Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް

ސައުތު ގޭޓު ބުނަނީ ވޯލްޑް ކަޕްގައި އިންގްލެންޑު ޓީމާއި ހަވާލުވާން ޖެހޭނީ އޭނާކަމަށް

ނޭޝަންސް ލީގުގައި އިންގްލެންޑު އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ވަނީ ބަލިވެފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 10:47
އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓު

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓު

މިއަހަރުގެ ފަހުކޮޅު ގަތަރުގައި އޮންނަ ވޯލްޑް ކަޕުގައި އިންގްލެންޑު ޓީމާއި ހަވާލުވާން އެންމެ އެކަށީގެންވާ ކޯޗަކީ ގަރެތު ސައުތު ގޭޓު ކަމަށް އޭނާ އަމިއްލައަށް ބުނެފިއެވެ.

ނޭޝަންސް ލީގުގައި އިންގްލެންޑުން ދެއްކި ދަށް ނަތީޖާތަކާއެކު ޓީމުގެ ކޯޗު ސައުތު ގޭޓަށް ވަނީ ބޮޑު ޕްރެޝަރަކާއި ކުރިމަތިލާން ޖެހިފައެވެ. ނޭޝަންސް ލީގުގައި އިންގްލެންޑު އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ވަނީ ބަލިވެފައެވެ. ހަންގޭރީ އާއި ބައްދަލުކުރި ދެމެދުންވެސް އިންގްލެންޑުވީ ބައްޔެވެ. މީގެ އިތުރުން އިޓަލީއަތުންވެސް އިންގްލެންޑު ވަނީ ބަލިވެފައެވެ.

މި ނަތީޖާތަކާއެކު ގިނަ ބަޔަކު އަންނަނީ ސައުތު ގޭޓަށް ފާޑުކިޔަމުންނެވެ. ވަކިން ޚާއްސަކޮށް އިނގިރޭސި ޓީމުގެ ސަޕޯޓަރުންނެވެ.

މި ފާޑުކިއުންތަކަށް ރައްދު ދެމުން ސައުތު ގޭޓު ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ވޯލްޑް ކަޕުގައި އިންގްލެންޑު ޓީމުގެ ކޯޗުކަމަށް ހުންނަން ޖެހޭނީ އޭނާއެވެ. އަދި ޓީމު އެއް ފެންވަރެއްގައި ހިފެހެއްޓީނޭ އޭނާ ހުރެގެންކަމަށް ސައުތު ގޭޓު ބުންޏެވެ.

ސައުތު ގޭޓު ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް އިންގްލެންޑަށް ކޯޗުކޮށްދީފައެވެ. އެފަހަރުގެ މުބާރާތުގައި އިންގްލެންޑު ބަލިވީ ސެމީ ފައިނަލުންނެވެ. އޭގެ ފަހުން އޮތް ޔޫރޯ މުބާރާތުގެ ފައިނަލަށްވެސް ސައުތު ގޭޓު ވަނީ އިންގްލެންޑު ޓީމު ގެންގޮސްދީފައެވެ.

ސައުތު ގޭޓު އިތުރަށް ބުނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓީމުތަކާއެކު ވާދަކުރުމަކީ ވޯލްޑް ކަޕަށް ވާއިރަށް ޓީމަށް ލިބޭނެ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ. އަދި މީގެ ސަބަބުން ބޮޑެތި މެޗުތަކަށް ކުޅުންތެރިން ހޭނޭނެކަން ސައުތު ގޭޓު ފާހަގަކުރިއެވެ. އަދި ވަކިން ޚާއްސަކޮށް ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ފަރާތުން މިހާރުވެސް އެކަން ވަރަށް ރަނގަޅަށް ފެންނަ ކަމަށް ސައުތު ގޭޓު ބުންޏެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
15 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

15 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު