Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެރިކަމާއި ދޭތެރޭގައި ރައްޔިތުން ފޫހިވުން

ވެރިކަމަށް 100 ދުވަސް ނިމި ހަނީމޫން ޕީރިއަޑް ނިމުނު އިރުގައި ވަރިފަށަށް އަރައިފި - ސައްލެ

އަތުލައިނުގަންނާނެކަމަށް ވިދާޅުވެ ކަންކަން ކުރައްވާ ގޮތުން ރައްޔިތުން ސަރުކާރުމަތިން ފޫހިވެއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ފެބުރުއަރީ 2024 | ހޯމަ 18:41
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ވެރިކަމަށް 100 ދުވަސް ނިމި ހަނީމޫން ޕީރިއަޑް ނިމުނު އިރުގައި ރައްޔިތުންނާއި މި ސަރުކާރު ވަރިފަށަށް އަރައިފި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާފައި ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަދި އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސަލީމް ވިދާޅުވީ ސަރުކާރެއް ގައުމެއްގެ އޮންނާނީ ރައްޔިތުންނަށް ފާގަތިކަމެއް ގެނެސްދީ އުއްމީދާއި އުފާވެރިކަން ގެނެސްދޭނެ ކަމަށެވެ. ވެރިކަމަށް 100 ދުވަސް ނިމި ހަނީމޫން ޕީރިއަޑް ނިމުނު އިރުގައި ވަރިފަށަށް އަރައިފި ކަމަށާއި، ރައްޔިތުން ފޫހިވެއްޖެކަމަށް މެންބަރު ސައްލެއް ވިދާޅުވިއެވެ.

ވެރިކަމާއި ދުރަށްދާން ރައްޔިތުން ބޭނުންވާ ކަމަށާއި، ރައްޔިތަކަށް ދީފަ އޮތް އެއްޗެއް އަތުލައިނުގަންނާނެކަމަށް ވަރަށް ސާފުކޮށް ރައްޔިތުންގެ ގާތުގައި މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި ކަމަށާއި، ނަމަވެސް ކަން ހިނގައިދިޔަގޮތުން ރައްޔިތުން މިއަދު ފޫހިވެއްޖެކަމަށް ސައްލެއް ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ ބާރު ސްޕީޑުގައި އޮޕަރޭޓްކުރަމުންދިޔަ ހައިމާކުތަކާއި ލޮރީތައް ބަނޑުޖެހިގޮތަށް އެ ހުރިތަނެއްގައި އެއެއްޗެހި އެބަހުރި ކަމަށާއި، މިއީ ރައްޔިތުން މި ސަރުކާރު ދެކެ ފޫހިވި އެއް ސަބަބުކަމަށެވެ. ރައްޔިތުންނާއި ސަރުކާރުތަކުން ދައްކަންޖެހޭ ޓެކްސް ބަރާބަރަށް ދައްކާ ކަމަށާއި، ޓުއަރިސްޓުން އައުން މަދުނުވާ ކަމަށާއި، ޗައިނާ، ތުރުކީ އަދި ދުބާއީން ދޭ އެހީ އެތަކެއް ގުނައަކުން އިތުރުވެއްޖެ ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުންދާ ކަމަށެވެ.

ނަމަވެސް ދައުލަތުގައި ފައިސާއެއް ނެތް ކަމަށާއި، ފެންނަމުންދާ މަންޒަރަކީ، ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނަށް އެކަނި ބެލި ނަމަވެސް މަހެއްގެ މައްޗަށް 13 މިލިއަން ރުފިޔާ ދެވޭވަރުގެ ކެޕޭސިޓީ މި ސަރުކާރުގައި އެބަހުރި ކަމަށެވެ. ސަރުކާރުގައި ނެތީ ރަށްފުށުގެ ރައްޔިތުންނަށް ހިންގަން ހުރި މަޝްރޫއުތަކުގެ ފައިސާ ކަމަށް ސައްލެއް ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ މިއަދުގެ ހާލަތަށް ބަލާއިރުގައި، މައުލޫމާތު ހޯދުމާއި، ލިބިގަތުމުގެ ހައްގެއް މިހާރަކު މި ރާއްޖެއަކު ނެތް ކަމަށެވެ. ޖަވާބު ދޭނެ މީހަކުވެސް ނެތް ކަމަށާއި، ޖަވާބު ހޯދާނެ ފަރާތެއްވެސް މި ސަރުކާރުގައި ނެތް ކަމަށް ސައްލެއް ވިދާޅުވިއެވެ. ދާނެތަނެއްވެސް ނެތް ކަމަށާއި، ހިޔާލު ފާޅުކުރުމަކީ ބިރަކަށް ވެއްޖެ ކަމަށާއި، އަސާސީ ހައްގުތައް ބީވެގެންދާތަން މިއަދު ފެންނަމުންދާ ކަމަށެވެ.

ހަގީގަތް އެނގޭ އަޑި އެނގޭ އެއްވެސް އެއްވެސް އެއްބަސްވުމެއް މިހާތަނަށް މި ސަރުކާރުން ނަހަދާ ކަމަށާއި، ރަށްތަކާއި ފަޅުތަކާއި ފަރުތައް ބޭރުގެ ފަރާތްތަކަށް ދެމުންދަނީ ކޮން އުސޫލަކުން ހަމައަކުން އެނގޭ އެއްވެސް ފަރާތެއް ނެތް ކަމަށާއި، ދިވެހިންގެ ހަރުމުދާ ގެއްލިގެންދާތަން މިއަދު ފެންނަމުންދާ ކަމަށް ސައްލެއް ވިދާޅުވިއެވެ.

މީގެ އިތުރުން ފުލެޓާއި ގޯތި ލިބުނު މީހުންނަށް ނުތަނަވަސްކަން ކުރިމަތިވެއްޖެ ކަމަށާއި، ނޫސްވެރިން ބާކީވެ ސަރުކާރުގެ ހުރިހާކަމެއް ސިއްރު ކޮށްފި ކަމަށާއި، ވަޒީފާގެ ޔަގީންކަން ގެއްލި ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެމްޑީޕީން ފާސްކުރި ބޮޑު ބަޖެޓަށް ވީނުވީއެއް ނޭނގި ގެއްލިއްޖެ ކަމަށް ސައްލެއް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު