Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އިރާނުގެ ރައީސް އަވަހާރަ ކޮށްލަން އިސްރާއީލުން ދިން ހަމަލާގައި ކުދި ޒަޚަމްތަަކެއް ލިބިވަޑައިގަތް

ޖޫން މަހު ރައީސް މަސްޢޫދު ޕެޒެޝްކިއަން އަދި އެހެނިހެން އިސްވެރިން އަވަހަރާ ކޮށްލުމަށް އިސްރާއީލުން ދިން ހަމަލާއާ ގުޅޭ އިތުރު ތަފްސީލުތައް ވަނީ ހާމަ ވެފައި

ރާއްޖެ އެމްވީ | 14 ޖުލައި 2025 | ހޯމަ 08:44
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ގައި - ޖޫން 16، 2025

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ގައި - ޖޫން 16، 2025

އިރާނުގެ ރައީސް އަވަހާރަ ކޮށްލަން އިސްރާއީލުން ދިން ހަމަލާ އަކުން ސަލާމަތްވެވަޑައިތަމުގައި ކުދިކުދި އަނިޔާތަކެއް އޭނާ އަށް ލިބިވަޑައިގަތް ކަމަށް އަލް ޖަޒީރާ އިން ބުނެފިއެވެ.

އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާ އިން ރިޕޯޓު ކުރި ގޮތުގައި، ޖޫން 15 ވަނަ ދުވަހު ތެހެރާނުގައި ބޭއްވުނު ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމެއް ހިނގަމުން ދިޔަ އިމާރާތައް އިސްރާއީލުން ވަރުގަދަ ވައިގެ ހަމަލާ އެއް ދިން ވަގުތު އެ ބައްދަލުވުމުގައި ރައީސް މަސްޢޫދު ޕެޒެޝްކިއަން އިންނެވިއެވެ.

ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން އެ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހަމަލާގެ އަމާޒަކަށްވީ އީރާނު ސަރުކާރުގެ ތިން ބާރުގެ އިސްވެރިން ކަމަށާއި، މިއީ ސަރުކާރު ވައްޓާލުމަށް ދިން ހަމަލާއެކެވެ.

"މި ހަމަލާގެ އަގު އިސްރާއީލުން ދައްކަން ޖެހޭނެ،" އެ އޮފިޝަލް އަލް ޖަޒީރާ އަށް ވިދާޅުވިއެވެ.

މި ހަމަލާ ދީފައި ވަނީ އެދުވަހުގެ މެންދުރުވާން ކައިރިވެފައިވަނިކޮށް، ސަރުކާރުގެ ތިން ބާރުގެ އިސްވެރިންނާއި އެހެނިހެން އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއް ކުރިއަށް ދަނިކޮށްނެވެ.

ހޯމަ ދުވަހު އާންމު ވި އިންޓަވިއުއެއްގައި އިރާނުގެ ރައީސް ފުރަތަމަ ފަހަރަށް އޭނާ އަވަހާރަ ކޮށްލަން އިސްރާއީލުން މަސައްކަތް ކުރި ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ހަމަލާއާ ގުޅޭ އިތުރު ތަފްސީލުތަކެއް ސެމީ-އޮފިޝަލް ފާރސް ނިއުސް އެޖެންސީން ވެސް ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލާ އިރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި މިއީ އީރާނުގެ ސަރުކާރު ވައްޓާލަން ދިން ހަމަލާއެކެވެ.

ފާރސް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، މި ބައްދަލުވުން ބޭއްވެމުން ދިޔައީ ތެހެރާނުގެ ހުޅަނގު ސަރަޙައްދުގައި ހުރި ސަރުކާރުގެ ޢިމާރާތެއްގެ ތިރީ ބައިގައެވެ. އެ ޢިމާރާތުގެ ދޮރުތަކަށް އަމާޒު ކޮށް 6 މިސައިލު ފޮނުވާލި ކަމަށާއި، އޭގެ ބޭނުމަކީ އިމާރާތުގެ ތެރޭގައި ތިބި ފަރާތްތައް ތާށިކޮށް އިމާރާތުން ވައި ދައުރުވުން ހުއްޓުވުން ކަމަށް ރިޕޯޓުގައި ވެއެވެ.

ގޮވުންތަކާ ގުޅިގެން އިމާރާތުން ކަރަންޓު ކެނޑުނު ނަމަވެސް، އިމާރާތުަގައި ކަނޑާފައިވާ ސިއްރު ދޮރަކުން އިސް އޮފިޝަލުން ނުކުންނަވާ ސަލާމަތްވެ ވަޑައިގަތެވެ. މީގެ ތެރޭގައި ރައީސް ވެސް ހިމެނިވަޑައިގަންނަވައެވެ. އެ މަނިކުފާނު ސަލާމަތްވެވަޑައިގަތުމުގައި ފައިންޕުޅަށް ކުދިކުދި އަނިޔާތަކެއް ލިބިވަޑައިގަތް ކަމަށް ބުނެފައިވެއެވެ.

"ދުޝްމަނުން" މަޢުލޫމާތު ހޯދާފައިވާ ފުރިހަމަ ކަމަށް ބަލާއިރު، އިސްރާއީލުގެ ޖާސޫސުން އެ ތަނުގައި ތިބިކަމަށް ތުހުމަތު ކުރެވޭތީ، އެކަން ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށް އެ ނިއުސް އެޖެންސީން ބުނެފައިވެއެވެ.

ފާއިތުވި ހަފުތާގައި، އެމެރިކާގެ މީޑިއާ ޝަހުސިއްޔަތު ޓަކަރ ކާލްސަން އަށް ދެއްވި އިންޓަވިއުއެއްގައި ޕެޒެޝްކިއަން ވިދާޅުވީ އިސްރާއީލުން އެ މަނިކުފާނު އަވަހާރަ ކޮށްލަން މަސައްކަތްކުރި ކަމަށެވެ. "އާދެ، އެމީހުން މަސައްކަތްކުރި... އެކަމަކު ނުވި،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ފުރާނަ އަށް ހަމަލާދޭން މަސައްކަތް ކުރީ އެމެރިކާ އެއް ނޫން. އެއީ އިސްރާއީލު. އަޅުގަނޑު އިނީ ބައްދަލުވުމެއްގައި... އަޅުގަނޑުމެން އެ ބައްދަލުވުން ބާއްވަމުންދިޔަ ތަނަށް ބޮންއެޅުމަށް އެމީހުން މަސައްކަތް ކުރި."

އިރާނާ ދެކޮޅަށް އިސްރާއީލުން ޖޫން 13 ގައި ފެށި މިހާތަނަށް ނުފެންނަ ފަދަ ވަރުގަދަ ހަމަލާތަކުގައި އިީރާނުގެ އަސްކަރީ ވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުން މަރާލާފައިވެއެވެ.

އިސްރާއީލުގެ މި ހަމަލާތައް ދީފައިވަނީ ތެހެރާނާއި ވޮޝިންގްޓަން އިން ކުރިއަށް ގެންދިޔަ ނުރަސްމީ ނިއުކްލިއަރ މަޝްވަރާ ތަކުގެ އައު ބުރަކަށް ބައްދަލުވާން ދެ ދުދުވަހަށް ވެފައި ވަނިކޮށްނެވެ. މިކަމުގެ ސަބަބުން އިރާނުގެ އެޓަމިކް ޕްރޮގްރާމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ވާސިލުވުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުނެވެ.

އިރާނުގެ ފައުންޑޭޝަން އޮފް މާޓިއާރސް އެންޑް ވެޓެރަންސް އެފެއާޒް އިން ބުނާ ގޮތުގައި، މި ހަނގުރާމައިގައި އިރާނުގައި މަދުވެގެން 1,060 މީހުން މަރުވެފައިވެއެވެ.

އިސްރާއީލުގެ މި ހަމަލާތަކާ ގުޅިގެން، ޑްރޯން އަދި މިސައިލް ހަމަލާތަކުގެ ރާޅުތަކެއް އިރާނުން އިސްރާއީލަށް ފޮނުވާފައެވެ. އިސްރާއީލުގެ އޮތޯރިޓީތަކުން ބުނާ ގޮތުގައި އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގައި 28 މީހުން މަރުވިއެވެ.

އެމެރިކާއިން މެދުވެރިވެގެން ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ކުރިން، އިރާނުން ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތަކުން އިސްރާއީލުގެ މިލިޓަރީ އަދި އިންޓެލިޖެންސް މައި އޮފީސްތަކަށް ހަމަލާދިނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު