Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާންގެ ހަނގުރާމަ

ސޫދާންގައި ހުންނަ އެމެރިކާ އެމްބަސީ ހުސްކޮށްފި

ސޫދާނުގައި ތިބި އެމެރިކާ މީހުންނަށް އެމީހުންގެ އަމިއްލަ ސަލާމަތަށް ރޭވުމުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 އެޕްރީލު 2023 | އާދީއްތަ 08:46
ސޫދާންގެ ސިފައިންނާއި ޕެރަމިލިޓަރީ ގްރޫޕާދެމެދު ކުރިމަތިލުންތަކެއް ދަނީ ހިނގަމުން

ސޫދާންގެ ސިފައިންނާއި ޕެރަމިލިޓަރީ ގްރޫޕާދެމެދު ކުރިމަތިލުންތަކެއް ދަނީ ހިނގަމުން

ހަނގުރާމައިގެ ތެރެއަށް ވެއްޓިފައިވާ ސޫދާނުން، އެގައުމުގައި ހުންނަ އެމެރިކާ އެމްބަސީގެ ހުރިހާ މުވައްޒަފުން ހުސްކޮށްފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އެމެރިކާ ސަރުކާރުގެ މުވައްޒަފުން ޚާރްޠޫމުން ނެރެފައިވާ ކަމަށް ރައީސް ޖޯ ބައިޑަން ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފައެވެ. އަދި ސޫދާނުގެ ވާދަވެރި ކޮމާންޑަރުންގެ މެދުގައި ހަނގުރާމަ ކުރިއަށްދާތީ އެތަނުގެ އެމްބަސީގައި ވޮޝިންޓަނުން އޮޕަރޭޝަންތައް ހުއްޓާލާ ކަމަށް ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "އެމެރިކާގެ ހުރިހާ މުވައްޒަފުންނާއި އެމީހުންގެ ބަރޯސާވާ މީހުން" ސަލާމަތުން ނެރެފައިވާ ކަމަށާއި ސޫދާނުގައި ތިބި އެމެރިކާ މީހުންނަށް އެމީހުންގެ އަމިއްލަ ސަލާމަތަށް ރޭވުމުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެމެރިކާ ސަރުކާރުގެ ހުރިހާ މުވައްޒަފުންނާއި އެހެން ގައުމުތަކުގެ މަދު އަދަދެއްގެ ޑިޕްލޮމެޓިކް މުވައްޒަފުން އެ އޮޕަރޭޝަންގައި ނެރެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.

އަދި އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަންސް ފޯސްތަކުގެ ތެރެއިން 100 އަށް ވުރެ މަދު ސްޕެޝަލް އޮޕަރޭޝަންސް ފޯސްތަކުން ސޫދާނަށް ވަދެ، މި އޮޕަރޭޝަންގައި ބައިވެރިވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ސޫދާނުގެ ރަތް ކަނޑުގެ ބަނދަރަކުން ބޭރުގެ އެހެން ރައްޔިތުން ގައުމުން ބޭރުކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޖަޕާނުގެ ޓީބީއެސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަޕާނުގެ ރައްޔިތުންނާއި އެމީހުންގެ އާއިލާތައް ހިމެނޭ ގޮތަށް އދ. ގެ މުވައްޒަފުން ވެސް ވަނީ ސޫދާނުން ބޭރުކޮށްފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު