Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
19 ވަނަ މަޖިލިސް

އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު

19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކުރެއްވި ބުރަ މަސައްކަތްތަކަށް ޝާހިދު ޝުކުރު އަދާކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 މެއި 2024 | އަންގާރަ 15:07
އެމްޑީޕީގެ ރައީސް ޝާހިދުއާއި މަޖިލީހުގެ ރައީސް އަސްލަމް އަދި ނައިބު ރައީސް ސަލީމް އާ ބައްދަލުކުރެއްވުން

އެމްޑީޕީގެ ރައީސް ޝާހިދުއާއި މަޖިލީހުގެ ރައީސް އަސްލަމް އަދި ނައިބު ރައީސް ސަލީމް އާ ބައްދަލުކުރެއްވުން

އެމްޑީޕީ އަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ސަލީމް އާއެކު ހޯމަ ދުވަހު ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން 19 ވަނަ މަޖިލީހުގެ މަސައްކަތްތަކަށް ނިމުމެއް އައުމާ ގުޅިގެން އަންގާރަ ދުވަހުގެ މެންދުރު ފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، މި ނިމިގެންދާ މަޖިލިސް ދައުރުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި 19 ވަނަ މަޖިލީހުގައި ކުރީގެ ރައީސް ސާލިހުގެ ސަރުކާރުން ފޮނުވައިގެން، އެމްޑީޕީގެ މެޖޯރިޓީގައި މަޖިލީހުން ފާސްކޮށްފައިވާ މުހިއްމު ބައެއް ބިލްތަކަށް ވެސް ޕާޓީގެ ރައީސް ޝާހިދު ވަނީ އަލިއަޅުވާލައްވާފައެވެ.

2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައި އިރު ކަސްތޮޅު އެޅުވިފައިވާ ލާމަރުކަޒީ ނިޒާމް އަލުން ހިނގައިގަތުމަށް ބޭނުންވާ ޤާނޫނު ފާސްކޮށް، އެ ނިޒާމް ހަރުދަނާކަމާއެކު ހިނގަމުންދަނީ 19 ވަނަ މަޖިލީހުގެ މުހިއްމު ދައުރެއް އޮވެގެންކަން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ހަމައެހެންމެ 19 ވަނަ މަޖިލީހުގައި ފުރިހަމަ، ތިން ބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޒާމެއްގައި ޤާނޫނު ހަދާ މަޖިލީހެއް މަސައްކަތްކުރާނެ ގޮތް މި މަޖިލީހުގައި އެމްޑީޕީން ދައްކުވައިދިންކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި ޓެކްސްގެ ނިޒާމް އިތުރަށް ފުރިހަމަކުރުމަށް އާމްދަނީއިން ޓެކްސް ނެގުމުގެ ޤާނޫނު ފާސްކޮށް، އިޤްތިޞާދު ހަމަމަގުގައި ކުރިއަށްދާކަން ކަށަވަރުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލާއި، ޗާރޓަޑް އެކައުންޓެންޓުންގެ ބިލާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ބިލްގެ މަސައްކަތުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުވުމުގައި ޝާހިދު ވަނީ އެމްޑީޕީން ފެށި ފަނޑިޔާރުގެ އިސްލާޙުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ދިޔަ ހެތްކާއި ބެހޭ ބިލާއި މަދަނީ އިޖުރާތާއި ބެހޭ ބިލްގެ މަސައްކަތް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް މަސައްކަތްތެރިންގެ ހައްޤުގައި މަސައްކަތްކުރާނެ ޕާޓީ ކަމަށާއި، 19 ވަނަ މަޖިލީހުން އިންޑަސްޓްރިއަލް ރިލޭޝަންސްއާއި ބެހޭ ބިލާއި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ބެހޭ ބިލް ފާސްކުރުން އެކަމުގެ ހެތްކަކަށް ފުދޭކަމަށެވެ.

އެހެންކަމުން 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކުރެއްވި ބުރަ މަސައްކަތްތަކަށް އެޕާޓީގެ ރައީސް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، ސަރުކާރުގައި އެމްޑީޕީ އޮތްނަމަވެސް، ސަރުކާރު ޖަވާބުދާރީކޮށް، ވަޒީރުންނާ ސުވާލުކޮށް، އެޕާޓީ އާއި ދިވެހި ރައްޔިތުން ފަޚުރުވެރިވާނެ މަސައްކަތްތަކެއް 19 ވަނަ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ.

ޢަބްދުﷲ ޝާހިދުހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު