Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދައުލަތުގެ އާމްދަނީ

ޓެކްސް އާމްދަނީ ބޮޑުތަނުން އިތުރުވެއްޖެ

27 އެޕްރީލު 2023 | ބުރާސްފަތި 04:30

7.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ޓެކުހުން ލިބިފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 އެޕްރީލު 2023 | ބުރާސްފަތި 04:30
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

މިއަހަރުގެ މިހާތަނަށް ދައުލަތަށް ޓެކުހުން ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އޭޕްރީލް 20 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ބަޔާންކޮށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާގޮތުން މިއަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 10.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަަށް ލިބިފައިވަނީ 8.4 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. މިގޮތުން 7.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ޓެކުހުން ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކުހުން ލިބިފައިވަނީ 6 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުންނެވެ. މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އަދަދަށްވުރެ ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 797.6 މިލިއަން ރުފިޔާއެވެ. ބާކީ 3.1 ބިލިއަން ރުފިޔާ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ހިއްސާކުރާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި ބާވަތުގެ ޓެކުހުން ލިބުނީ 2.4 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

މީގެ އިތުރުން ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިޔަފާރި އަދި ޕްރޮޕަރޓީ ޓެކުހުންނެވެ. މި ބާވަތުގެ ޓެކުހުން 1.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 2.5 ބިލިއަން ރުފިޔާ އާމްދަނީއެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 2 މިލިއަން ރުފިޔާ ލިބިފައިވާއިރު ގްރާންޓުގެ ގޮތުގައި 69.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މިއަހަރު ސަރުކާރުން ވަނީ ޖީއެސްޓީ ނަގާ ރޭޓުތައް ބޮޑުކޮށްފައެވެ. މިގޮތުން އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ރޭޓު 6 އިންސައްތައިން 8 އިންސައްތައަށް ވަނީ ބޮޑުކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ރޭޓު 12 އިންސައްތައިން 16 އިންސައްތައަށް ވަނީ ބޮޑުކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
27 ޖެނުއަރީ 2017

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

27 ޖެނުއަރީ 2017
އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި
17 ޖެނުއަރީ 2017

ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި

17 ޖެނުއަރީ 2017
ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާގޮތަށް ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް