Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

އީގަލްސް އިން ނުކުންނާނީ 2016ގެ ކާމިޔާބީ ތަކުރާރުކުރުމުގެ އަމާޒުގައި

ފައިނަލް މެޗަށް ނުކުންނައިރު އީގަލްސްގައި އަނިޔާގެ މައްސަލަތަކެއް އުޅޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މެއި 2023 | އަންގާރަ 02:39
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އީގަލްސްގެ މެނޭޖަރު އިނާން

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އީގަލްސްގެ މެނޭޖަރު އިނާން

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ނުކުންނާނީ މީގެ ކުރިން 2016 ވަނަ އަހަރު ހޯދި ކާމިޔާބީ އަލުން ތަކުރާރު ކުރުމުގެ އަމާޒުގައި ކަމަށް ކުލަބު އީގަލްސްގެ މެނޭޖަރު މުޙައްމަދު އިނާން އަލީ ބުނެފި އެވެ.

ފައިނަލް މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސް އަށް، ބަލިވެ އުޅުމުގެ ސަބަބުން އީގަލްސްގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ) އަށް ހާޟިރުވެވޭ ގޮތެއް ނުވި އެވެ. އެހެންކަމުން އެ ޓީމުގެ ފަރާތުން ޕްރެސްގައި ބައިވެރިވީ މެނޭޖަރު އިނާން އެވެ. އިނާން ބުނީ މުޅި އީގަލްސް ޓީމު ވެސް އޮތީ ފައިނަލް މެޗާ ދޭތެރޭގައި ވަރަށް ބޮޑު އުންމީދެއްގައި ކަމަށެވެ. މިއީ އީގަލްސް އިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ނުކުންނަ ތިން ވަނަ ފަހަރުކަން ފާހަގަ ކުރަމުން އޭނާ ބުނީ، މަސައްކަތް ކުރާނީ 2016 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރު ކުރުމަށް ކަމަށެވެ. ނަމަވެސް ފައިނަލް މެޗަށް ނުކުންނައިރު އީގަލްސްގައި އަނިޔާގެ މައްސަލަތަކެއް އުޅޭ ކަމަށް އިނާން ބުންޏެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ، ފައިނަލްގެ ކުރިން ގާތް ގާތުގައި އީގަލްސް އިން މެޗުތައް ކުޅެން ޖެހުން ކަމަށެވެ. އެގޮތުން އިސްމާއީލް އީސަ (މެސީ)، ހިސާމް ސަލީމް (ކޮކީ) އަނިޔާ ލިބިފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެ އެވެ. ކޮކީ އަށް އަނިޔާވެފައި ވަނީ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑު މެޗުގަ އެވެ. އޭގެ ފަހުން އަނިޔާގެ ސަބަބުން އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެ އެވެ. ނަމަވެސް މިހާރު ކޮކީ އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ކަމަށާއި، ފަައިނަލް މެޗުގެ ސްކޮޑުގައި އެ ކުޅުންތެރިން ހިމަނާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ފަހު ވަގުތުގައި ކަމަށް ވެސް އިނާން ވަނީ ބުނެފަ އެވެ.

ކުލަބު އީގަލްސް އަކީ މިފަހަރުގެ ސީޒަނަށް ދެ ވަނަ އަށް އެންމެ ބޮޑަށް ތައްޔާރުވި ޓީމެވެ. އެ ޓީމުން ވަނީ ޕްރެޒިޑެންޓްސް ކަޕްގައި ވެސް ފައިނަލާ ހަމައަށް އައިއިރު، ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް، ސެމީ ފައިނަލް މެޗު ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. މުބާރާތުގެ ފައިނަލާ ހަމައަށް އައިއިރު، މިހާތަނަށް ބަލިނުވެ އޮތް ހަމަ އެކަނި ޓީމަކީ ވެސް އީގަލްސް އެވެ.

އަނެއްކޮޅުން މިއީ ކުލަބް އީގަލްސް މުބާރާތުގެ ފައިނަލްގައި ކުޅޭނެ ތިންވަނަ ފަހަރެވެ. އެ ޓީމުން މީގެ ކުރިން ވަނީ 2014 އަދި 2016ގެ ފައިނަލްގައި ވާދަކޮށްފައެވެ. އޭގެތެރެއިން 2016 ވަނަ އަހަރު އީގަލްސްއިން ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި

24 ފެބުރުއަރީ 2017
އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި
24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
20 ފެބުރުއަރީ 2017

އީގަލްސް އަށް މިސްރުގެ ޑިފެންޑަރެއް ގުޅިއްޖެ

20 ފެބުރުއަރީ 2017
އީގަލްސް އަށް މިސްރުގެ ޑިފެންޑަރެއް ގުޅިއްޖެ
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު