Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް އިންތިޚާބު ލަސްކުރުން

ބިލް ދެ ފަހަރަށް ފާސްކުރުމުން ވެސް އިންތިޚާބު ފަސްނުކުރާނަމަ ދެން ޖެހޭނީ އީސީގެ އިތުބާރު ނެތްކަމަށް ހުށަހަޅަން - ސަލީމް

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރޯދަ މަހުގެ ފަހުން ބޭއްވުމުގެ ބިލް ތަސްދީގުކުރުމުން އެ މަސައްކަތް ކުރާނެ ކަމަށް އީސީން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2024 | ބުރާސްފަތި 15:02
މެންބަރު އަހުމަދު ސަލީމް

މެންބަރު އަހުމަދު ސަލީމް

ރޯދަ މަހު އިންތިޚާބު ނުބޭއްވޭ ގޮތަށް ޤާނޫނަށް އިންތިޚާބުތަކާއި ބެހޭ އިސްލާހު ގެނެސް އެ ބިލް ދެފަހަރަށް މަޖިލީހުން ފާސްކުރުމުން ވެސް އެކަމަށް އިލެކްޝަންސް ކޮމިޝަނުން އިޖާބަ ނުދޭ ނަމަ އީސީގެ އިތުބާރު ނެތްކަމަށް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަލީމް ވިދާޅުވީ ރޯދަމަހު އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ކަނޑައަޅާފައިވާ ބިލް ފާސްކުރީ ބޮޑު އަޤުލަމިއްޔަތަކުން ކަމަށާއި ބިލް ތަސްދީގު ނުކުރައްވާ ދެން މަޖިލީހަށް ފޮނުއްވައިފި ނަމަ އެއަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން އެ ގާނޫނު ހަމަ އެގޮތަށް ފާސްކުރަން ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބޮޑުއަޢުލަބިއްޔަތަކާއި އެކު ފާސްކޮށް ދެ ވަނަ ފަހަރަށް ބިލް ފޮނުވުމުން ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިލް ތަސްދީގު ނުކުރައްވާނަމަ ދެން އީސީގެ ވިސްނުން އޮތް ގޮތް ބަލާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ކަމެއް ފާސްކުރުމުން އެއީ ނެތް ކަމެއް ކަމަށް ނުހެދޭނެ ކަމަށެވެ.  ދެ ފަހަރަކަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުން ކަމެއް ފާސްކުރީމައި އެއީ ނެތް ކަމެއް ކަމަށް ހަދާފައި އީސީން އިންތިޚާބު ބޭއްވުމުގެ މަސައްކަތް ކުރިއަށްގެންދާ ނަމަ އެކަމަކީ ރައްޔިތުންގެ ބާރު ކެނޑުނުކަމަށް ދޭހަވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ ބާރު ނުހިނގާ އެއްވެސް މުއައްސަސާއެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބިލް ތަސްދީގު ނުކުރާ ކަމަށް ބުނެ ރައްޔިތުން ބޭނުންވާ ގޮތާއި ޚިލާފަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރޯދަ މަހުގެ ފަހުން ބޭއްވުމުގެ ބިލް ތަސްދީގުކުރުމާ އެކު، އެ ކޮމިޝަނުން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ރޯދަ މަހު އިންތިޚާބު ނުބާއްވަން ހުށަހެޅި އިސްލާހާ ސަރުކާރު މެމްބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ. ރަމަޟާން މަހުގެ އެއްވެސް ދުވަހެއްގައި އިންތިޚާބު ނުބޭއްވޭގޮތަށް، އިންތިޚާބާބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހުގެ އިބްތިދާއީ ބަހުސް ނިންމާ ބިލް ފާސްކުރަން ވޯޓަށް އެހީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ބިލް ބަލައިގަތުމާމެދު ނެގި ވޯޓުގައި ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 11 ބޭފުޅުން ވޯޓު ދެއްވިއެވެ. އޭގެތެރޭގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. މަޖިލީހަށް ހާޒިރުވެ ތިބީ 50 މެމްބަރުންނެވެ. އެ ބިލް ބަލައިގަތީ 39 މެމްބަރުންގެ ވޯޓާ އެކުގައެވެ. ބިލް ފާސްވާން ބޭނުން ވަނީ 26 މެމްބަރުންގެ ވޯޓެވެ. މި ބިލް ތަސްދީގުނުކޮށް ލަސްކުރާތީ މެމްބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު