Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިން ހަނގުރާމައިގެ ތެރޭގައި 'ނަފުސު ޤުރުބާން ކުރަމުންދާ' 75 އަހަރުގެ ފަހުލަވާނެއް!

ޖޫން މަހާއި ޑިސެމްބަރު މަހާ ދެމެދު އޭނާ ވަނީ ޖުމުލަ 7 މަސް ދުވަހުގެ މުއްދަތެއް، އެ ސްޓޭޝަންގައި ހޭދަކުރި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2023 | ހުކުރު 11:55
ފުމިނޯރީ ސުޗީކޯ؛ އިންސާނީ އެހީގެ ޚިދުމަތްތެރިޔާ

ފުމިނޯރީ ސުޗީކޯ؛ އިންސާނީ އެހީގެ ޚިދުމަތްތެރިޔާ

ރަޝިއާގެ އަސްކަރިއްޔާއިން ފެބުރިއަރީ 2022 ގައި ޔޫކްރެއިންއަށް އަރާ، ހަނގުރާމަ ފެށިތާ 1 މަސްދުވަސް ފަހެވެ. ޢުމުރުން 75 އަހަރުގެ ފުމިނޯރީ ސުޗީކޯގެ މިޞްރާބު، ހަނގުރާމައިން ބައްދާލާފައި އޮތް އިރުމަތީ ޔޫކްރައިންގެ ޚާރްކީވް ސިޓިއާ ދިމާއަށް ބެހެއްޓިއެވެ. އަމާޒަކަށް ވީ އޭނާއަށް ވެވުނު މިންވަރަކުން، ޔޫކްރެއިންގެ ރައްޔިތުންނަށް އެހީވުމެވެ.

ޚާރްކީވްގެ އުތުރުގެ ސަރަޙައްދުގައި ހުރި މެޓްރޯ ސްޓޭޝަނަކީ، އާންމުންގެ ގިނަ ބަޔަކު ހިމާޔަތާއި ހިޔާވަހިކަން ހޯދަމުން ދިޔަ ތަނެއްކަން ސުޗީކޯއަށް އެނގުމާއެކު، އެ ބިންގަރާހުގައި، އެ ރައްޔިތުންނާއެކު މަޑު ކުރަން އޭނާ ނިންމިއެވެ. އެ ސަރަޙައްދަކީ ރަޝިއާގެ ވަރުގަދަ ހަމަލާތައް ކެނޑިނޭޅި ދެމުން ދިޔަ ސަރަޙައްދެކެވެ.

ސުޗީކޯ ކިޔައިދިން ގޮތުގައި ޖޫން މަހާއި ޑިސެމްބަރު މަހާ ދެމެދު އޭނާ ވަނީ ޖުމުލަ 7 މަސް ދުވަހުގެ މުއްދަތެއް، އެ ސްޓޭޝަންގައި ހޭދަކޮށްފައެވެ. ސުޗީކޯގެ އިތުރުން ޔޫކްރެއިންގެ ގިނަ ޢަދަދެއްގެ އާންމުން ކައިބޮއެ، ނިދުމުގެ އިތުރުން، ލާ އުޅުނު އަންނައުނުތައް ދޮވެ ހިއްކީވެސް އެތަނުގެ ތެރޭގައެވެ.

ޖަޕާނުގެ ރައްޔިތެއް ކަމަށް ވާ ސުޗީކޯ، އޭނާގެ ޚިދުމަތް ފެށިއެވެ. މެޓްރޯ ސްޓޭޝަންގައި ހިޔާވަހިކަން ހޯދަމުން ދިޔަ މީހުންނަށް އޭނާ ކާބޯތަކެތި ފޯރުކޮށްދޭން ފެށިއެވެ. ހިލޭސާބަހަށެވެ. މެޓްރޯ ސްޓޭޝަންގައި ހިޔާވަހިކަން ހޯދަމުން ދިޔަ ގިނަ މީހުންނަކީ، ރަޝިއާގެ ހަމަލާތަކުގައި އެމީހުންގެ ގެތަށް ސުންނާފަތިވި މީހުންނެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭ، މެޓްރޯ ސްޓޭޝަނުން ނުކުތުމަށް ސުޗީކޯއަށް އެންގިއެވެ. ބިންގަރާހުގައި ހޭދަ ކުރި ދުވަސްތަކުގައި ސުޗީކޯއާއެކު ހިލޭ ސާބަހަށް މަސައްކަތް ކުރަމުން ދިޔަ "ޔޫކްރެއިންގެ އެކުވެރިޔާ" އާ ބައިވެރިވެގެން އޭނާ ނިންމީ ކެފޭއެއް ހުޅުވުމަށެވެ. ހަނގުރާމައިގެ ތެރޭގައި ހަފުސްވެފައިވާ ސަލްޓިވްކާ އަވަށުގެ ރަށްވެހިންނަށް، އެއްވެސް އަގަކާ ނުލާ، ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

ސުޗީކޯ ކިޔައިދިން ގޮތުގައި އޭނާ ކާބޯތަކެތި ފޯރުކޮށްދެމުން ދަނީ، އޭނާގެ އަމިއްލަ ވަޒަނުގައި ތިބި ދީލަތި މީހުންގެ އެހީތެރިކަމާއެކީގައެވެ. ސުޗީކޯގެ "ޔޫކްރެއިން އެކުވެރިޔާ"އާ ދެމީހުން ވެގެން ހިންގާ ކެފޭއިން، ދުވާލެއްގެ މައްޗަށް، 500 އެއްހާ މީހުން ޚިދުމަތް ހޯދައެވެ. ދުވަހެއް ދުވަހަކަށް އެ ޢަދަދު ދަނީ އިތުރުވަމުންނެވެ.

މާ ގިނަ ދުވަހެއް ނުވެ، ޔޫކްރެއިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި، ސުޗީކޯގެ "ފޫމީ ކެފޭ"ގެ ނަން ގުގުމަން ފަށައިފިއެވެ. ޔޫކްރެއިންގެ އެކި ހިސާބުތަކުން ޚާރްކީވްއަށް ދަތުރު ކުރާ މީހުންގެ ތެރެއިން ފޯރުންތެރިކަން ހުރި މީހުންވެސް، ސުޗީކޯގެ ކެފޭއަށް މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.

ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިންގެ އަމުރުފުޅަކަށް، އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގައި ކުރަމުން ދާ ހަނގުރާމައަށް ސުލްޙަވެރި ނިމުމެއް އަތުވެދާނެ ކަމުގެ ކޮޅުމަތިވެސް އަދި ފެންނާކަށް ނެތެވެ.

އިތުރަށް ކިޔާލަން

14 ޖުލައި 2017

އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

14 ޖުލައި 2017
އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ
29 އެޕްރީލު 2017

ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

29 އެޕްރީލު 2017
ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް
20 އެޕްރީލު 2017

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން
21 މާރިޗު 2017

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު
20 މާރިޗު 2017

ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި

20 މާރިޗު 2017
ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު