Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސޫދާނުގެ ހާލަތު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

އޭޕްރިލް 15 ވަނަ ދުވަހު ފެށި ހަމަލާ ބަދަލުކުރުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 މެއި 2023 | އަންގާރަ 18:02
ލޫޓުވުމުގެ ޖަރީމާ އޭގެ އިންތިހާއަށް އިތުރުވަމުންދާ ދިއުމުގެ ސަބަބުން، ފިހާރަތައް ވަނީ ބަންދުކޮށްފައި

ލޫޓުވުމުގެ ޖަރީމާ އޭގެ އިންތިހާއަށް އިތުރުވަމުންދާ ދިއުމުގެ ސަބަބުން، ފިހާރަތައް ވަނީ ބަންދުކޮށްފައި

ސޫދާނުގެ ވެރިރަށް ޚާރްތޫމްގައި އޭނާ ދިރިއުޅެމުން ދިޔަ ސަރަހައްދުގެ ބުރިޖުތަކުގައި ބަންދު ބޯޑު އެޅުވުމުން، އެއީ ކޮންމެވެސް މުޒާހަރާއަކާ ހެދި ވީ ކަމެއް ކަމަށް ނޫރު ގުއްލާބު ނިންމިއެވެ. މެޑިސިންގެ ރޮނގުން މަތީ ތައުލީމުގެ ހާސިލުކުރަމުންދާ، ފަލަސްތީނުގެ މި ޒުވާނާއަށް އެއީ މާ ބޮޑުކަމަށް ނުވިއެވެ.

ވެގެން އުޅެނީ ކިހާ ވަރެއްގެ ކަމެއްކަން ރޭކާނުލައި އުޅެނިކޮށް ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ. އިވެމުން ދިޔައީ ބަޑިއާއި ރޮކެޓް ހަމަލާތަކުގެ އަޑުފަށްގަނޑު ކަމަށް، ނޫރު ކިޔައިދެމުން ދިޔައީ ޣާއްޒާގެ ޚާން ޔޫނިސްގައި އޭނާގެ އާއިލާއިން ދިރިއުޅެމުންދާ ގޭގައި އިނދެގެންނެވެ. ސޫދާން ދޫކޮށް، ޚާން ޔޫނިސްއަށް އެނބުރި ދިޔަތާ އަދި ވީ އެންމެ 4 ވަރަކަށް ދުވަހެވެ.

ސޫދާނުގެ އަސްކަރިއްޔާއާ އެ ގައުމުގެ ޕެރަމިލިޓްރީ ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް)ގެ ފައުޖުތަކާ ދެމެދު އޭޕްރިލް 15 ވަނަ ދުވަހު ފެށި ހަމަލާ ބަދަލުކުރުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. އެތައް ބައެއްގެ ގެދޮރު ގެއްލި، އާންމު ދިރިއުޅުން ހުއްޓިއްޖެއެވެ.

ސޫދާނުގައި ދިރިއުޅެމުން ދިޔަ ފަލަސްތީނުގެ ރައްޔިތުން އެ ގައުމުން ބާލައި، އަނބުރައި ފަލަސްތީނަށް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ؛ މިސްރު، އުރުދުން އަދި ސައޫދީ އަރަބިއްޔާގެ އެހީތެރިކަމާއެކުކަން، ފަލަސްތީނުގެ ފޮރިން މިނިސްޓްރީއިން ވަނީ ހޯމަ ދުވަހު ހާމަކޮށްފައެވެ.

ޣައްޒާއަކީވެސް އިޒްރޭލާ ފަލަސްތީނާ ދެމެދު އޮންނަ ޒަމާންވީ އަދާވާތްތެރިކަމާއި ތަޅާފޮޅުމާއި ހަނގުރާމައިގެ ހަމަލާ ބަދަލުކުރުންތަކުގެ މައިދާނެކެވެ. އޭގެ އިތުރުން ދާޚިލީ ހަނގުރާމައެއްގައި އޮތް ސަރަހައްދެކެވެ. އިޒްރޭލާއި މިސްރުން ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ސަބަބުން، އާންމު ދިރިއުޅުމުގެ ހަރަކާތްތައް އިންތިހާއަށް މަޑުޖެހިފައި އޮތް، އަނގަމަތި ހާ ޖަލެކެވެ.

އެ ހުރިހާ ކަމެއްވެސް ތަޖުރިބާކޮށްފައި ހުރި، އުމުރުން 25 އަހަރުގެ ނޫރު ކިޔައިދިންގޮތުގައި ސޫދާނުގައި އެފަދަ ހާލެއްގައި ޖެހުމުން އޭނާ ބަދަލުވީ އެކުވެރިއެއްގެ ގެއަށެވެ. ނަމަވެސް ކާނެ އެއްޗެއް ނެތްތަނުގައި ސާފު ފެންފޮދެއްވެސް ނުލިބޭކަމަށް ނޫރު ބުންޏެވެ.

ލޫޓުވުމުގެ ޖަރީމާ އޭގެ އިންތިހާއަށް އިތުރުވަމުންދާ ދިއުމުގެ ސަބަބުން، ފިހާރަތައް ވަނީ ބަންދުކޮށްފައެވެ.

ބޭސްވެރިކަމުގެ ރޮނގުން މަތީ ތައުލީމު ފުރިހަމަކުރުމަށް، ނޫރުގެ ދިރިއުޅުން ސޫދާނަށް ބަދަލުކުރީ 2015 ވަނަ އަހަރުއެވެ. ނަމަވެސް، އެކަން ކާމިޔާބުކުރުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވިއެވެ. ދާޚިލީ ހަނގުރާމައެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމެވެ. ފަހުގެ ހަނގުރާމަގަނޑު ފެށުނުއިރު، ނޫރު ދަސްވެނިވުމަށް ބާކީ އޮތީ ކުޑަ ދުވަސްކޮޅެކެވެ. ފުރިހަމަ ނުކޮށް އޮތީ މަދު އިމްތިހާނެކެވެ.

ނޫރުގެ މަންމަ ރުވައިދާ ސިފަކުރިގޮތުގައި، އުފާވެރިކަން ހިތާމައަކަށް ބަދަލުވީއެވެ.

ފަލަސްތީނާއި މިސްރު ހިއްސާކުރާ ބޯޑަރު ސަރަހައްދުން މިދިޔަ ހުކުރު ދުވަހު ނޫރުގެ އާއިލާއިން އޭނާއަށް މަރުހަބާކީ ކަރުނައިން ފުރިފައިވާ ލޯތަކަކާއެކުގައެވެ. މެއި މަހުގެ ފަހުކޮޅު ކިޔެވުން ނިންމައިލުމަށްފަހު އެނބުރި އުފަން ވަޒަނަށް އައުމުން އޭނާއަށް ކިޔަން އުޅުނު މަރުހަބާއާ ޚިލާފަށް، ހިތާމައިގެ ކަރުނައާއެކީގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ހީވީ ހުވަފެނެއް ހެން...އެކަމަކު އެއީ ބަދަލު ނުކުރެވޭނެ ހަޤީޤަތެއް": އިޒްރޭލުގެ ހަމަލާއިން ސަލާމަތްވި ކުއްޖެއްގެ ދުލުން އެ ބިރުވެރި މަންޒަރު

"ހީވީ ހުވަފެނެއް ހެން...އެކަމަކު އެއީ ބަދަލު ނުކުރެވޭނެ ހަޤީޤަތެއް": އިޒްރޭލުގެ ހަމަލާއިން ސަލާމަތްވި ކުއްޖެއްގެ ދުލުން އެ ބިރުވެރި މަންޒަރު

11 ސެޕްޓެމްބަރު 2024
މޮރޮކޯ ބިންހެލުން: "ގެތަށް ހެލޭ މަންޒަރު ފެނުނު... ހީވީ ބިރުވެރި ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން"

މޮރޮކޯ ބިންހެލުން: "ގެތަށް ހެލޭ މަންޒަރު ފެނުނު... ހީވީ ބިރުވެރި ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން"

14 ސެޕްޓެމްބަރު 2023
ރޭޕްކުރި މީހާ ހޯދުމަށް އެހީވީ ރޭޕުން އުފަންވި ދަރިފުޅު

ރޭޕްކުރި މީހާ ހޯދުމަށް އެހީވީ ރޭޕުން އުފަންވި ދަރިފުޅު

13 އޯގަސްޓު 2022
ހައްޔަރު ނުކޮށްގެން ހީވީ އެހެންފަދަ ކަމެއްހެން، ބަންދުން ދޫކޮށްލުމުން ކަހާތަން ހިރުވާވެސް ނުލި!

ހައްޔަރު ނުކޮށްގެން ހީވީ އެހެންފަދަ ކަމެއްހެން، ބަންދުން ދޫކޮށްލުމުން ކަހާތަން ހިރުވާވެސް ނުލި!

25 ފެބުރުއަރީ 2020

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު