Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުން

މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުން، ކަރަންޓް އިގްތިސާދު ކުރޭ

ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގެވެސް އެހެން މަސްތަކާއި އަޅާ ބަލާއިރު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރު

އަމްނާ އިމާދު
އަމްނާ އިމާދު | 23 އެޕްރީލު 2023 | އާދީއްތަ 12:10
ހުޅުމާލެ މަގުމަތި

ހުޅުމާލެ މަގުމަތި

މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.

އާދިއްތަ ދުވަހު ސްޓެލްކޯއިން ބުނީ މިދިޔަ ފެބްރުއަރީ، މާރިޗު އަދި އެޕްރީލް މަހުގެ ލޯޑު ޓްރެންޑު ދައްކާގޮތުން، ގްރޭޓަރ މާލޭގެ އެވްރެޖް ޕަވަރ ޔޫސޭޖް (އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން) ދަނީ ދުވަހެއް ދުވަހަކަށް މަތިވަމުން ކަމަށެވެ. އަދި އެވްރެޖްކޮށް ބަލާނަމަ ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގެވެސް އެހެން މަސްތަކާއި އަޅާ ބަލާއިރު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރު ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ދުވަހެއް ދުވަހަކަށް މަތިވަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފައިވާއިރު، ސްޓެލްކޯގެ އެމްޑީ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭޕްރީލް 11 ވަނަ ދުވަހު 92.5 މެގަވޮޓަށްވުރެ މައްޗަށް ކަރަންޓު ބޭނުންކޮށްފައިވާކަމަށެވެ. ޝަރީފް ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފުތާގައި އަދިވެސް މިއަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ. ސްޓެލްކޯގައި 120 މެގަވޮޓް ކަރަންޓު އުފެއްދުމުގެ ގާބިލްކަން އެބަހުރިކަމަށާއި, ނަމަވެސް ކަރަންޓް އިގްތިސާދުކުރުމަށް ޝަރީފް ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރުމަށާއި، ކަރަންޓު އިގްތިސާދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ސްޓެލްކޯއިން ބުނީ، ޚާއްސަކޮށް، ފިނިކުރުމަށް ގެންގުޅޭ އޭސީފަދަ އާލާތްތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށްވުރެ ދަށްނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނައިރު އިންވަރޓަރ އަށް އިސްކަންދިނުމަށް އިލްތިމާސް ކުރާކަމަށެވެ.

ކޮންމެ އަހަރަކުވެސް ހޫނުގަދަ ދުވަސްވަރު ކަރަންޓު ބިލް ވަރަށް ބޮޑުވެގެންދެއެވެ. އެހެންކަމުން އެކަމުގެ ޝަކުވާތައްވެސް އާންމުންކުރެއެވެ.

ކަރަންޓު ބިލު ބޮޑުވުމަށް އޮތް ހައްލަކީ ބޭކާރުގޮތުގައި ބޭނުންކުރާ ކަރަންޓުގެ މިންވަރު ދަށްކުރުމެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު