Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޯރަފުށީ ކުލަބު ޖީއެސް ވޮލީބޯޅަ މުބާރާތް

ޕޮލިހާއި ފެނަކަވެސް ބުނަނީ ވަރުގަދަ ރައްދެއްދީ ތަށި ނަގާނެ ކަމަށް

25 ޑިސެމްބަރު 2021 | ހޮނިހިރު 17:01

ޕޮލިސް އޮތީ ފެނަކައިގެ ރިކޯޑު ނިމުކަމަށް ގެންނަން ފުރިހަމައަށް ތައްޔާރަށް

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 25 ޑިސެމްބަރު 2021 | ހޮނިހިރު 17:01
ހޯރަފުށީ ކުލަބު ޖީއެސް ވޮލީބޯޅަ މުބާރާތުގެ ތެރެއިން

ހޯރަފުށީ ކުލަބު ޖީއެސް ވޮލީބޯޅަ މުބާރާތުގެ ތެރެއިން

ހއ. ހޯރަފުށީ ކުލަބު ޖީއެސް ވޮލީބޯޅަ މުބާރާތް 2021، ފައިނަލް މެޗުގައި ދޫދިނުމެއް ނެތް ކަމަށާއި ދެޓީމު ވެސް އޮތީ ފުރިހަމައަށް ފައިނަލް މެޗަށް ތައްޔާރު ވެގެން ކަމަށް ހޯރަފުށީ ޕޮލިސް ކުލަބު އަދި ހޯރަފުށީ ފެނަކައިން ބުނެފިއެވެ.

ފައިނަލް މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ފެނަކަ ޓީމުގެ ކޯޗު ތޮލާލް ބުނީ ފައިނަލް މެޗަށް ހޮނިހިރު ދުވަހުގެ ރޭ ފަހު ފަރިތަކުންތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި ޓީމު އޮތީ ފިޓްކޮށް ޕޮލިސް ކުލަބު ބަލިކުރަން ކަމަށެވެ.

ފެނަކަ އަކީ އެންމެ ކުޅުންތެރިއެއްގެ މައްޗަށް ބަރޯސާވާ ޓީމެއް ކަމަށް ބަޔެއް ފަރާތްތަކުން ބުނާ ބުނުމަށް ރައްދުދެމުން ތޮލާލް ބުނީ މުބާރާތުގެ ފައިނަލަށް އެޓީމު ދަތުރުކުރީ ހިތްވަރާއި އެކު ކުޅުންތެރިން ކުރި ބުރަ މަސައްކަތުންކަމަށާއި މުބާރާތުގައި ކުޅުނު ކޮންމެ މެޗަކުން އެކަން އެޓީމުގެ ފަރާތުން ފެންނާނެ ކަމަށެވެ.

އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ ޕާކިސްތާންގެ ގައުމީ ޓީމުގެ ވައިސް ކެޕްޓަން ކަމަށް، އޭނާ ވެސް ގަބޫލު ކުރާ ކަމަށް ކޯޗު ބުންޏެވެ. އެހެން ނަމަވެސް ރަޒާ އެކަނި ޓީމު މޮޅުކޮށްދެވޭނެތޯ ތޮލާލް ސުވާލުކުރިއެވެ. ރަޒާ އަކީ ހިތްވަރާއެކު ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށާއި ފަހު ޕޮއިންޓާއި ކަމަަޔަށް ރަޒާ ކުރާ ހިތްވަރުން އެހެން ކުޅުންތެރިންނަށް ޓީމު މޮޅުކޮށްދިނުމަށް އިތުރު ހިތްވަރު ލިބި މޮޅުވުމަށް އިތުރަށް މަސައްކަތް ކުރާ ކަމަށް ތޮލާލް ބުންޏެވެ.

ޕޮލިސް ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެޓީމުގައި ބިދޭސީ ދެ ކުޅުންތެރިން ތިބުމުން އެޓީމު އިތުރަށް ވަރުގަދަ ކަމަށް ތޮލާލް ބުންޏެވެ. އެހެން ކަމުން ފެނަކަ ޓީމުން ވަނީ ފައިނަލް މެޗަށް ދެ ކުޅުންތެރިން އިތުރުކޮށްފައި ކަމަށާއި ޕޮލިސް ޓީމުން ބިރުގަންނަ ވަރުގެ ރައްދެއް ފެނަކަ އިން ފައިނަލް މެޗުގައި ދޭނެ ކަމަށް ކޯޗު ބުންޏެވެ.

ފެނަކައިން މުބާރާތުގައި ދެއްކި ކުޅުމާއި އެކު އެޓީމުގެ ސަޕޯޓަރުން ގިނަވެ އިތުރު ހިތްވަރެއް ޓީމަށް ލިބިފައިވާ ކަމަށާއި ސަޕޯޓަރުންގެ ކިބައިން އެދެނީ ކުޅިވަރުގެ ރޫހާއި އެއްގޮތަށް ސަޕޯޓްކޮށްދިނުމަށްކަމަށް ވެސް ފެނަކައިގެ ކޯޗު ބުންޏެވެ.

މި މެޗާއި ބެހޭ ގޮތުން ޕޮލިސް ކުލަބުގެ މެނޭޖަރު މުޙައްމަދު އަސްލަމް ބުނީ ޕޮލިސް އޮތީ އެއްމެ ފުރިހަމައަށް ތައްޔާރުވެ ފެނަކަ ދަމަހައްޓަމުން އަންނަ ރިކޯޑް ނިމުކަމަށް ގެނެސް މުބާރާތުގެ ތަށި ކާމިޔާބު ކުރުމަށް ކަމަށެވެ.

ފެނަކަ އަކީ ޕާކިސްތާންގެ ރިޒާ އެކު ވަރުގަދަ ޓީމެއް ކަމަށާއި އެހެން ނަމަވެސް ފެނަކަ އާއި ދެކޮޅަށް ގްރޫޕް ސްޓޭޖްގައި ޕޮލިސް ކުލަބުން ކުޅުނު މެޗު ވެގެންދިޔައީ ވަރަށް ވާދަވަރި އަދި ފޯރިގަދަ މެޗަކަށް ކަމަށެވެ. އެ މެޗު ކާމިޔާބު ކުރުމަށް ޕޮލިހަށް ފުރުސަތު ލިބުނު ކަަމަށާއި މެޗު ގެއްލިގެންދިޔައީ އަމިއްލައަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

އެހެން ކަމުން ފައިނަލް މެޗުގައި ޕޮލިސް ކުލަބު ފެންނާނީ ތަފާތުކޮށް ކަމަށާއި ވަރުގަދަ ކުޅުމެއް އެޓީމުގެ ފަރާތުން ފެންނާނެ ކަމަށް އަސްލަމް ބުންޏެވެ. ފައިނަލް މެޗަށް ޓީމު އިތުރަށް ވަރުގަދަވެފައިވާއިރު ފެނަކަ ޖެހިލުންވާނެ ފަދަ ކުޅުމެއް ޕޮލިސް ޓީމުގެ ފަރާތުން ފެނިގެންދާނެ ކަމަށް ޕޮލިސް މެނޭޖަރު ބުންޏެވެ.

މި މެޗުގައި ޓީމުގެ އެއްމެ ބޮޑު ހިތްވަރަކަށް ވެގެންދާނީ ސްޕޯޓަރުން ކަމަށާއި އެހެން ކަމުން ކުޅިވަރުގެ ރޫހާއި އެއްގޮތަށް ސަޕޯޓަރުން ސަޕޯޓްކޮށްދީ ޓީމާއި އެކު ތިބުމަށް ޕޮލިސް ކުލަބުން ވަނީ އެދިފައެވެ.

ޕޮލިސް ކުލަބާއި ފެނަކަ ބައްދަލު ކުރާ ހއ. ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓް 2021،ގެ ފައިނަލް މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ ހޯރަފުށީ ސްޕޯޓްސް އެރީނާ ވޮލީ ކޯޓްގައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 މެއި 2017

އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ

02 މެއި 2017
އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ
30 އެޕްރީލު 2017

ކުލަބް މޯލްޑިވްސް: ވަރުގަދަ ސްކޮޑަކާއެކު ނުކުތް ފެނަކަ ބަލިކޮށް އެލައިޑް ކުއާޓާރއަށް

30 އެޕްރީލު 2017
ކުލަބް މޯލްޑިވްސް: ވަރުގަދަ ސްކޮޑަކާއެކު ނުކުތް ފެނަކަ ބަލިކޮށް އެލައިޑް ކުއާޓާރއަށް
23 އެޕްރީލު 2017

ވިކްޓްރީ އަކީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، ދެޓީމަށްވެސް ފަސޭހައެއްނުވާނެ: ސެކުލޮވްސްކީ

23 އެޕްރީލު 2017
ވިކްޓްރީ އަކީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، ދެޓީމަށްވެސް ފަސޭހައެއްނުވާނެ: ސެކުލޮވްސްކީ
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް