Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބްލައިންޑް ޓޭސްޓް ޓެސްޓް

ކޮކާ-ކޯލާ މޯލްޑިވްސް އިން އިންފްލުއެންސަރުންނާއެކު ބްލައިންޑް ޓޭސްޓް ޓެސްޓެއް ބާއްވައިފި

މި ހަރަކާތުގެ ތެރެއިން، ކޮކާ-ކޯލާގެ ތިން އުފެއްދުމެއްގެ ތެރެއިން ކޯކް ޒީރޯ އަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް އިންފްލުއެންސަރުންނާ ހަވާލުކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 އެޕްރީލު 2023 | ބުދަ 07:43
ކޮކާކޯލާ ބްލައިންޑް ޓޭސްޓް ޓެސްޓް ކުރުން

ކޮކާކޯލާ ބްލައިންޑް ޓޭސްޓް ޓެސްޓް ކުރުން

ކޮކާ-ކޯލާ މޯލްޑިވްސް އިން އިންސްޓަގްރާމް އަދި ޓިކްޓޮކްގައި މަޝްހޫރު 8 ސޯޝަލް މީޑިއާ އިންފްލުއެންސަރުން ބައިވެރިކޮށްގެން، "ބްލައިންޑް ޓޭސްޓް ޓެސްޓް" ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތުގެ ތެރެއިން، ކޮކާ-ކޯލާގެ ތިން އުފެއްދުމެއްގެ ތެރެއިން ކޯކް ޒީރޯ އަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް އިންފްލުއެންސަރުންނާ ހަވާލުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮކާ-ކޯލާ އޮރިޖިނަލް ޓޭސްޓް، ކޮކާ-ކޯލާ ޒީރޯ ޝުގާ އަދި ޑައިޓް ކޯކްއެވެ.

މި ހަރަކާތަކީ ކޯކް ޒީރޯގެ މީރު ރަހަ ދައްކާލުމުގެ އިތުރަށް، "މިއީ އެންމެ ރަނގަޅު ކޯކް ހެއްޔެވެ؟" މި ސުވާލު ހިތާއި ހިތާ ކޮށްލަން ފުރުސަތު ދިނުމަށް އިންތިޒާމްކުރި ހަރަކާތެކެވެ. ހަމަ އެއާ އެކު، ރާއްޖޭގައި ލިބެން ހުރި ކޮކާ-ކޯލާގެ ތަފާތު ބާވަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ހަރަކާތުގެ ބޭނުމެކެވެ. މަޝްހޫރު އިންފްލުއެންސަރުންނާ ގުޅިގެން ކޮކާ-ކޯލާ މޯލްޑިވްސް އިން ވަނީ ކާމިޔާބުކަމާ އެކު ގިނަ ބަޔަކާ ހަމައަށް ވާސިލުވެ، "ޒީރޯ ޗެލެންޖަށް" ބޮޑު ޝައުގުވެރިކަމެއް އުފައްދައިފައެވެ.

ކޮކާ-ކޯލާ މޯލްޑިވްސްގެ އަމާޒަކީ އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް އިންފްލުއެންސަ މާކެޓިން އަދި ކަސްޓަމަރުންގެ ބައިވެރިވުމާ އެކު ހިންގޭ ހަރަކާތްތަކުގެ ބޭނުން ހިފައިގެން ކުރިއަށް ގެންދިއުމެވެ. މި "ބްލައިންޑް ޓޭސްޓް ޓެސްޓް" އަކީ ކޮކާ-ކޯލާ މޯލްޑިވްސްގެ ތަފާތު ބުއިންތަކުގެ ތަފާތު ރަހަތަކާއި ސިފަތައް ދައްކުވައިދިނުމަށް ރޭވިފައިވާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ޓެސްޓެވެ.

ކަސްޓަމަރުންގެ މެދުގައި ހިތްގައިމު ތަޖުރިބާތަކެއް ހޯދައިދިނުމާ އެކު، ކޮކާ-ކޯލާ މޯލްޑިވްސް އިން އަންނަނީ އެ ކުންފުނީގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ބެލުންތެރިންނާ ބަދަހި ގުޅުމެއް އުފައްދަން މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި ވެސް ކޮކާ-ކޯލާ މޯލްޑިވްސްގެ ފަރާތުން މިފަދަ އިތުރު ހިތްގައިމު ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފައެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

13 ޖޫން 2017
ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު