Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޮބް ސެންޓަރުގެ ވިޔަފާރިތައް

ދިވެހިން ވަޒީފާއިން ވަކިނުކުރުމަށް ޝަރުތުކޮށް 419 ވިޔަފާރިއަކަށް ލޯނު އެހީ!

1 މެއި 2021 | ހޮނިހިރު 09:15

އެއްވެސް ސިވިލް ސަރވަންޓެއްގެ މުސާރަ އުނިކޮށްފައެއް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 މެއި 2021 | ހޮނިހިރު 09:15
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު އެމަނިކުފާނުގެ ތަރުޖަމާނު މަބްރޫކު އަޒީޒާއެކު ރައީސް އޮފީހުގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު އެމަނިކުފާނުގެ ތަރުޖަމާނު މަބްރޫކު އަޒީޒާއެކު ރައީސް އޮފީހުގައި

ދިވެހިން ވަޒީފާއިން ވަކި ނުކުރުމަށް ޝަރުތުކޮށް ބީއެމްއެލް މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން 419 ވިޔަފާރިއަކަށް ސަރުކާރުން ލޯނު އެހީ ދޫކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ދިވެހިން ވަޒީފާއިން ވަކި ނުކުރުމަށް ޝަރުތުކޮށް ބީއެމްއެލް މެދުވެރިކޮށް 419 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. އެއީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށް ގެންދިޔަ މުހިއްމު މަސައްކަތެއް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށްވެސް 363 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ދޫކޮށްފައެވެ. އެއީ 1557 ކުދި އަދި މެދުފަންތީގެ ވިޔަފާރިއާއި 662 އަމިއްލަ މަސައްކަތެވެ.

މަބްރޫކު ވަނީ ކޮވިޑުގެ މި ހާލަތުގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި އެކަމުގެ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވާފައެވެ.

މަބްރޫކު ވިދާޅުވީ ކޮވިޑުގެ މި ހާލަތުގައިވެސް އެއްވެސް ސިވިލް ސަރވަންޓެއްގެ މުސާރަ އުނިކޮށްފައި ނުވާ ކަމަށެވެ. ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދޫކުރާ އިންކަމް ސަޕޯޓު އެލަވަންސަކީ ވެސް ރައީސް ސާލިހުގެ ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އިސްކަންދީގެން ކޮށްފައިވާ ފާހަގަކޮށްލެވޭ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

އެގޮތުން މިހާތަނަށް 22،786 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދޫކޮށްފައިވާއިރު އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކޮށްފައިވާ އަދަދުތައް 418 މިލިއަން ރުފިޔާއަށް އަރައެވެ.

މީގެ އިތުރުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމާއި ވަޒީފާ ހޯދާ ފަރާތްތަކާއި ވިޔަފާރިތައް ގުޅުވާލުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ތައާރަފު ކުރި ޖޮބް ސެންޓަރުގައި މިހާތަނަށް 883 ވިޔަފާރިއެއް ރަޖިސްޓްރީ ވެފައިވާކަންވެސް މަބްރޫކު ފާހަގަ ކުރެއްވިއެވެ.

މަބްރޫކު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ޖޮބް ސެންޓަރު އިތުރަށް ޕްރޮމޯޓު ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާ ކަމަށެވެ. ރާއްޖޭގެ 62 ރަށަކަށް އަމާާޒުކޮށް އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރާވާފައެވެ.

ފިޒިކަލް ޖޮބް ސެންޓަރެއް ހުޅުމާލޭގައި ގާއިމު ކުރުމަށްވެސް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް