Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން

އެންއައިސީން ލިވިންގ އެލަވަންސް ދޭއިރު ތަފާތު ކުރާކަމަށް ބުނެ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ ބެލޭނެ: ހައިކޯޓު

މުވައްޒަފުންގެ މެދުގައި ލިވިންގ އެލަވަންސް ދިނުމުގައި ވަރަށް ބޮޑު ތަފާތުކުރުމެއް ގެންގުޅޭކަމަށް ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2023 | އަންގާރަ 07:37
ހައި ކޯޓު

ހައި ކޯޓު

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީގެ) މުވައްޒަފުންގެ މެދުގައި ލިވިންގ އެލަވަންްސް ދިނުމުގައި ތަފާތު ކުރާކަމަށް ބުނެ އެތަނުގެ މުވައްޒަފަކު ހުށައެޅި މައްސަލައަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ބެލޭނެ މައްސަލައެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

އެ މުވައްޒަފަކީ ކުރިން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގައި މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފެކެވެ. ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން ޤާނޫނަކުން އުވާލައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ވުޖޫދުވުމުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގައި މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ދަށަށް ބަދަލުކުރެވުނެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ އެގޮތުގެ މަތިން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުވި މުވައްޒަފުންގެ މެދުގައި ލިވިންގ އެލަވަންސް ދިނުމުގައި ވަރަށް ބޮޑު ތަފާތުކުރުމެއް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ގެންގުޅެފައިވާ ކަމަށް ބުނެ ހުށައެޅި މައްސަލައެކެވެ.

އެ މައްސަލަ މުވައްޒަފުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށައެޅުމުން، ޓްރައިބިއުނަލްއިން ވަނީ މި މައްސަލަ ޚިލާފު އުފެދުނު ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހުށަހަޅާފައިނުވާތީ މައްސަލަ ބޭރުކޮށްލާފައެވެ.

އެހިސާބުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރަޖިސްޓްރާގެ ނިންމުން އަލުން މުރާޖައާ ކޮށްދިނުން އެދި އެ މުވައްޒަފުގެ ފަރާތުން އެދުނެވެ. އެފަހަރުވެސް ޓްރައިބިއުނަލްއިން ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ. ވުމާއެކު އޭނާގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުޙައްމަދު، ފަނޑިޔާރު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

ފަނޑިޔާރުން ވިދާޅުވީ، އެ މުވައްޒަފުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ ތަފާތުކުރުން ގެންގުޅެފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައަކަށް ވުރެ ބޮޑަށް، ލިވިންގ އެލަވަންސް ހޯދުމަށް އެދި ހުށަހެޅި މައްސަލައެއްކަމަށް ބުރަވެވޭ ކަމަށެވެ.

އަދި މައްސަލައިގައި ޚުސޫމާތު އުފެދިގެން އުޅެނީ ލިވިންގ އެލަވަންސާ ގުޅިގެން ކަމަށްވެފައި، ލިވިންގ އެލަވަންސްއަކީ އުޖޫރައިގެ މާނައިގެ ތަރަހައަށް ފެތޭ އެލަވަންސް އަކަށްވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ މުއްދަތު ބެލުމުގައި މިބާވަތުގެ މައްސަލަތައް 6 މަސްދުވަހުގެ މުއްދަތު ފާއިތުވުމަށްފަހުގައި ވެސް ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައި އޮތް އޮތުމަށް ފެތޭ ކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށް ނިންމި ގޮތް ބާތިލު ކަމަށެވެ.

އަދި މުވައްޒަފުގެ ފަރާތުން އެ މައްސަލަ އަލުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށައަޅައިފިނަމަ، އެ މަައްސަލައަކީ ޓްރައިބިއުނަލްއިން ބަލައިގަނެ، އެއާމެދު ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި

ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި

19 މާރިޗު 2017
މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

މިދިޔަ އަހަރު ތަފާތު އެކި ހައްގުތައް ގެއްލިގެން 533 މައްސަލަ ހުށަހެޅުނު: އެޗްއާރުސީއެމް

13 މާރިޗު 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު