Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓެލްކޯ

މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކުން، ހުޅުމާލޭގެ އިންޖީނުގެ ނިވިގެން

ހޮނިހިރު ދުވަހު ހެނދުނު މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ 09:30 ހާއިރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 އޯގަސްޓު 2025 | ހޮނިހިރު 08:45
ސްޓެލްކޯގެ ނަން ބޯޑު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯ އެއް

ސްޓެލްކޯގެ ނަން ބޯޑު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯ އެއް

ހޮނިހިރު ދުވަހު ހެނދުނު މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކުން، ހުޅުމާލޭގެ އިންޖީނުގެ ނިވިގެންކަން ހާމަވެއްޖެއެވެ.

ހޮނިހިރު ދުވަހު މާލެ އާއި ހުޅުމާލެއިން ކަރަންޓު ގޮސްފައި ވަނީ ހެނދުނު 09:30 ހާއިރެވެ.

Advertisement - newsAdvertisement

ސްޓެލްކޯ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކުރުމަށް ހަމަޖެހިފައިވާތީ 10:00 އިން 10:30 އާއި ދެމެދު ގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް 9:30 ހާއިރު ކަރަންޓް ކެނޑުމުން އެންމެ ފުރަތަމަ ގިނަ އާއްމުންނަށް ގަބޫލު ކުރެވުނީ މާލެއިން، ކަރަންޓު ކަނޑަން ކަނޑައެޅި ގަޑިއަށް ވުރެ އަވަހަށް ކަރަންޓް ކެނޑުނީ ކަމަށެވެ. ނަމަވެސް ކަރަންޓް ކެނޑުނީ މާލެ އާއި ހުޅުމާލޭގެ ސަރަހައްދުތަކުން އެއް ފަހަރާއެވެ.

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީ އަށް މައުލޫމާތުމުން ހާމަކުރި ގޮތުގައި ހުޅުމާލެ އިން މިހާރު މާލޭގެ ބޮޑު ބަޔަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއެވެ. އެހެންކަމުން ހުޅުމާލޭގެ އިންޖީނުގެ ނިވުމުން، މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑުމަށް މެދުފަހިވީކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށެވެ. އަދި ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުމަށް އެދިފައިވެއެވެ.

" ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް، ހިދުމަތް މެދުކެނޑުނު މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއް ވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުއްވުން އެދެން. ދިމާވި ދަތިތަކަށް ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދެން." ސްޓެލްކޯ އިން ވަނީ މިފަދައިން ބުނެފައެވެ.

މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ލިބިފައި ވަނީ 2 ގަޑި އިރަށް ވުރެ ގިނަ އިރު ފަހުންނެވެ. މި އާއި އެކު މީގެ ކުރިން ހޮނިހިރު ދުވަހު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަށް ސްޓެލްކޯ އިން އަންގާފައިވާ އެންގުން ވެސް ވަނީ ބަދަލުކޮށްފައެވެ.

މީގެ ކުރިން މާލޭގެ ކަރަންޓު ކެނޑުމުގެ މައްސްލަ ބޮޑުވެ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރާ ކަމަށާއި އެކަން ތަކުރާރު ވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކޤރުން ކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ. 1 ޖޫން 2025 ގައި މުޅި މާލެ، ހުޅުމާލެ އަދި ހުޅުލޭ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިޔަސް މައްސަލައެއްގއ ގޮތުގައި ބެލުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ހޮނިހިރު ދުވަހު އަނެއްކާވެސް މާލެއާއި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ދިއުމުން ރައީސް މުޢިއްޒާ ސަރުކާރަށް އާންމުންގެ ފާޑުކިއުން ވަނީ އަމާޒު ވެފައެވެ.

އެގޮތުން ކުރިން ދިމާވި މައްސަލަ ހައްލު ކުރާނެ ކަމަށް ވިދާޅުވިތާ އެންމެ 2 މަސް ފަހުން އަނެއްކާވެސް މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ދިއުމަކީ ސަރުކާރުގެ ފައިލިއާރ އެއްކަމަށް ފާޑު ކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު