Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ޑޯޓްމަންޑު މެޗުގައި ރެފްރީ އަށް ގޯސް ހެދައިފައިވާ ކަމަށް ޖަރުމަނު އެފްއޭ އިން ނިންމައިފި

ނަތީޖާ އަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި، ރެފްރީއާ މެދު އޮންނަ އުސޫލުގެ ތެރެއިން އަމަލު ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އެޕްރީލު 2023 | އާދީއްތަ 02:17
ޖަރުމަނު ލީގުގައި ޑޯޓްމަންޑުން ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ޑޯޓްމަންޑުން ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާއި ބޮކުމް ބައްދަލު ކުރި މެޗުގައި ރެފްރީ އަށް ގޯސް ނިންމުންތަކެއް ނިންމިފައިވާ ކަމަށް ޖަރުމަނު އެފްއޭ އިން ނިންމައިފި އެވެ.

ދެ ޓީމު އެއްވަރުވި މެޗަށްފަހު ޑޯޓްމަންޑުން ވަނީ އެ ޓީމަށް ދެ ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށާއި، ނަމަވެސް ރެފްރީ ނިންމީ ނުދޭން ކަމަށް ބުނެ ޝަކުވާ ހުށަހަޅައިފަ އެވެ. ޑޯޓްމަންޑުން ހުށަހެޅި ސްޓޭޓްމަންޓުގައި ބުނީ، މެޗުގެ 65 ވަނަ މިނެޓުގައި ބޮލުމްގެ ޑެނީލޯ ސޯރޭސް ޑޯޓްމަންޑުގެ ކަރުމް އެޑެޔޭމީ އަށް ފައުލްކޮށްފައިވާ ކަމަށާއި، ނަމަވެސް ރެފްރީ ޕެނަލްޓީ ދޭން ދެކޮޅު ހެދި ކަމަށެވެ. އެގޮތުން ޑިފެންޑަރު މަަސައްކަތް ކުރީ ބޯޅަ އަތުލަން ކަމަށާއި، ނަމަވެސް އޭނާ ބޯޅައިގައި ނުޖެހި އަޑެޔޭމީ އަށް އޭރިޔާ ތެރެއިން ފައުލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއީ ޕެނަލްޓީ ދޭން ޖެހޭވަރުގެ ފައުލެއް ކަމަށާއި، މެޗުގެ ވީޑިއޯތަކުން ވެސް އެކަން ސާފުކޮށް ފެންނަ ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ރެފްރީ އަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ އެހީތެރިކަން ހޯދެން ޖެހޭނެ ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި ޑޯޓްމަންޑުން ބުނެފައި ވަނީ، މެޗުގެ 90 ވަނަ މިނެޓުގައި ބޮކުމްގެ އޭރިޔާ ތެރެއިން އެ ޓީމުގެ އެރްހާން މަސޮވިކްގެ އަތުގައި ބޯޅަ ޖެހިފައިވާ ކަމަށެވެ. ޑޯޓްމަންޑުން ބުނީ ވީޑިއޯތަކުން ވެސް ފެންނަ ގޮތުގައި ޑިފެންޑަރު މަސައްކަތް ކުރަނީ ކަނާއަތު ފައިން ބޯޅަ ހުއްޓުވަން ކަމަށާއި، ނަމަވެސް އެ ބޯޅަ އޭނާގެ ކަނާ އަތުގައި ޖެހޭ ކަމަށެވެ. އެހެންކަމުން އެއީ ޕެނަލްޓީއެއް ދޭން ޖެހޭ ވަރުގެ އެއްޗެއް ކަމަށް ވެސް ޑޯޓްމަންޑުން ވަނީ ބުނެފަ އެވެ.

އަދި އެ ޤައުމުގެ މީޑިއާތަކުގައި ބުނެފައިވަނީ ރެފްރީ އަށް ގޯސް ހެދިފައިވާ ކަމަށް ޖަރުމަނު އެފްއޭ އިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ މެޗަކީ ކުޅެ ނިމިފައިވާ މެޗަކަށްވުމުން، ނަތީޖާ އަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި، ރެފްރީއާ މެދު އޮންނަ އުސޫލުގެ ތެރެއިން އަމަލު ކުރުމަށް ނިންމާފާއިވާ ކަމަށް ވެސް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. ޑޯޓްމަންޑުން އެ މެޗުގެ މައްސަލަ އެހާ ބޮޑަށް ޖައްސާފަައި ވަނީ އެ މެޗުން މޮޅުވެ އެ ޓީމަށް ޖަރުމަނު ލީގު ތާވަލްގެ އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު އޮތުމުންނެވެ. ނަމަވެސް އެ މެޗު އެއްވަރުވުމުން ޑޯޓްމަންޑަށް އެއް ވަނަ ގެއްލުމުގެ ބިރު މިހާރު އޮންނާނެ އެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ

13 އެޕްރީލު 2017
ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ
12 އެޕްރީލު 2017

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ
12 އެޕްރީލު 2017

ފަސްކުރި ޑޯޓްމަންޑު މޮނާކޯ މެޗު މިރޭ!

12 އެޕްރީލު 2017
ފަސްކުރި ޑޯޓްމަންޑު މޮނާކޯ މެޗު މިރޭ!
14 މާރިޗު 2017

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު