Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު ޔޫތް ފެސްޓް

ދިރާގު "ޔޫތް ފެސްޓް" ވޯޓާސްޕޯޓްސް އެޑިޝަން ފޯރިއާއެކު ކުރިޔަށް

ދިރާގުން މި އިވެންޓް ބޭއްވީ ވީހާވެސް ގިނަ ޒުވާނުންނަށް މިފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 އޮކްޓޯބަރު 2017 | ހޮނިހިރު 11:30
ދިރާގު "ޔޫތް ފެސްޓް" ވޯޓާސްޕޯޓްސް އެޑިޝަންގެ ތެރެއިން

ދިރާގު "ޔޫތް ފެސްޓް" ވޯޓާސްޕޯޓްސް އެޑިޝަންގެ ތެރެއިން

ދިރާގުން އިސްނަގައިގެން ބާއްވާ ޔޫތްފެސްޓްގެ ވޯޓާސްޕޯޓްސް އެޑިޝަން ފޯރިއާއެކު ކުރިޔަށް އެބަދެއެވެ.

ހުކުރު ދުވަހުގެ ހެދުނު 10 އަކުން ފެށިގެން އިރުއޮއްސި 6 ޖަހަންދެން ވިލިމާލެ ބީޗް ސަރަހައްދުގައި ދިރާގުން ކުރިޔަށް ގެންދާ މި އިވެންޓަކީ އެ ކުންފުނިން ކުރިޔަށް ގެންދާ "ޔޫތް ފެސްޓް 2017" އިގެ ދަށުން ކުރިޔަށް ގެންދިޔަ އިވެންޓެކެވެ. ދިރާގުން މި ފެސްޓިވަލްގެ ހުރިހާ ބައިވެރިންނަށް ވެސް މުޅިން ހިލޭ މޫދު ކުޅިވަރު ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ދީފައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ދިރާގުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް އެގްޒެކްޓިވް ހުސައި ޝާރިހް އާދަމް ބުނެފައިވަނީ މި އިވެންޓް ދިރާގުން ބޭއްވުމުގެ އެންމެ ބޮޑު މައިގަނޑު އަމާޒަކަށްވީ ދިވެހިންނަކީ ޒަމާނުއްސުރެ މޫދާއި ކަނޑަށް ފަރިތަ ބަޔަކަށް ވުމާއެކު ޒުވާނުން މޫދު ކުޅިވަރުތަކަށް އަހުލުވެރިކޮށް ވީހާވެސް ގިނަ ޒުވާނުންނަށް މިފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ހަމައެހެންމެ "ޔޫތް ފެސްޓް 2017"އިގެ ދަށުން ޒުވާނުންނާ ގުޅޭ ތަފާތު އެކިއެކި އިވެންޓްތައް މިއަހަރުތެރޭ ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން މިއުޒިކް ޝޯތަކާއި އާޓް ފެސްޓިވަލް ތަކުގެ އިތުރަން ޒުވާނުން ޝައުގުވެރިވާނެ ފަދަ އިތުރު އިވެންޓްތަށް ބޭއްވިގެން ދާނެކަމަށް ޝާރިހް ބުނެފައިވެއެވެ.

އަދި މި އިވެންޓް މެދުވެރިކޮށް ޒުވާނުން މޫދު ކުޅިވަރުތަކަށް ޝައުގުރިކަން ހުރި މިންވަރު އެގިގެން ގޮސްފި ކަމަށާއި މޫދު ކުޅިވަރަށް ވަރަށް ފަރިތަ އަދި ހުނަރުހުރި ޒުވާނުން މި އިވެންޓް މެދުވެރިކޮށް ފެނިގެން ގޮސްފިކަމަށް ޝާރިހް މައުލޫމާތު ދިނެވެ. މި އިވެންޓަށް ހީކުރި ވަރަށް ވުރެ މާ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށްވެސް ޝާރިހް ބުނެފައިވެއެވެ.

ލައިވް މިއުޒިކާއި ބާބަކިއު އަދި ތަފާތު ބީޗް ކުޅިވަރުތަކާއެކު ޒުވާނުންނަށް އަމާޒުކޮށްގެން ދިރާގުން ހިންގި މި އިވެންޓުގައި އެހެނިހެން އުމުރުފުރައިގެ މީހުންވެސް ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

12 މެއި 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު