Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސަައްކަތްތެރިންގެ ދުވަސް

މަސައްކަތްތެރިކަމުގެ ދާއިރާގައި ދެޖިންސުގެ ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ޖެހިއްޖެ: ރައީސް

1 މެއި 2022 | އާދީއްތަ 06:16

މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ގިނަ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 1 މެއި 2022 | އާދީއްތަ 06:16
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު

ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް މިހާރު ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ، ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ އިތުރު ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިތާބުގައެވެ. އެމަނިކުފާނުގެ ޚިތާބުގައި މި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށާއި މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ އާއިލާތަކާއި، މަސައްކަތްތެރިންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.

Advertisement - newsAdvertisement

ރައީސްގެ ޚިތާބުގައި މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސައްކަތްތެރިންގެ ހައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން އަދިވެސް މުޖުމަތައުގައި ހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮންމެ މަސައްކަތްތެރިއަކަށް އެމީހަކު އެ ކުރާ މަސައްކަތުގެ ހައްޤު މިންވަރު ލިބިދެވޭކަން ކަށަވަރުކުރުމާއި މަސައްކަތް ކުރުވުމަށް ފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ކަންކަމަކީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާވެސް ޚިލާފު ކަންތައްތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މަސައްކަތުގެ ދާއިރާގައި ދެޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރަންޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ މިއަދު ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މަސައްކަތްތެރިންގެ ހައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން، މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ޤާނޫނީ ގޮތުން ލާޒިމްކޮށް ތަންފީޒުކުރަން ފަށާފައިވާކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ޚިދުމަތްތަކުން، މުވައްޒަފުންނަށް ސަރވިސް ޗާޖް ދިނުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިޤްތިސާދީ ދަތިތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައިވެސް، އެންމެ މުހިންމު ދައުރެއް އަދާކުރަނީ، ތަފާތު ދާއިރާތަކުން ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރިންކަމާއި މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެނަމަ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2018

ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

19 ފެބުރުއަރީ 2018
ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
31 ޖެނުއަރީ 2018

މިއީ ރިޔާސީ އިންތިހާބުގެ އަހަރު، ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރަންޖެހޭ: މަހުލޫފް

31 ޖެނުއަރީ 2018
މިއީ ރިޔާސީ އިންތިހާބުގެ އަހަރު، ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރަންޖެހޭ: މަހުލޫފް
29 ޑިސެމްބަރު 2017

ރައީސް ޔާމީން އިތުރަށް ވެރިކަމުގައި ބަހައްޓައިފި ނަމަ ޒުވާނުންގެ އަގީދާ ބަލިކަށިވެދާނެ: ފައްޔާޒު

29 ޑިސެމްބަރު 2017
ރައީސް ޔާމީން އިތުރަށް ވެރިކަމުގައި ބަހައްޓައިފި ނަމަ ޒުވާނުންގެ އަގީދާ ބަލިކަށިވެދާނެ: ފައްޔާޒު
26 ނޮވެމްބަރު 2017

ޒުވާނުންގެ އެވޯޑު މިއަހަރު ހަތް މީހަކަށް

26 ނޮވެމްބަރު 2017
ޒުވާނުންގެ އެވޯޑު މިއަހަރު ހަތް މީހަކަށް
17 އޮކްޓޯބަރު 2017

ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

17 އޮކްޓޯބަރު 2017
ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
06 ސެޕްޓެމްބަރު 2017

ރާއްޖެއަކީ މިސަރަހައްދުގެ ސިއްހީދާއިރާގައި ނަމޫނާ ސްޓޭންޑަޑެއް: ޑރ. ޝައިނީ

06 ސެޕްޓެމްބަރު 2017
ރާއްޖެއަކީ މިސަރަހައްދުގެ ސިއްހީދާއިރާގައި ނަމޫނާ ސްޓޭންޑަޑެއް: ޑރ. ޝައިނީ
22 ޖުލައި 2017

އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް މީކާއީލް، ނައިބު ރައީސަކަށް މާއިޒް

22 ޖުލައި 2017
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް މީކާއީލް، ނައިބު ރައީސަކަށް މާއިޒް
05 ޖުލައި 2017

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި

05 ޖުލައި 2017
ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް