Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ނާގަލްސްމަން ބުނަނީ ވިސްނާފައި ކަންކަން ބަދަލު ކުރާނެ ކަމަށް

އޭނާ ބުނީ، އެ މެޗު ނޫނަސް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުތަކުގެ ނަތީޖާ ތަކަކީ ވެސް ރަނގަޅު ނަތީޖާތަކެއް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ސެޕްޓެމްބަރު 2022 | އާދީއްތަ 04:30
ބަޔާންގެ ކޯޗު ނާގަލްސްމަން

ބަޔާންގެ ކޯޗު ނާގަލްސްމަން

ޖަރުމަނު ލީގުގައި އޮސްބާގް އަތުން ބަލިވެ ހަތަރު ވަނަ އަށް ވެއްޓުމުން ޗެމްޕިއަން ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަން ނުތަނަވަސްކަން ފާޅުކޮށްފިއެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބަޔާން ބަލިވީ 1-0 އިންނެވެ. މި ބައްޔާއެކު ބަޔާން އޮތީ ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނަ މަގާމުގައެވެ. އެއް ވަނަ މަގާމުގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ލިބެނީ ހަތް މެޗުން 15 ޕޮއިންޓެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ މެޗުގެ ނަތީޖާއަކީ ކަންބޮޑުވާ ނަތީޖާއެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ، އެ މެޗު ނޫނަސް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުތަކުގެ ނަތީޖާ ތަކަކީ ވެސް ރަނގަޅު ނަތީޖާތަކެއް ނޫން ކަމަށެވެ. އޭނާ ބުނީ އެކަންކަމާ މެދު އޭނާ ވަރަށް ބޮޑަށް ވިސްނާނެ ކަމަށާއި، އެއަށްފަހު ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އިތުރަށް ނާގަލްސްމަން ބުނީ ގެންނަ ބަދަލުން ނިކުންނާނެ ނަތީޖާއެއް ވެސް ބަލަން ޖެހޭނެ ކަމަށެވެ.

ނާގަލްސްމަން ބުނީ ބަޔާނާ މެދު ވިސްނާ ފަދައިން، އޭނާގެ އަމިއްލަ ނަފްސާއި އެހެން ހުރިހާ ކަމަކަށް ވެސް ވިސްނާނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ވާދަވެރިކޮށް ލީގު ދާއިރު، މެޗެއް ގެއްލުވާލުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ނަމަވެސް ނާގަލްސްމަން ބުނީ ބައްޔާއެކު އޭނާ އެއްވެސް ކުޅުްތެރިޔަކު ކުށްވެރިކުރަން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ކަންކަން ރަނގަޅު ކުރަން ކަމަށެވެ.

ލީގުގައި ބަޔާނަށް ދެން އޮތީ މި މަހުގެ 30 ވަނަ ދުވަހު ލެވަކޫސަނާ ދެކޮޅަށް ކުޅޭ މެޗެވެ.

ބުންޑެސްލީގާބަޔާން މިއުނިކްޖަރުމަން ލީގުހޫލިއަން ނާގަލްސްމަން

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު