Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުން

އޭޕްރީލް 11 ވަނަ ދުވަހަކީ މިހާތަނަށް މާލޭ އޭރިއާގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ދުވަސް: ޝަރީފް

22 އެޕްރީލު 2023 | ހޮނިހިރު 17:48

އޭޕްރީލް 11 ވަނަ ދުވަހު 92.5 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 އެޕްރީލު 2023 | ހޮނިހިރު 17:48
ސްޓެލްކޯގެ އެމްޑީ، އަހުމަދު ޝަރީފް

ސްޓެލްކޯގެ އެމްޑީ، އަހުމަދު ޝަރީފް

މިމަހުގެ 11 ވީ ބުރާސްފަތި ދުވަހަކީ މިހާތަނަށް މާލޭ އޭރިއާގައި އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރި ދުވަސްކަމަށް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމާއެކު ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން ކަރަންޓު އިގްތިސާދުކުރުމަށް ސްޓެލްކޯއިން ވަނީ ދެ ފަހަރެއްގެ މަތިން އިލްތިމާސްކޮށްފައެވެ.

Advertisement - newsAdvertisement

ސްޓެލްކޯގެ އެމްޑީ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭޕްރީލް 11 ވަނަ ދުވަހު 92.5 މެގަވޮޓަށްވުރެ މައްޗަށް ކަރަންޓު ބޭނުންކޮށްފައިވާކަމަށެވެ. ޝަރީފް ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފުތާގައި އަދިވެސް މިއަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ. ސްޓެލްކޯގައި 120 މެގަވޮޓް ކަރަންޓު އުފެއްދުމުގެ ގާބިލްކަން އެބަހުރިކަމަށާއި, ނަމަވެސް ކަރަންޓް އިގްތިސާދުކުރުމަށް ޝަރީފް ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރުމަށާއި، ކަރަންޓު އިގްތިސާދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ސްޓެލްކޯއިން ބުނީ، ޚާއްސަކޮށް، ފިނިކުރުމަށް ގެންގުޅޭ އޭސީފަދަ އާލާތްތައް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށްވުރެ ދަށްނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނައިރު އިންވަރޓަރަށް އިސްކަންދިނުމަށް އިލްތިމާސް ކުރާކަމަށެވެ.

ހޮނިހިރު ދުވަހު، މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ، މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރަކަށްވާތީ، ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އިހުސާސްކުރެވޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، ހޫނުގަދަވާން ދިމާވާ ސަބަބަކީ މި ދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން، ވައިގެ ހޫނުމިނަށްވުރެ އިހްސާސްކުރެވޭ ހޫނުމިން މަތިވުމުންކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ހޫނުގަދަ ދުވަސްވަރު ކަރަންޓު ބިލް ވަރަށް ބޮޑުވެގެންދެއެވެ. އެހެންކަމުން އެކަމުގެ ޝަކުވާތައްވެސް އާންމުންކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް