Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަންތާޖު ޤުރުއާން މުބާރާތް

"ރަންތާޖު ޤުރުއާން މުބާރާތުން ލިބުނު އެންމެ ބޮޑު އުފަލަކީ ދުނިޔޭގެ ފެންވަރުގެ ފަންނީ ހުނަރު ދިވެހިންގެ ކިބައިގައި ހުރިކަން ޔަޤީންކުރެވުން"

1 މެއި 2023 | ހޯމަ 13:43

މުބާރާތަށް އަގުހުރި އިނާމެއް ދިނީ މުބާރާތުގެ ޝައުގުވެރިކަމާއި ވާދަވެރިކަން އިތުރުކުރުމަށް ކަމަށް ސަލީމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 މެއި 2023 | ހޯމަ 13:43
ރަންތާޖު ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރަންތާޖު ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެޓީވީ އިން މިދިޔަ ރަމަޟާން މަހު ގެނެސްދިން ރަންތާޖު ޤުރުއާން މުބާރާތުން ލިބުނު އެންމެ ބޮޑު އުފަލަކީ ދުނިޔޭގެ ފެންވަރުގެ ފަންނީ ހުނަރު ދިވެހިންގެ ކިބައިގައި ހުރިކަން ޔަޤީންކުރެވުން ކަމަށް ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރަންތާޖު ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރާއްޖެ އަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް ބެހިފައިވާ ތަނަކަށް ވާއިރު އެ ރަށްތައް ގުޅާދޭ ކަމަކީ ރާއްޖޭގައި އޮތް އިސްލާމްދީން ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ތާރީހުން އެނގޭ ގޮތުން ރާއްޖެ އިސްލާމްވި ހިސާބުން ފެށިގެން އެ ނޫރު ވާސިލްކޮށްދިން ދަންމަރަކީ ކީރިތި ޤުރުއާން ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވަނީ ޤުރުއާން އުނގަންނައިދިނުމުގައި ރާއްޖޭގެ ތާރީޚު އޮތް ގޮތަށް ބައްލަވާލައްވާފައެވެ. އެގޮތުން ޝޭހް މުހައްމަދު ޖަމާލުއްދީން، ވާދޫ ދަންނަ ކަލޭފާނު ކޮށްދެއްވި ޚިދުމަތަށް އަލިއަޅުވާލެއްވިއެވެ. އެ މަނިކުފާނުގެ މަސައްކަތްޕުޅަކީ ޤުރުއާން އުނގަންނައިދިނުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތަތްތަކުގެ މުހިންމު ބައެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދީނީ ދަންމަރު ރާއްޖޭގައި ފަނޑުވިޔަ ނުދޭން ކުޑަކުދިންނަށް ދޭ ތައުލީމަކީ އިސްލާމްދީނާއި އެއްގޮތް ތައުލީމެއް ކަމުގައި ހެދުމާއި ތައުލީމީ ނިޒާމުގެ ތެރެއިން އިސްލާމް ދީނަށް ލޯބިކުރާ ނިޒާމެއް ޤާއިމްކުރެވިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުން ޤާނޫނީ ބާރު ލިބޭގޮތަށް އެފަދަ ކަންކަން އިންތިޒާމްކޮށްދެއްވި ބޭފުޅަކީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ޑިގްރީ ފެންވަރުގައި ހިލޭ ތައުލީމް ހާސިލްކުރުމަށް ސަރުކާރުން ފަހިކޮށްދީފައިވާ ފުރުސަތުގެ ދަށުން އިމާމުންނަށް އުނގެނޭ ގޮތް ހެދުމާއި އިމާމުން އެދުރުވެރިކުރުވުމަށް ދިން އިސްކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން މިހާރު ރާއްޖޭގައި 70 އަށް ވުރެ ގިނަ އިމާމުން ތިބިކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ޤުރުއާން ކިޔެވުން ފަދަ ކަންކަމުން ވަނަތައް ހާސިލްކުރާ ފަރާތްތަކާއި ރައީސް ބައްދަލުކުރެއްވުމަކީ އެފަދަ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ރާއްޖެ ޓީވީ އަށް އެފަދަ މުބާރާތެއް ބޭއްވުމުގެ ފުރުސަތު ލިބުމަކީ ރާއްޖެޓީވީ އަށް ލިބުނު ޝަރަފެއް ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ. އެ މުބާރާތް ކާމިޔާބުވީ އެކަމަށް ސަރުކާރުން ދެއްވި ޚާއްސަ ސަމާލުކަމުގެ ސަބަބުން ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ. މިފަދަ މުބާރާތެއް ބޭއްވި އިރު އަގުހުރި އިނާމެއް ދިނީ މުބާރާތުގެ ޝައުގުވެރިކަމާއި ވާދަވެރިކަން އިތުރުކުރުމަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ އެއްވަނަ ނ.ހޮޅުދޫއަށް ނިސްބަތްވާ މުހައްމަދު ސާއީ މުބާރިކް ހާސިލްކޮށްފައިވާއިރު، 2 ވަނަ ހާސިލްކޮށްފައިވަނީ މާލެ ސިޓީ، ފާތިމަތު ތުގާ ހަލީމެވެ. އަދި 3 ވަނަ ހާސިލްކޮށްފައިވަނީ މާލެ ސިޓީ, ޔައީޝް މުހައްމަދު ނިޔާޒެވެ. އަދި 4 ވަނަ ހއ. ހޯރަފުށި, އަހުމަދު ސުޖާއު ހާސިލްކޮށްފައިވާއިރު، 5 ވަނަ ހާސިލްކޮށްފައިވަނީ ބ.އޭދެފުށި, މުހައްމަދު މުސްތަފާ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް