Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގައި ކޮވިޑް ފެތުރުން

އިންޑިޔާގައި އަނެއްކާވެސް ކޮވިޑް ފެތުރެނީ

29 އެޕްރީލު 2023 | ހޮނިހިރު 04:05

އިންޑިޔާގައި މިހާތަނަށް ކޮވިޑް ޖެހިގެން 5،31،468 މީހުން މަރުވެފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 އެޕްރީލު 2023 | ހޮނިހިރު 04:05
އިންޑިޔާގައި ބަޔަކު ސިއްހީ ފަރުވާ ހޯދުމަށް ކިއު ހަދައިގެން

އިންޑިޔާގައި ބަޔަކު ސިއްހީ ފަރުވާ ހޯދުމަށް ކިއު ހަދައިގެން

އިންޑިޔާގައި އަނެއްކާވެސް ކޮވިޑް19 ބަލި ވަރަށް ބާރަށް ފެތުރެމުންދާކަމަށް ޚަބަރު ލިބެއެވެ. އެގައުމުގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 44.9 މިލިއަނަށް އަރާފައެވެ. އަދި ހުކުރުދުވަހާ ހަމައަށް ހިނގި 24 ގަޑިއިރުތެރޭގައި އިތުރު 7،533 މީހުންނަށް ބަލި ޖެހިފައިވާކަމަށް ހަބަރުތައް ބުނެއެވެ.

ޔޫނިއަން ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުގައި ހުކުރުދުވަހާ ހަމައަށް އިންޑިޔާގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބި ބަލި މީހުންގެ އަދަދަކީ 53،582 އެވެ. ހުކުރުދުވަހު އަޕްޑޭޓްކޮށްފައިވާ އެމިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ކޮވިޑް ޖެހިގެން 5،31،468 މީހުން މަރުވެފައިވެއެވެ. އެކްޓިވް ކޭސްގެ ނިސްބަތަކީ 0.12 އިންސައްތައެވެ. ބަލި ޖެހޭ މީހުން ގިނަ ނަމަވެސް، ދެވޭ ވެކްސިންގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ. މިގޮތުން 220 ކްރޯޑް ވެކްސިން ޑޯޒް މިހާތަނަށް ޖަހާފައިވާކަމަށްވެއެވެ.

ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު؛ ވެރިރަށް ދިއްލީގައި, ބުރާސްފަތިދުވަހު އެކަނި 865 ކޭސް ރިޕޯޓްކޮށްފައިވެއެވެ. ބުދަ ބުރާސްފަތި ދެ ދުވަހުވެސް ދުވާލަކު 7 މަރު ރިޕޯޓްކޮށްފައިވެއެވެ. ދިއްލީގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދުވަނީ 20،37،061ށް އަރާފައެވެ. ދިއްލީން މަރުވި މީހުންގެ އަދަދަކީ 26،620ވެ. ބުރާސްފަތިދުވަހާ ހަމަޔަށް ދިއްލީގައި ތިބި އެކްޓިވް ކޭހުގެ އަދަދަކީ 4،279އެވެ. އޭގެތެރެއިން 3،143 މީހުން ތިބީ އަމިއްލަ ގޭގައި އެކަހެރިކޮށްފައެވެ.

އިންޑިޔާގައި އަލުން ކޮވިޑް ފެތުރެން ފަށާފައިވާއިރު، ވެރިރަށް ދިއްލީގެ ހޮސްޕިޓަލްތައް މިކަމަށް ތައްޔާރުވެފައިވާވަރު ބެލުމަށް އެޕްރިލް 11 ވަނަ ދުވަހު ވަނީ މޮކް ޑްރިލްތަކެއްވެސް ބާއްވާފައެވެ. ސިއްހީ އޮފިޝަލުން ވިދާޅުވާގޮތުގައި މިހާރު ބަލިފެތުރެން ފަށާފައިވަނީ ކޮވިޑް 19 ސަބްވޭރިއަންޓްގެ ސަބަބުން ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.

ކޮވިޑް 19 ފެށިގެން އައިފަހުން، ފުރަތަމަ ފަހަރަށް ޖެނުއަރީ 16 ވަނަ ދުވަހު އެއްވެސް ކޭހެއް ރިޕޯޓްކޮށްފައެއް ނުވެއެވެ. ނަމަވެސް ފާއިތުވި މަހެއްހާ ދުވަހު މިވަނީ އަނެއްކާވެސް ރިޕޯޓްކުރެވޭ ކޭސްތައް އިތުރުވާން ފަށާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2017

ޙަމާސްއާއި ފަތަޙަ އަނެއްކާވެސް ސުލްޙައިގެ މަގަށް

12 އޮކްޓޯބަރު 2017
ޙަމާސްއާއި ފަތަޙަ އަނެއްކާވެސް ސުލްޙައިގެ މަގަށް
20 އޯގަސްޓު 2017

އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް

20 އޯގަސްޓު 2017
އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް
29 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި

29 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި
15 މެއި 2017

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!
08 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

08 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް