Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގެވެށި އަނިޔާ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތް ކޮށްފައިވަނީ ލިބިފައިވާ ދަރިންގެ ހައްގުގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2023 | އަންގާރަ 02:31
ރީނާއާއި އޭނާގެ ދެކުދިން

ރީނާއާއި އޭނާގެ ދެކުދިން

ކޮންމެ މީހަކު ވެސް ޒަވާޖީ ހަޔާތެއް ފަށަނީ އުފާވެރި ދިރިއުޅެއް އާރާސްތުކުރާށެވެ. ފޮނި އުންމީދުތަކާއެކު ދިރިއުޅެން ފެށި ނަމަވެސް ބައެއް ފަހަރު އެ ދިރިއުޅުމަކީ ތިމާގެ ހަލާކަށް ވެގެންދެއެވެ. އެގޮތަށް ދިމާވި އެއް ޒުވާނަކީ (އަސްލު ނަމެއް ނޫން) ރީނާ އެވެ. ކައިވެނީގެ ފުރަތަމަ ރޭ ހަނދާނަށް ގެންނަމުން ރީނާ ބުނެފައިވަނީ އެރޭ ވެސް ކުރިމަތިލާން ޖެހުނީ ގެވެށި އަނިޔާއާ ކަމަށެވެ. ރީނާއަށް ބުނެވުނު އެއްޗަކުން އޭނާގެ ފިރިމީހާ ވަރަށް ބޮޑަށް ރުޅި އައިސް ރީނާގެ މޫނު މަތީގައި ވަރަށް ބާރަށް ޖެހި ކަމަށެވެ.

މިއީ ފުރަތަމަ ރޭ ލިބުނު ހަދިޔާއެވެ. މިއަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. އެއްރޭ ރީނާއަށް އެނދުގައި ނިދާފައި އޮއްވާ ހޭލެވުނީ ވަރަށް ބާރަށް ކޮޓަރީގައި ލަވަޖަހަން ފެށި އަޑަށެވެ. ހޭލެވުނުއިރު ފިރިމީހާ ހުރީ ކަސްރަތު ކުރާއިރު ލިފްޓް ކުރަން ގެންގުޅޭ ދަގަނޑު ހޮޅިއެއް ނަގައިގެން ޖަހަން ތައްޔާރަށެވެ. އެރޭ އިރުއަރަންދެން ދަގަނޑު ހޮޅިން މުޅި ގައިގައި ތަޅާ އަނިޔާކުރިއެވެ. އަނިޔާވެރިކަން އިންތިހާއަށް ބޮޑުވި ނަމަވެސް ރީނާ އެ ކައިވެނިމަތީގައި ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރިއެވެ.

މަމްސް އެއިޑްއިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރީނާއަށް ލިބެމުންދާ އަނިޔާ ސިއްރުކޮށް އަދި އެ ދިރިއުޅުން ކުރިއަށް ގެންދަން މަސައްކަތް ކޮށްފައިވަނީ ލިބިފައިވާ ދަރިންގެ ހައްގުގައެވެ. ދަރިންނަށް ލިބިދާނެ ނިކަމެތި ކަމަށް ވިސްނާފައެވެ. ނަމަވެސް އެ އަނިޔާވެރިކަމުގައި ދަރިފުޅަށް ވެސް ފެންނަން ފެށީ ފެންނަން ނުވާ ކަހަލަ މަންޒަރުތަކެވެ. ރީނާ ކިޔާދީފައިވާ ގޮތުގައި ކައިވެނީގެ ބޭރުން އޭނާގެ ފިރިމީހާ އެހެން އަންހެނަކާއި ގުޅުން ބޭއްވިއެވެ. އަދި ކައިވެނީގެ ބޭރުން އެ އަންހެން މީހާ ގެއަށް ގެނެސްގެން ދިރިއުޅެން ފެށި ހިސާބުން ކެތްނުވެގެން ގެއިން ނުކުތީ ކަމަށް ރީނާ ބުންޏެވެ. އެގެއިން ނުކުންނަންދެން މި އަނިޔާތައް އޮތީ އޭގެ ހަތަރު ފާރުގައި ސިއްރުވެފައެވެ. އަދި އެގޭގައި ދިރިއުޅޭ އެހެން މީހުން ވެސް ތިބީ އެކަން ސިއްރުކޮށްގެންނެވެ.

ގެއިން ނުކުތުމުން އެހާލަތުގައި ރީނާއަށް އެހީތެރިކަން ފޯރުކޮށްދިނީ ރީނާގެ މަންމައެވެ. މަންމަ ގާތަށް މާލެއަށް ދިރިއުޅުން ބަދަލު ކުރި ނަމަވެސް ހަރަދުތައް އިންތިހާއަށް ބޮޑުވުމާއި ގުޅިގެން ރަށަށް ދިރިއުޅުން ބަދަލުކުރިއެވެ. މިހާރު އާމްދަނީ ހޯދަމުންދަނީ ގެތަކަށް ގޮސް ކުނިކަހައިދީގެންނެވެ. މަހަކު 2000 ރުފިޔާ ލިބޭއިރު، ކުރަންޖެހޭ ހަރަދުތައް ކުރުމަށްފަހު، ދަރިންގެ ހަރަދުތައް ކުރުމަށް އޮންނަނީ މަދު ފައިސާއެކެވެ.

ދެކޮޅު ނުޖެހޭ ދިރިއުޅުމެއް އުޅެމުންދާއިރު، ރީނާއަށް ލިބިފައިވާ ދެކުދިންގެ ބައްޕަގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބެއެވެ. ދެދަރިން ގޮވައިގެން ރީނާ ދިރިއުޅޭއިރު، ކުޑަ ދަރިފުޅަށް މިހާރު 9 އަހަރު ވަނީ ވެފައެވެ. އަދި އެކުއްޖާއަށް ބައްޕަގެ މޫނު ނުފެންނަ ކަމަށް ރީނާ ބުނެފައިވެއެވެ. ދަރިންގެ ހައްގުގައި މިހާރު ވެސް ރީނާ ވަމުން ދަނީ ބޮޑެތި ގުރުބާނީ ތަކެކެވެ. ނަމަވެސް މިއަދު ރީނާ ދިރިއުޅެމުންދަނީ އަނިޔާއެއްގައި ނޫނެއެވެ. އެ އުފާވެރިކަން އޭނާގެ ހިތުގައި އޮވެއެވެ. ނަމަވެސް ދިރިއުޅުން އިންތިހާއަށް ދަތިވުމާއި ގުޅިގެން މަމްސް އެއިޑްގެ ފަރާތުން ރީނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ރީނާއަކީ މިމުޖުތަމައުގައި ގެވެށި އަނިޔާ ލިބި، އަދިވެސް އެއަނިޔާގެ ބިރުވެރިކަން ހިތުން ފިލައިގެން ގޮސްފައިނުވާ އެންމެ އަންހެނެކެވެ. ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު އެ އޮތޯރިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބައިވެރިޔާގެ ފަރާތުން އަނިޔާ ލިބިގެން ހުށަހަޅާފައިވާ 95 އިންސައްތަ މައްސަލާގައި އަނިޔާކޮށްފައިވަނީ ފިރިހެނުންނެވެ. މީގެ އިތުރުން 2014 ވަނަ އަހަރު 143 މައްސަލަ، 2015 ވަނަ އަހަރު 437 މައްސަލަ، 2016 ވަނަ އަހަރު 645 މައްސަލަ، 2017 ވަނަ އަހަރު 741 މައްސަލަ، 2018 ވަނަ އަހަރު 635 މައްސަލަ، 2019 ވަނަ އަހަރު 558 މައްސަލަ 2020 ވަނަ އަހަރު 654 މައްސަލަ 2021 ވަނަ އަހަރު 577 މައްސަލަ އަދި 2022 ވަނަ އަހަރު 720 މައްސަލަ ހުށަހަޅާފައިވެއެވެ. މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި އަދިވެސް ގެވެށި އަނިޔާގެ މައްސަލަތައް އިންތިހާއަށް ބޮޑެވެ.

ގެވެށި އަނިޔާގައި އާއިލާއެއް ބިކަވެގެންދާއިރު، މިމައްސަލަ ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. މުހިންމީ އަނިޔާއެއް ލިބޭނަމަ، އެކަން ވީ އެންމެ އަވަހަށް ހުއްޓުވާ، ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އެކަން ކުރުމަށް، އެފަދަ މައްސަލަތައް ލަސްނުކޮށް ރިޕޯޓުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫންނަމަ މި މުޖުތަމައުގައި ގެވެށި އަނިޔާ އާއްމުވެ، އަނިޔާ ލިބޭ މީހާ އިތުރަށް ބިކަވެގެންދާނެއެވެ. އަނިޔާ ލިބޭ ކަމަށްވާނަމަ އެންމެ ދުވަހަކަށް ވެސް ކެތްކުރުމަކީ ކުރެވޭނެ މޮޔަ ކަމެކެވެ. އެހެންކަމުން އަނިޔާއަށް ނޫނެކޭ ބުނެ އެދިރިއުޅުމަކުން ތިމާ ދުރުވާން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބީޖޭޕީ ސަރުކާރުން އިންޑިއާގެ މިސްކިތްތައް ތަޅާއިރު މޯދީ ޔޫއޭއީގައި ފައްޅި ހުޅުއްވައިދެއްވަނީ

ބީޖޭޕީ ސަރުކާރުން އިންޑިއާގެ މިސްކިތްތައް ތަޅާއިރު މޯދީ ޔޫއޭއީގައި ފައްޅި ހުޅުއްވައިދެއްވަނީ

17 ފެބުރުއަރީ 2024
"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

04 ޖޫން 2023
ސޫދާންގެ ތަޅާފޮޅުންގަނޑުގެ މެދުގައި ބެދުނު ޖަމާލުގެ ތަޖުރިބާ، އޭނާގެ ދުލުން!

ސޫދާންގެ ތަޅާފޮޅުންގަނޑުގެ މެދުގައި ބެދުނު ޖަމާލުގެ ތަޖުރިބާ، އޭނާގެ ދުލުން!

24 އެޕްރީލު 2023
ފްލެޓްތައް ތަޅާލަންވެސް ވިސްނިން، އެހެންނަމަވެސް...

ފްލެޓްތައް ތަޅާލަންވެސް ވިސްނިން، އެހެންނަމަވެސް...

24 ނޮވެމްބަރު 2021
ތަޅާފޮޅުމާއި މާރާމާރީއަށް ނޫނެކޭ ބުނުމުގެ ދުވަސް!

ތަޅާފޮޅުމާއި މާރާމާރީއަށް ނޫނެކޭ ބުނުމުގެ ދުވަސް!

30 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު