުޅުންތެރިންނަށް އޮފެއް ދިނުމަށެވެ. ނަމަވެސް ބައްޔާއެކު، ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ނިންމީ ފަރިތަކުރުން ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް އެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އޭނާ ދިޔައީ ސައުދީ އަރަބިޔާ އަށެވެ. ކުލަބުގެ ހުއްދަ ނެތި މެސީ ސައުދީ އަރަބިޔާ އަށް ދިޔަ މައްސަލައިގައި، ކުލަބާއި މެސީއާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ.

މިކަމާ ގުޅިގެން ޕީއެސްޖީން މިހާރު ނިންމާފައި ވަނީ މެސީ ދެ ހަފްތާގެ މުއްދަތަށް ސަސްޕެންޑު ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް، މިހާތަނަށް އެކަން މެސީ އަށް ރަަސްމީކޮށް އަންގާފައި ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މެސީ ސައުދީ އަށް ދިޔަކަން އެ ޤައުމުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ރަސްމީކޮށް އިއުލާން ކުރީ ހޯމަ ދުވަހު އެވެ. މެސީ އަކީ ސައުދީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކަނޑަ އަޅާފައި ހުރި އެމްބެސެޑަރެވެ. މިއީ މެސީ ސައުދީ އަށް ދިޔަ ދެ ވަނަ ފަހަރެވެ.

ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލު މެސީ އެކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރު އެވެ. އެެހެންކަމުން ޕީއެސްޖީން އަންނަނީ މެސީގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެކަމުގައި މިހާތަނަށް މެސީގެ ފަރާތުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. އަނެއްކޮޅު މެސީގެ ކުރީގެ ކުލަބު ބާސެލޯނާ އިން އަންނަނީ އަލުން އޭނާ އެ ކުލަަބށް ގެންދިޔުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު