Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ހުރަވީ" ހަވާލުކުރުން

ދިމާވި ކޮންމެ ކަމެއްގައި އިންޑިއާ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދިން: ޝަމާލް

2 މެއި 2023 | އަންގާރަ 07:58

ދިފާއީ ބާރު ހަރުދަނާކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރެއްވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 މެއި 2023 | އަންގާރަ 07:58
ކޯސްޓްގާޑް ޝިޕް ހުރަވީ ދިވެހި އަސްކަރިއްޔާއާ ހަވާލުކުރުމުގެ ރަސްމިއްޔާތު

ކޯސްޓްގާޑް ޝިޕް ހުރަވީ ދިވެހި އަސްކަރިއްޔާއާ ހަވާލުކުރުމުގެ ރަސްމިއްޔާތު

ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިފަދައިން ވިދާޅުވީ އިންޑިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރާ އޮފްޝޯރ ޕެޓްރޯލް ވެސެލް އަދި ލޭންޑިންގ ކްރާފްޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޝަމާލްގެ ވާހަކަފުޅު ފައްޓަވަމުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރާއްޖޭގެ ދިފާއީ ބާރު ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ދިފާއީ ގުޅުމަށް އަލިއަޅުވާލައްވައި ޝަމާލް ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށްދޭ އެއް ކަމަކީ ދެގައުމުގެ ދެމެދުގައި އޮތް ދިފާއީ، އަދި އަސްކަރީ ގުޅުން ކަމަށެވެ. އިންޑިއާ އަސްކަރިއްޔާއިން އަބަދުވެސް ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކަމަށާއި، ކޮންމެ ކަމެއްގައިވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޝަމާލް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ ސަލާމަތަށް ދިމާވާ ކޮންމެ ކަމެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޝަމާލް ވިދާޅުވިއެވެ.

މިގޮތުން ދިފާއީ ބާރުގެ ކެޕޭސިޓީ އިތުރުކުރުމަށް އިންޑިއާއިން ވެދޭ އެހީ ފާހަގަކުރައްވައި ޝަމާލް ވަނީ އިންޑިއާ ސަރުކާރުގެ ފަރާތުން އަންގާރަ ދުވަހު ރާއްޖެއަށް ހަދިޔާކުރި އޮފްޝޯރ ޕެޓްރޯލް ވެސެލް އަދި ލޭންޑިންގ ކްރާފްޓަށް ޝުކުރު އަދާރައްވާފައެވެ. މި އުޅަނދުތަކުގެ ސަބަބުން ކޯސްޓްގާޑުގެ މަސައްކަތްތައް އަވަސްވެ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް