Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރެމިއާ ލީގް

ރުޅި އައިސްގެން ޓޮޓެންހަމުން ޔުނައިޓެޑް ހިފަހައްޓައިފި

28 އެޕްރީލު 2023 | ހުކުރު 00:09

މި ނަތީޖާއިން ވެސް ޓޮޓެންހަމަށް ގަދަ ހަތަރެއްގެ އަމިއްލަ ބާރެއްނެތް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 28 އެޕްރީލު 2023 | ހުކުރު 00:09
ސޮން ގޯލަށް ބޯޅަ ފޮނުވާލާއިރު ޔުނައިޓެޑްގެ ކީޕަރު ޑެހެޔާ ވެއްޓެނީ: މެޗު އެއްވަރުވީ 2-2އިން

ސޮން ގޯލަށް ބޯޅަ ފޮނުވާލާއިރު ޔުނައިޓެޑްގެ ކީޕަރު ޑެހެޔާ ވެއްޓެނީ: މެޗު އެއްވަރުވީ 2-2އިން

އިނގިރޭސި ޕްރެމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑް ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ޓޮޓެންހަމުން މެޗުގެ ނަތީޖާ ހަމަހަމަކޮށް ޕޮއިންޓެއް ހޯދައިފި އެވެ.

މި މެޗުގައި ޖޯޑަން ސަންޗޯ އާއި މާކަސް ރަޝްފޯޑްގެ ގޯލުތަކާއެކު ޗޭންޖިން ރޫމަށް ޔުނައިޓެޑް ދިޔައީ 2-0އިން ކުރީގައި އޮވެގެންނެވެ. ނަމަވެސް ޓޮޓެންހަމަށް މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 79 ވަނަ މިނެޓުގައި ޖަހައިދިނީ ހުން މިއަން ސޮން އެވެ. މެޗަށް ފަހު އޭނާ ބުނީ ފަހުހާފަށް ޓީމު ނުކުތީ ވަރަށް ބޮޑަށް ރުޅިއައިސްފައި ތިބެ ކަމަށެވެ.

ސަބަބަކީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި ނިއުކާސަލް އަތުން 5-1އިން ބަލިވެފައިވުމެވެ.

ދާއިމީ ކޯޗެއް ނެތުމުގެ ސަބަބުން ވަގުތީ ކޯޗަކާއެކު މެޗަށް ނުކުން ޓޮޓެންހަމުން ފަހުހާފު މުޅިން ކަހަލަ ގޮތަކަށް ކޮންޓްރޯލްކުރި އެވެ. މެޗަށް ފަހު ކޯޗު ރަޔަން މޭސަން ބުނީ އޭނާ އަށް ލިބިފައި ތިބީ މޮޅުވާން ބޭނުންވެފައި ތިބި ކުޅުންތެރިންތަކެއް ކަމަށެވެ.

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ފަހުހާފުގައި އޭނާގެ ޓީމަށް ނުކުޅެވުނު ކަމަށާއި ލިބުނު ފުރުސަތުތައް ވެސް އެންމެ ރަނގަޅަށް ބޭނުން ނުކުރެވުނު ކަމަށެވެ.

މިމެޗު އެއްވަރުވުމުން ޓޮޓެންހަމް އޮތީ 54 ޕޮއިންޓާއެކު ފަސް ވަނާގަ އެވެ. ނަމަވެސް ލިވަޕޫލް ދެން ކުޅެންޖެހޭ މެޗުން މޮޅުވެއްޖެނަމަ 56 ޕޮއިންޓާއެކު އެޓީމަށް ފަސް ވަނަ ލިބި ޓޮޓެންހަމް ހަ ވަނަ އަށް ވެއްޓޭނެ އެވެ. ޔުނައިޓެޑް މިވަގުތު އޮތީ 60 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް