Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުވެންޓަސް

ކެސިއޭ ހޯދުމުގެ ޝައުޤުވެރިކަން ޔުވެންޓަސް އިން ފާޅުކޮށްފި

ޔުވެންޓަސް އިން އެ ކުލަބުގެ އެތެރޭގައި އެކަމުގެ މަޝްވަރާތައް ކުރިއަަށްގެންދާ ކަމަށް ވެސް ރިޕޯޓުތައް ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 އެޕްރީލު 2023 | ބުރާސްފަތި 02:24
ބާސެލޯނާގެ މިޑްފީލްޑަރު ކެސިއޭ

ބާސެލޯނާގެ މިޑްފީލްޑަރު ކެސިއޭ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ހޯދުމުގެ ޝައުޤުވެރިކަން ޔުވެންޓަސް އިން ފާޅުކޮށްފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ބުނެފި އެވެ.

ޔުވެންޓަސް އިން ކެސިއޭ ހޯދުމުގެ ޝައުޤުވެރިން ފާޅުކޮށްފައިވާއިރު، އޭނާގެ ކުރީގެ ކުލަބް އޭސީ މިލާން އަދި ވާދަވެރި އިންޓަ މިލާނުން ވެސް ކެސިއޭ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް އިން ކެސިއޭ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، އެކުލަބުން މަޑުކުރަނީ ބާސެލޯނާގެ ނިންމުމަކަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޖުވެންޓަސް އިން ކެސިއޭ ހޯދުމަށް ބޭނުންވަނީ އަންނަ ސީޒަނުގައި އެ ޓީމުގެ މެދުތެރެއިން ކުޅޭނެ ރަނގަޅު ކުޅުންތެރިޔަކު ހޯދުމަށެވެ. އެގޮތުން ކެސިއޭ އަކީ ކުރިން އިޓާލިއަން ލީގުގައި ވެސް ކުޅެފައިވާ ކުޅުންތެރިޔަކަށްވާތީ، ޔުވެންޓަސް އިން ޤަބޫލު ކުރަނީ އެ ޓީމުގެ މެދުތެރޭގައި ކެސިއޭ އަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ. އަނެއްކޮޅުން ސްޕެއިންގެ ބާސެލޯނާގައި އޭނާ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ޔުވެންޓަސް އިން އޭނާ ހޯދަން ބޭނުންވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން ޔުވެންޓަސް އިން އެ ކުލަބުގެ އެތެރޭގައި އެކަމުގެ މަޝްވަރާތައް ކުރިއަަށްގެންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ބާސެލޯނާ އިން ވަނީ ކެސިއޭ އަށް މުސާރަ ކުޑަ ކުރުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް ކެސިއޭ އަކަށް އެއްބަސްނުވާނެ ކަމަށާއި، މިހާރު އެކަމުގައި ގޮތެއް ނިންމާނީ ބާސެލޯނާ އިން ކަމަށެވެ. މީގެ އިތުރުން އަންނަ ސީޒަނަށް ބާސެލޯނާ އިން ވެސް ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ކެސިއޭ ދޫކޮށްލުމަކީ ވެސް ގާތް ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޭސީ މިލާން ދޫކޮށް ކެސިއޭ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭނާ ބާސެލޯނާ އަށް ސޮއި ކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 37 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

09 އެޕްރީލު 2017
ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ

ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ

26 މާރިޗު 2017
ގްރިޒްމަން ހޯދުމުގެ ރޭހުގައި ޗެލްސީވެސް ބައިވެރިވެއްޖެ

ގްރިޒްމަން ހޯދުމުގެ ރޭހުގައި ޗެލްސީވެސް ބައިވެރިވެއްޖެ

25 މާރިޗު 2017
އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ

އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ

08 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު