Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޗެލްސީގެ ވިސްނުން ބަދަލެއް ނުވޭ، ސީޒަންގެ ނިޔަލަށް ލަމްޕާޑު ހުންނާނެ

އައު ކޯޗެއް ހޯދާނީ އަންނަ ސީޒަނަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އެޕްރީލު 2023 | ހޮނިހިރު 02:39
ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކޯޗު ލަމްޕާޑު

ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކޯޗު ލަމްޕާޑު

ވަގުތީ ކޯޗުކަމުން ފްރޭންކް ލަމްޕާޑު ވަކިކުރުމުގެ ވިސްނުން ޗެލްސީން ނުގެންގުޅޭކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޗެލްސީގެ ކޯޗުކަމާ ދެވަނަ ފަހަރަށް ވަގުތީ ގޮތުން ލަމްޕާޑު ހަވާލުވީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށެވެ. އެއީ ކޯޗުކަމުން ގްރަހަމް ޕޮޓާ ވަކިކުރުމަށްފަހުއެވެ. ނަމަވެސް ލަމްޕާޑުއާއެކު ވެސް ޗެލްސީގެ ނަތީޖާތައް ވަނީ އިންތިހާއަށް ދަށްވެފައެވެ. ދެވަނަ ފަހަރަށް ޗެލްސީއާ ހަވާލުވެ، ލަމްޕާޑުގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު ފަސް މެޗުންވެސް ޗެލްސީ ވަނީ ބަލިވެފައެވެ. އެއާއެކު ސަޕޯޓަރުންގެ ނުރުހުން އަމާޒުވެ، ލަމްޕާޑަށް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ. އެއާއެކު ވަގުތީ ކޯޗުކަމުން ވެސް އޭނާ ވަކިކޮށްފާނެ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް، ޗެލްސީގެ ވެރިންގެ ވިސްނުމަކީ ސީޒަންގެ ނިޔަލަށް ލަމްޕާޑު މަގާމުގައި ބެހެއްޓުން ކަމަށާއި، އެއަށްފަހު އައު ސީޒަނަށް އައު ކޯޗެއް ހޯދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީން އަންނަނީ އައު ކޯޗަކު ހަމަޖެއްސުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ކުރިން ޕްރިމިއާ ލީގުގެ ޓޮޓެންހަމާއި، ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އިރުޝާދު ދީފައިވާ އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯއާއެކު ޗެލްސީން މަޝްވަރާކުރަމުން އަންނަކަމަށާއި، އެ މަޝްވަރާތައް ކުރިއަށްދަނީ ވަރަށް ކާމިޔާބުކަމާއެކު ކަމަށް ރިޕޯޓުތައް ބުނެއެވެ. އަނެއްކޮޅުން، ޕޮޗެޓީނޯ ޗެލްސީއާ ހަވާލުވާނީ އޭނާ ބޭނުންވާ ގޮތަށް ބައެއް ބާރުތައް އޭނާގެ އަތް މައްޗަށް ދޫކޮށްލަން ޗެލްސީން އެއްބަސްވުމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އައު ކޯޗެއްގެ ހޯދުމުގެ މަޝްވަރާގައި ޗެލްސީން ވަނީ މީގެ ކުރިން ޖަރުމަނުގެ ހޫލިއަން ނާގަލްސްމަނާއި، ސްޕެއިންގެ ލުއިސް އެންރީކޭއާއެކު ވެސް މަޝްވަރާކޮށްފައެވެ. ނަމަވެސް އެ ދެ މީހުންނާއެކު ކުރިއަށްދިޔަ މަޝްވަރާތަކުގައި އަލި މަގެއް ނުފެނި، ލިސްޓުން ދެ މީހުންވެސް ވަނީ ބޭރުވެފައެވެ.

ޗެލްސީ މިވަގުތު އޮތީވެސް އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ 11 ވަނާގައެވެ. އެއީ މިހާތަނަށް ކުޅުނު 32 މެޗުން 39 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

08 މެއި 2017

ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

08 މެއި 2017
ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
18 މާރިޗު 2017

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު