Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ހިޔާނަތް

ޔާމީނަށް ދިން ރިޝްވަތުގެ މެދުވެރިޔާ ކްރިކް ރިޒާ ބޭނުންކުރި ދެލައްކަ ޑޮލަރު ދައުލަތަށް ނަގައިދޭން އެދިއްޖެ

މި މައްސަލައިގައި އޭނާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 މެއި 2023 | އަންގާރަ 07:14
އަހުމަދު ކްރިކް ރިޒާ

އަހުމަދު ކްރިކް ރިޒާ

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ކުރިކީލަހިޔާ އަޙުމަދު ކްރިކް ރިޒާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ މަޑުޖައްސާލުމަށް އެދި ކްރިކް ރިޒާގެ ފަރާތުން ވަނީ ކޯޓަށް ސިޓީއެއް ހުށައަޅާފައެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީއެވެ. ނަމަވެސް އަޑުއެހުން މަޑުޖައްސާލަން ޖެހޭފަދަ ސަބަބެއް ނެތްކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެންމެ ފުރަތަމަ ދައުލަތުން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ. އެގޮތުން މި މައްސަލައިގައި އޭނާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަނީލޯންޑަރިންގގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެކެވެ. 

ދައުލަތުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަޙުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ދައުލަތުން ވަނީ އޭގެ ތެރެއިން ކްރިކް ރިޒާއަށް ލިބުނު ފައިސާގެ ތެރެއިން އޭނާ ބޭނުންކޮށްފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައެވެ. އޭގެ ތެރޭގައި 232،000ށް ވުރެ ގިނަ އެމެރިކާ ޑޮލަރު ހިމެނެއެވެ.

އިފްތިތާޙީ ބަޔާން އިއްވުމަށް ފުރުސަތު ދިނުމުން ދިފާއުން ވަނީ ޝަރީއަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އިއުތިރާޒެއް ނަންގަވާފައެވެ. އެގޮތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ ކްރިކް ރިޒާގެ ފަރާތުން ވަނީ އަޑުއެހުން މަޑުޖައްސާލުމަށް އަނެއްކާވެސް އެދިފައެވެ.

ގާޒީ ވިދާޅުވީ، ދިފާއުން ހައިކޯޓުގައި އިސްތިއުނާފު ކުރި 5 ނުކުތާގެ ތެރެއިން 3 ނުކުތާއަކީ ދައުވާ އުފުލުމާ ގުޅޭ ނުކުތާތަކެއް ކަމަށެވެ. އެ ނުކުތާތައް ސުޕްރީމް ކޯޓުން ބަލައިގަނެ ދައުވާ ބާތިލުކޮށްފިނަމަ އެ ހިސާބުން އެގޮތުގެ މަތިން މައްސަލަ ނިމޭނެ ކަމަށާއި، ދެން ހިމެނެނީ ހެކިތަކާ ގުޅޭ ހުށައެޅުންތަކެއް ކަމަށް ގާޒީ ވިދާޅުވިއެވެ. އެ ނުކުތާތަކުގައިވެސް ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ މަތިން ފުރުސަތު ލިބިގެންދާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ ހެއްކާބެހޭ ޤާނޫނުގެ ދަށުން ހެއްކާ ގުޅޭ ނުކުތާތައް މިހާރުވެސް ހުށައެޅޭނެކަން ފާހަގަ ކުރައްވާފައެވެ.

އެއަށްފަހު ދިފާއުން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ.

އޭގެ އިތުރުން، ހެކި ބަލައިނުގަތުމާ ގުޅޭގޮތުން އިއުތިރާޒެއް ކުރުމަށް ދިފާއުން ބޭނުންވާތީ، ލިއުމުން ހުށައެޅުމަށް ގާޒީ ވަނީ ފުރުސަތު ދެއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު