Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޫނިއަރ ރެކޯޑް މުގުރާލުން

ރޫޔާ މުގުރާލީ 22 އަހަރުވީ ރެކޯޑެއް!

ކުރިން ރެކޯޑް އޮތީ ޝަމްހާ އަތުގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 23 އެޕްރީލު 2023 | އާދީއްތަ 09:32
ރޫޔާ ރާއްޖޭގެ މުބާރާތެއްގައި ދުވަނީ: ފޮޓޯ-އެތްލެޓިކްސް އެސޯސިއޭޝަން

ރޫޔާ ރާއްޖޭގެ މުބާރާތެއްގައި ދުވަނީ: ފޮޓޯ-އެތްލެޓިކްސް އެސޯސިއޭޝަން

އެތްލެޓިކްސްގެ 22 އަހަރުވީ ރެކޯޑެއް އުއްމީދީ ދުވުންތެރިޔާ މަރިޔަމް ރޫޔާ އަލީ މުގުރާލައިފިއެވެ.

ރޫޔާ މުގުރާލީ އަންހެން 100 މީޓަރުގެ ޖޫނިއަރ ކެޓަގަރީގެ ރެކޯޑެވެ. އެއީ 21.21 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޫޔާ ރެކޯޑް މުގުރާލީ ޖެމެއިކާގެ ކިންގްސްޓަންގައި މިއަދު ކުރިއަށްދިޔަ "ވެލޯސިޓީ ފެސްޓް" މުބާރާތުގައި ވާދަކޮށްގެންނެވެ. ރޫޔާ ޖެމެއިކާގައި ހުރީ ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލަރޝިޕެއްގެ ދަށުން ތަމްރީނު ހޯދުމަށެވެ. 18 އަހަރުގެ ރޫޔާއަކީ ރާއްޖޭގެ އެންމެ އުއްމީދީ އެއް ދުވުންތެރިޔާއެވެ. ރޫޔާ ވަނީ އޭޝިޔަން އިންޑޯ ޗެމްޕިއަންޝިޕްގައި ވާދަކޮށް 60 މީޓަރު ދުވުމުގެ ރެކޯޑްވެސް ހަދަފައެވެ.

ކުރިން ޖޫނިއަރ ރެކޯޑް އޮތީ ޝަމްހާ އަހުމަދު އަތުގައެވެ. ޝަމްހާ ރެކޯޑް ހެދީ 2001 ވަނަ އަހަރު ވަރލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައެވެ. ޝަމްހާގެ ވަގުތަކީ 12.27 ސިކުންތެވެ. އަންހެން ސީނިއަރ 100 މީޓަރު ދުވުމުގެ ރެކޯޑް އޮންނަނީ އައިޝަތު ހިމްނާ ހަސަން އަތުގައެވެ. ހިމްނާވެސް ތަމްރީނު ހޯދަމުން ދަނީ ޖެމެއިކާގައެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2020

އޮސަސޫނާ އަތުން އެތުލެޓިކޯ މޮޅުވި މެޗުގައި އޮބްލަކް ރެކޯޑެއް ހަދައިފި

18 ޖޫން 2020
އޮސަސޫނާ އަތުން އެތުލެޓިކޯ މޮޅުވި މެޗުގައި އޮބްލަކް ރެކޯޑެއް ހަދައިފި
09 ފެބުރުއަރީ 2020

ޔުވެންޓަސް ބަލިވިޔަސް ރޮނާލްޑޯއަށް ރެކޯޑެއް

09 ފެބުރުއަރީ 2020
ޔުވެންޓަސް ބަލިވިޔަސް ރޮނާލްޑޯއަށް ރެކޯޑެއް
12 ޖެނުއަރީ 2020

ޓޮޓެންހަމް ބަލިކޮށް ލިވަރޕޫލަށް އިތުރު ރެކޯޑެއް

12 ޖެނުއަރީ 2020
ޓޮޓެންހަމް ބަލިކޮށް ލިވަރޕޫލަށް އިތުރު ރެކޯޑެއް
03 ޑިސެމްބަރު 2019

ބެލޮންޑިއޯ އެވޯޑް 6 ވަނަ ފަހަރަށް ހޯދައި މެސީ ރެކޯޑެއް ހަދައިފި

03 ޑިސެމްބަރު 2019
ބެލޮންޑިއޯ އެވޯޑް 6 ވަނަ ފަހަރަށް ހޯދައި މެސީ ރެކޯޑެއް ހަދައިފި
12 އޮކްޓޯބަރު 2019

ޖޮގްލިންގގެ އާ ރެކޯޑެއް ރާއްޖޭގައި މުގުރާލައިފި

12 އޮކްޓޯބަރު 2019
ޖޮގްލިންގގެ އާ ރެކޯޑެއް ރާއްޖޭގައި މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު