Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރުމަނުގެ ލެޕަރޑް 2 ޓޭންކަރު

ޖަރުމަނުގެ ލެޕަރޑް 2 ޓޭންކަރު އުފެއްދި ދެކުންފުނިން އޭގެ މިލްކުވެރިކަމަށް ތަޅާފޮޅަނީ

ހެއިންމެޓާލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އިން ލެޕަރޑް 2A4 މޮޑެލްގެ މިލްކުވެރިއަކީ އެކުންފުނިކަމަށް ބުނުމުން، ކްރައުސް މަފޭ ވީގްމަން ކުންފުނިން ވަނީ އެކަން ދޮގު ކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 26 އެޕްރީލު 2023 | ބުދަ 06:54
ޖަރުމަނުގެ ލެޕަރޑް 2 ޓޭންކަރެއް

ޖަރުމަނުގެ ލެޕަރޑް 2 ޓޭންކަރެއް

ޖަރުމަނުގެ ލެޕަރޑް 2 ޓޭންކަރު އުފެއްދުމުގައި ހަރަކާތްތެރިވި ދެކުންފުނިން އޭގެ މިލްކުވެރިކަމަށް ވަކާލާތުކުރަން ފަށައިފިއެވެ.

ދުނިޔޭގެ އެންމެ ޒަމާނީ ކުރިއެރުންތައް ހިނެމެނޭ ކަމަށް ފާހަގަކުރެވިފައިވާ ޖަރުމަނުގެ ލެޕަރޑް 2 ޓޭންކަރުތައް ޔޫކްރެއިން-ރަޝިއާ ހަނގުރާމާގައި ބޭނުންކުރުމަށް ޔޫކްރެއިނަށް ފޯރުކޮށްދެމުންދާއިރު، މި ޓޭންކަރުތައް އުފެއްދުމުގައި ހަރަކާތްތެރިވި ޖަރުމަނުގެ ދެކުންފުނިން ދަނީ ޓޭންކަރުތަކުގެ ފުރިހަމަ މިލްކުވެރިކަން ހޯދުމަށް ދައުވާ ކުރަމުންނެވެ.

ޖަރުމަނުގެ ކްރައުސް މަފޭ ވީގްމަން ކުންފުނިން ވަނީ ލެޕަރޑް 2 ޓޭންކަރުތަކުގެ ފުރިހަމަ މިލްކުވެރިކަން ހޯދުމަށް ހެއިންމެޓާލް އޭޖީ ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. މިމައްސަލައިގެ އަޑުއެހުމެއް މިހާރު ވަނީ މެއި ދެ ވަނަ ދުވަހަށް، މިއުނިކްގެ ޑިސްޓްރިކްޓް ކޯޓެއްގައި ތާވާލުކޮށްފައެވެ.

ލެޕަރޑް 2 ޓޭންކަރުތަކުގެ ކެނޮން އުފައްދަނީ ހެއިންމެޓާލުންނެވެ. އަދި ޓޭންކަރުގެ މައިގަނޑު ފްރޭމް އުފައްދަނީ ކްރައުސް މަފޭ ވީގްމަން ކުންފުނިންނެވެ.

ނަމަވެސް ހެއިންމެޓާލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އަރމިން ޕެޕަރޖާ ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ލެޕަރޑް 2A4 މޮޑެލްގެ މިލްކުވެރިއަކީ އެކުންފުނިކަމަށް ބުނުމުން، ކްރައުސް މަފޭ ވީގްމަން ކުންފުނިން ވަނީ ނުރުހުންފާޅުކޮށް އެއީ ދޮގު ސްޓޭޓްމަންޓެއް ކަމަށް ބުނެފައެވެ.

ކްރައުސް މަފޭ ވީގްމަން ކުންފުނިން ހެއިންމެޓާލް ކުންފުންޏާ ދެކޮޅަށް މިއުނިކްގެ ޑިސްޓްރިކްޓް ކޯޓަކަށް މައްސަލަ ހުށަހަޅާފައި ވަނީ އެކުންފުނިން މިފަދަ ހަގީގަތް އޮޅޭފަދަ، ދޮގު ބަޔާނެއް ދެވެނަ ފަހަރަށް ދިނުމުގެ ފުރުސަރު ނުދިނުމަށް ބުނެ ކަމަށް މައްސަލައާ ގުޅިގެން އެޑިސްޓްރިކްޓް ކޯޓުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން މިދެކުންފުނިންވެސް ވަނީ މިހާތަނަށް އައިއިރު، ބަހެއް ބުނަން ދެކޮޅު ހަދާފައެވެ.

މިމައްސަލަ ނިމޭގޮތަކުން، ދެކުންފުނިން ގުޅިގެން ހިންގަމުން އަންނަ ޕްރޮޖެކްޓުތަކަސް ވާނެ ގޮތެއް އަދި ސާފު ނުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހަފުތާގައި އެދެކުންފުނިން ވަނީ ޖަރުމަނު ސަރުކާރުުގެ އޯޑަރަކަށް 143 ޕުމާ ފައިޓިން ވެހިކަލް އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓެއް ނަގާފައެވެ. މިއީ ގާތްގަނޑަކަށް 845 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

ޖަރުމަނު ސަރުކާރުން އަސްކަރީ ސާމާނަށް ކުރާ ހަރަދު އިތުރުކުރުމާއެކު ހެއިންމެޓާލް ކުންފުނީގެ އާމްދަނީ މިދިޔަ އަހަރު ވަނީ ރިކޯޑް މިންވަރަކަށް އިތުރުވެގެން ގޮސްފައެވެ.

ލެޕަރޑް 2 ޓޭންކަރުތައް ރަޝިއާއާ ދެކޮޅަށް ބޭނުންކުރުމަށް ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް، ޖަރުމަނުން ވަނީ ފުރަތަމަ ދެކޮޅު ހަދާފައެވެ. ނަމަވެސް ހުޅަނގުގެ ގިނަ ގައުމުތަކެއްގެ ޕްރެޝަރާއެކު މިޓޭންކަރުތައް ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ޖަރުމަނުން އެއްބަސްވެފައި ވަނީ މިއަހަރުގެ ކުރީކޮޅެވެ.

ލެޕަރޑް 2 ޓޭންކަރުތަކަކީ ރަޝިއާގެ ފައުޖުތައް ފަހަތަށް ޖައްސަން ކޮންމެހެންވެސް ބޭނުންވާ ޓޭންކަރުތަކެއް ކަމަށް ޔޫކްރެއިނުން ބުނެއެވެ.

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2017

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

30 ޑިސެމްބަރު 2017
އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި
25 ސެޕްޓެމްބަރު 2017

ހަނި މޮޅަކާއެކު، ޖަރުމަނުގެ ޗާންސެލަރގެ މަޤާމް ހަތަރުވަނަ ދައުރަކަށް މާކެލް އިންތިޚާބުވެއްޖެ

25 ސެޕްޓެމްބަރު 2017
ހަނި މޮޅަކާއެކު، ޖަރުމަނުގެ ޗާންސެލަރގެ މަޤާމް ހަތަރުވަނަ ދައުރަކަށް މާކެލް އިންތިޚާބުވެއްޖެ
24 ސެޕްޓެމްބަރު 2017

ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ

24 ސެޕްޓެމްބަރު 2017
ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ
09 ޖުލައި 2017

ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި

09 ޖުލައި 2017
ޖަރުމަނުގެ ހެމްބާގްގައި ޖީ20 ސަމިޓް ނިމުނަސް މުޒާހަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެފި
04 ޖުލައި 2017

ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

04 ޖުލައި 2017
ޕާކިސްތާނުގައި ތެޔޮ ޓޭންކަރު ގޮވި ހާދިސާގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
15 މާރިޗު 2017

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި
10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
03 މާރިޗު 2017

ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިސްރަށް ވަޑައިގެންފި

03 މާރިޗު 2017
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް މިސްރަށް ވަޑައިގެންފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު