Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސައްކަތްތެރިންގެ ދުވަސް

މަސައްކަތްތެރިންގެ ޝަކުވާތަކަށް ހައްލު ބޭނުންވޭ!

ކޮންމެ އަހަރެއްވެސް މެއި މަހުގެ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 މެއި 2023 | ހޯމަ 17:43
ވެލާނާގެ: ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ވެލާނާގެ: ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 1 ވަނަ ދުވަހަކީ ލޭބަރ ޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ދުވަހެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިދުވަހުގެ މުނާސަބަތުގައި ބޮޑެތި މުޒާހަރާތައް ކުރެއެވެ. މަސައްކަތްތެރިން ބޭނުންވާ ކަންކަމަށް ވަކާލާތުކުރެއެވެ. އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް ސަރުކާރުތަކަށާއި ވަޒީފާދޭ ތަންތަނަށް ބާރު އަޅައެވެ. ބޮޑެތި މުޒާހަރާތައް ކުރެއެވެ.

ރާއްޖޭގައިވެސް މޭ ޑޭ އާ ދިމާކޮށް ބޮޑެތި މުޒާހަރާތައް ކޮށްފައި އެބަހުއްޓެވެ. ނަމަވެސް ދައްކަން މިއުޅެނީ މަސައްކަތް ތެރިންގެ ދުވަހާ ދިމާކޮށް ރާއްޖޭގައި ކުރި ބޮޑެތި މުޒާހަރާތަކުގެ ވާހަކައެއް ނޫނެވެ. މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް މަސައްކަތްތެރިން ފާޅުކުރަމުންދާ ޝުއޫރުތަކުގެ ވާހަކައެވެ. މިއަހަރުގެ ލޭބަރ ޑޭ އާ ދިމާކޮށް ސޯޝަލް މީޑިޔާ ގައި މަސައްކަތްތެރިން ފާޅުކޮށްފައި ހުރި ޝުއޫރުތަކަށް ބަލާލުމުން މަސައްކަތްތެރިންގެ ގިނަ ޝަކުވާތަކެއް ހުރިކަން ފެންނާނެއެވެ.

އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި މަސައްކަތްތެރިން ފާހަގަކުރާ އެއް ކަމަކީ މުސާރައިގެ ތަފާތުކުރުމެވެ. އެއް މަސައްކަތެއް ކުރާ ބަޔެއްގެ މެދުގައިވެސް މުސާރައިގެ ފަރަގު ބޮޑުވުމަކީ ގިނަ މަސައްކަތްތެރިގެ ޝަކުވާއެކެވެ. މުސާރައިގެ ފަރަގު ނައްތާލުމަކީ ދުޅަ ހެޔޮ މަސައްކަތުގެ މާހައުލަކަށްވެސް ނުހަނު ބޭނުންތެރިކަމެކެވެ. މުސާރައިގެ ފަރަގު ނައްތާލުމަށް މިސަރުކާރުން ޕޭ ހަމަނައިޒްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެއާއެކު އޭގެ ނަތީޖާ ކޮންމެސް ވަރަކަށް ވަނީ ފެންނަން ފަށާފައެވެ. ނަމަވެސް ހުރިހާ ދާއިރާއަކުންވެސް ނަތީޖާ ފެންނަންޖެހެއެވެ.

މަތީ ފާސް ނަގައިގެން އައި ކަމުގައިވިޔަސް އަތުގައި އޮންނަ ސެޓްފިކެޓާއި އެއް ފެންވަރުގެ މުސާރަ އެއް ނުލިބުމަކީވެސް މަސައްކަތްތެރިންގެ ޝަކުވާއެކެވެ. ބޮޑެތި ޚަރަދުކޮށްގެން މައްޗަށް ކިޔަވައިގެން އައިސް އުންމީދުކުރާވަރާއި ގާތަށްވެސް ރަނގަޅު މުސާރައެއް ނުލިބުމަކީ މަސައްކަތް ކުރުމުގައިވެސް ހިތްމަރުވާ ކަމެކެވެ. ކިތަންމެ ގިނަ ދުވަހަކު އެއްތާކު މަސައްކަތްކުރިނަމަވެސް ވަޒީފާގެ ކުރި އެރުން ނުލިބި ހުންނަ އެއް ހިސާބަކު ހުންނަންޖެހުމަކީ މަސައްކަތްތެރިންގެ ކަންބޮޑުވުމެކެވެ. އެހެންކަމުން ވަޒީފާދޭ ކޮންމެތާކުވެސް ވަޒީފާގެ އޮނިގަނޑެއް އޮންނަންޖެހެއެވެ. މުވައްޒަފަށް ވަޒީފާގެ ކުރިއެރުން ލިބެމުންދާނެ ގޮތް ފެންނަން އޮންނަންޖެހެއެވެ. އެހެން ނޫންކަމަށްވާނަމަ އަބަދު އެއް ހިސާބަކު ހުރުމުގެ މާޔޫސްކަން އަބަދު އޮންނާނެއެވެ.

މަސައްކަތްތެރިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ހުރިހާ ދާއިރާއެއްގައިވެސް ކަށަވަރުވެފައި އޮންނަންޖެހެއެވެ. ވަކިން ޚާއްސަކޮށް ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތްތެރިންނަށް އެހައްގުތައް ލިބޭތޯ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކުރަންޖެހެއެވެ. އަށް ގަޑިއިރު މަސައްކަތްކުރާނަމަ އެއް ގަޑިއިރުގެ ބްރޭކެއް ދިނުމާއި އިތުރު ގަޑީގައި މަސައްކަތްކުރުވާނަމަ އެގަޑީގެ ލާރި ލިބޭތޯ ޔަގީންކުރަންޖެހެއެވެ. އޮފް ދުވަސް ދޭތޯ އާއި ޝިފްޓް ޑިޔުޓީ ކުރާނަމަ އަށް ގަޑިއިރު ހަމަކުރުމަށްފަހު ނޫނީ އަނެއް ޝިފްޓަށް މަސައްކަތް ކުރުމަށް ނުނެރޭތޯ ޔަގީންކުރަންޖެހެއެވެ. މަސައްކަތްތެރިންގެ ހައްގުތަކަކީ ހަމައެކަނި ގާނޫނުގައި ލިޔެ ދޫކޮށްލުމުގެ ބަދަލުގައި ރަނގަޅަށް ތަންފީޒުވެފައިވާ އެއްޗަކަށްވެސް ވާންޖެހެއެވެ.

މީގެއިތުރުން މަސައްކަތްތެރިންގެ އަގު ވަޒަންކުރެވެންޖެހެއެވެ. މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން މަސައްކަތް ކުރުމަށް ހުންނަ ރޫހު ގެއްލޭކަމުގެ ޝަކުވާއަކީވެސް މަސައްކަތްތެރިންގެ ޝަކުވާއެކެވެ. ވަކި ބަޔަކު ކުރާ މަސައްކަތެއް ނުވަތަ ވަކި ވައްތަރެއްގެ މަސައްކަތްކުރާ ބަޔެއްގެ އަގުވަޒަންނުކުރާ ވާހަކައެވެ. ރަނގަޅު އުފެއްދުންތެރި މަސައްކަތްތެރިން ބިނާކުރުމަށް މިއީ ވިސްނަންޖެހޭ ކަންކަމެވެ.

މީގެއިތުރުން މަސައްކަތުގެ މާހައުލުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމުގެ ވާހަކައަކީވެސް އަބަދުވެސް އިވޭ ވާހަކައެކެވެ. އަންހެނަކަށްވީތީ ވަކި ކަހަލަ މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނާބުނުމާއި އެގޮތަށް މުޖުތަމައު ގަބޫލުކުރުމަކީ އެމީހަކު ބޭނުންވާ ވަޒީފާއެއް އަދާކުރުމަށް އޮތް ހުރަހެކެވެ. މީގެއިތުރުން ވަޒީފާގެ ކުރިއެރުން ދިނުމާއި ވަޒީފާގައި ހަވާލުކުރާ މަސައްކަތްތަކުގައި ތަފާތުކުރުން ގެންގުޅުމަކީވެސް އަބަދުވެސް ކުރާ ޝަކުވާއެވެ. ކަންކަން ތަންފީޒުކޮށް ބަސް ބުނާ ހިސާބަށް އަންހެނުންނަށް އާދެވެމުގައި ހުރި ގޮންޖެހުންތަކަކީ ނައްތާލަންޖެހޭ ގޮންޖެހުންތަކެވެ.

ކޮންމެ އަކަސް މަސައްކަތްތެރިންގެ ޝަކުވާތައް އަބަދުވެސް އޮންނާނެއެވެ. ނަމަވެސް ސަރުކާރާއި ޕްރައިވެޓް ސެކްޓަރ އިން އަބަދުވެސް މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލު ހޯދައިދޭން މަސައްކަތްކުރަންޖެހޭނެއެވެ. އެހެން ނޫންނަމަ ގައުމު ކުރިއެރުމުގައި ލަސްތަކެއް އަންނާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހިޔާނާތުގެ މައްސަލަތަކާއެކު ހައްލު ކުރަން އޮތް މައްސަލަތައް ފުނިޖެހިފައި

ހިޔާނާތުގެ މައްސަލަތަކާއެކު ހައްލު ކުރަން އޮތް މައްސަލަތައް ފުނިޖެހިފައި

20 ޖުލައި 2019
ބިދޭސީންގެ މައްސަލަ ހައްލުކުރާހާ ހިތްވަރު ނެތީތަ؟

ބިދޭސީންގެ މައްސަލަ ހައްލުކުރާހާ ހިތްވަރު ނެތީތަ؟

11 މެއި 2019
އަދިވެސް ޝަކުވާތަކަށް ކުޑަ ވެސް ހައްލެއް ނެތް!

އަދިވެސް ޝަކުވާތަކަށް ކުޑަ ވެސް ހައްލެއް ނެތް!

09 މެއި 2019
މަސައްކަތްތެރިންގެ ހައްޤުތައް: ސިޔާސީ ފައިދާއަކަށް، ދައްކާ ސިޔާސީ ވާހަކައަށްވެފައި!

މަސައްކަތްތެރިންގެ ހައްޤުތައް: ސިޔާސީ ފައިދާއަކަށް، ދައްކާ ސިޔާސީ ވާހަކައަށްވެފައި!

01 މެއި 2019
މަގޫދޫގެ ބިމުގެ ދަތިކަމަށް ހައްލެއް ބޭނުންވޭ!

މަގޫދޫގެ ބިމުގެ ދަތިކަމަށް ހައްލެއް ބޭނުންވޭ!

15 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު