Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ބަޔާން ބަލިވުމުގެ ފައިދާ ނަަގައި، ޑޯޓްމަންޑު އެއް ވަނަ އަށް

މެޗުން މޮޅުވެ ޑޯޓްމަންޑުން އެއް ވަނައިގައި އޮތީ ޕޮއިންޓުގެ ލީޑަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އެޕްރީލު 2023 | އާދީއްތަ 01:31
ޑޯޓްމަންޑުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޑޯޓްމަންޑުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިވުމުގެ ފައިދާ ނަގައި، ބޮރޫޝިއާ ޑޯޓްމަންޑުން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި މައިންޒާ ދެކޮޅަށް ބަޔާން ކުޅުނު މެޗުން ބަލިވުމުން، އެއިންޓްރަކްޓް ފްރޭންކްފާޓް ބަލިކޮށް އަލުން އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތުގައި ޑޯޓްމަންޑުން ވަނީ 4-0 އިން ފްރޭންކްފާޓް ބަލިކޮށްފަ އެވެ. ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 19 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގައިފަ އެވެ. ހޫލިއަން ބްރާންޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމަންޑުން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ލަނޑު ޖަހައި ޑޯޓްމަންޑުގެ ލީޑު ފުޅާކޮށްދިނީ 24 ވަނަ މިނެޓުގައި ޑޮނިއެލް މާލެން އެވެ. އޭގެ ފަހުން 41 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ތިން ވަނަ ލަނޑު ޖެހީ ޖަރުމަނުގެ މެޓްސް ހަމެލްސް އެވެ. ޑޯޓްމަންޑުގެ ހަތަރު ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ ދެ ވަނަ ލަނޑު ވެސް ޖެހި މާލެން އެވެ.

މެޗުން މޮޅުވެ ޑޯޓްމަންޑުން އެއް ވަނައިގައި އޮތީ ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް ކުޅުނު 29 މެޗުން 60 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ބަޔާނަށް ލިބެނީ 59 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
12 އެޕްރީލު 2017

ފަސްކުރި ޑޯޓްމަންޑު މޮނާކޯ މެޗު މިރޭ!

12 އެޕްރީލު 2017
ފަސްކުރި ޑޯޓްމަންޑު މޮނާކޯ މެޗު މިރޭ!
29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
17 މާރިޗު 2017

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު