Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ރެފްރީސް ކޮމެޓީން ބުނަނީ ޕޯލް ޓިއާނީ އަމަލު ކުރީ ރަނގަޅަށް ކަމަށް

ރެފްރީ އަމަލުކޮށްފައި ވަނީ އެންމެ ޕްރޮފެޝަނަލް ގޮތުގައި ކަމުގެ ޔަޤީންކަން ވަނީ ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މެއި 2023 | އަންގާރަ 02:18
ޕްރިމިއާ ލީގު މެޗަކަށް ފަހު ޕޯލް ޓިއާނީ އާއި އޭނާގެ އެސިސްޓެންޓުން ދަނޑުން ފައިބަނީ

ޕްރިމިއާ ލީގު މެޗަކަށް ފަހު ޕޯލް ޓިއާނީ އާއި އޭނާގެ އެސިސްޓެންޓުން ދަނޑުން ފައިބަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޓޮޓެންހަމް ކުޅުނު މެޗުގައި ރެފްރީ ޕޯލް ޓިއާނީ އަމަލުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ޕްރޮފެޝަނަލް ގޭމްސް މެޗު އޮފިޝަލްސް ލިމިޓެޑު (ޕީޖީއެމްއޯއެލް) އިން ބުނެފި އެވެ.

ޕީޖީއެމްއޯއެލް އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގައި އިންސާފު ކުރަން ތިބޭ ރެފްރީންގެ ކަންކަން ބަލަހައްޓަމުން އަންނަ ކޮމެޓީ އެވެ. އެ ކޮމެޓީން މިހެން ބުނީ، ޓޮޓެންހަމާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގައި ރެފްރީ އަކަށް ހުރި ޕޯލް ޓިއާނީ އަށް ތުހުމަތުކޮށް ލިވަޕޫލްގެ ކޯޗު ޔާގަލް ކްލޮޕް ދެއްކި ވާހަތަކުގެ ސަބަބުންނެވެ. މެޗަށްފަހު ކްލޮޕް ވަނީ ރެފްރީ އަމަލުކޮށްފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ، ރެފްރީ އަށް ނުރުހުން އަމާޒުކޮށްފަ އެވެ.

އެކަމާ ގުޅިގެން ޕީޖީއެމްއޯއެލް އިން ބުނީ، ކްލޮޕް ދެއްކި ވާހަކަތަށް އެ ކޮމެޓީން ވަރަށް ރަނގަޅަށް އަޑު އަހައިފައި ވާނެ ކަމަށެވެ. އެ ކޮމެޓީން ބުނީ މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް ޕްރިމިއާ ލީގުގައި ކުޅޭ މެޗުތަކުގެ އޮފިޝަލުންގެ ހުރިހާ ވާހަކައެއް ރެކޯޑު ކުރާ ކަމަށެވެ. އެހެންކަމުން އެ މެޗުގައި ރެފްރީ ޕޯލް ޓިއާނީ ދެއްކި އެންމެހާ ވާހަކަތަކުގެ ރެކޯޑިން ބެލި ކަމަށާއި، ރެފްރީ އަމަލުކޮށްފައި ވަނީ އެންމެ ޕްރޮފެޝަނަލް ގޮތުގައި ކަމުގެ ޔަޤީންކަން ދޭ ކަމަށެވެ. އެހެންކަމުން، ޓިއާނީގެ އަމަލުތަކަކީ ނާޖާއިޒު އަމަލުތަކެއް ކަމަށް ބުނާ އެންމެހައި ވާހަކަތައް ދޮގު ކުރާ ކަމަށް ވެސް އެ ކޮމެޓީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ރެފްރީންނާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު އެއްވެސް ވާހަކައެއް ނުދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.

މިކަމާ ގުޅިގެން އިންގްލެންޑުގެ ކުރީގެ ކުޅުންތެރިޔާ އެލަން ޝިއަރާ ވެސް ވަނީ ކްލޮޕަށް ވަރަށް ބޮޑަށް ފާާޑު ކިޔައިފަ އެވެ. އޭނާ ބުނީ، މެޗުގައި ޑިއޭގޯ ޖޮޓާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުގެ ފުރުސަތު ވެސް ރެފްރީ އަށް އޮތް ކަމަށާއި، ނަމަވެސް ކްލޮޕް އެ ވާހަކަ ދައްކަން ބޭނުންނުވާނެ ކަމަށެވެ. އަދި މެޗުގެ ހަތަރު ވަަނަ އޮފިޝަލާ ދިމާލަށް ދިޔުމުން ކްލޮޕަށް ރީނދޫ ކާޑެއް ދެއްކުން އެއީ އޭނާގެ "ނަސީބު" ކަމަށެވެ. ޝިއަރާ ބުނީ، އެކަމަކީ ކްލޮޕްގެ ފަރާތުން އަލަށް ފެނުނު ކަމެއް ނޫން ކަމަށާއި އެއީ އޭނާގެ ފަރާތުން އާންމު ގޮތެއްގަައި ވެސް ފެންނަ ކަންކަން ކަމަށެވެ.

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2022

ޑިބްރޭނާ ބުނަނީ ސިޓީން ލިވަޕޫލް އަންޑަ އެސްޓިމޭޓް ނުކުރާނެ ކަމަށް

16 އޮކްޓޯބަރު 2022
ޑިބްރޭނާ ބުނަނީ ސިޓީން ލިވަޕޫލް އަންޑަ އެސްޓިމޭޓް ނުކުރާނެ ކަމަށް
30 ސެޕްޓެމްބަރު 2022

ގްރީލިޝް ބުނަނީ ސިޓީގައި އޭނާގެ އެންމެ މޮޅު ކުޅުން ދައްކާނެކަމަށް

30 ސެޕްޓެމްބަރު 2022
ގްރީލިޝް ބުނަނީ ސިޓީގައި އޭނާގެ އެންމެ މޮޅު ކުޅުން ދައްކާނެކަމަށް
25 ސެޕްޓެމްބަރު 2022

ސައުތު ގޭޓު ބުނަނީ ވޯލްޑް ކަޕްގައި އިންގްލެންޑު ޓީމާއި ހަވާލުވާން ޖެހޭނީ އޭނާކަމަށް

25 ސެޕްޓެމްބަރު 2022
ސައުތު ގޭޓު ބުނަނީ ވޯލްޑް ކަޕްގައި އިންގްލެންޑު ޓީމާއި ހަވާލުވާން ޖެހޭނީ އޭނާކަމަށް
18 ސެޕްޓެމްބަރު 2022

ނާގަލްސްމަން ބުނަނީ ވިސްނާފައި ކަންކަން ބަދަލު ކުރާނެ ކަމަށް

18 ސެޕްޓެމްބަރު 2022
ނާގަލްސްމަން ބުނަނީ ވިސްނާފައި ކަންކަން ބަދަލު ކުރާނެ ކަމަށް
07 ސެޕްޓެމްބަރު 2022

ބައްޔާއެކު ޓުޗެލް ރަތަށް، ބުނަނީ އެ ނަތީޖާ އަންނާނެ ތަނެއް ނުފެނުނު ކަމަށް

07 ސެޕްޓެމްބަރު 2022
ބައްޔާއެކު ޓުޗެލް ރަތަށް، ބުނަނީ އެ ނަތީޖާ އަންނާނެ ތަނެއް ނުފެނުނު ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު