Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ލަޕޯޓާ، ޔޫއެފާގެ ރައީސްއާ ބައްދަލުކޮށްފި، ބާސެލޯނާ އަށް އަދަބު ނުދޭނެ؟

23 އެޕްރީލު 2023 | އާދީއްތަ 01:29

ލަޕޯޓާ އެދިފައި ވަނީ ޔުއެފާ އިން ގޮތެެއް ނިންމުމުގެ ކުރިން، ސްޕެއިންގައި ކުރިއަށްދާ ޤާނޫނީ މަރުހަލާ ނިމެންދެން މަޑުކޮށްދިނުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އެޕްރީލު 2023 | އާދީއްތަ 01:29
ޔުއެފާގެ ރައީސް ސެފެރިން އަދި ބާސެލޯނާގެ ރައީސް ލަޕޯޓާ

ޔުއެފާގެ ރައީސް ސެފެރިން އަދި ބާސެލޯނާގެ ރައީސް ލަޕޯޓާ

ޔޫއޭފާގެ އަދަބަކާ ބާސެލޯނާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ، ޔުއެފާގެ ރައީސް އަލެކްޒެންޑަ ސެފެރިންނާ ބައްދަލުކޮށްފި ކަމަށް ބައިނަލް އަގަވާމީ މީޑިއާތަކުން ބުނަން ފަށައިފި އެވެ.

މި ދެ މީހުން ބައްދަލުކޮށްފައިވާއިރު ޔޫއޭފާއިން ދަނީ ބާސެލޯނާގެ މައްސަލައެއް ސީރިއަސްކަމާއެކު ތަހުގީގު ކުރަމުންނެވެ. އެއީ ސްޕެނިޝް ލީގުގެ ރެފްރީޒް ކޮމިޓީގެ ކުރީގެ ނައިބު ރައީސަކަށް ހުންނެވި ނެގްރެއިރާގެ ހިއްސާ އޮންނަ ވިޔަފާރި ކުންފުންޏަކަށް ފައިސާ ދީފައިވާ މައްސަލަ އެވެ. އެއީ 2001 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަަށް ނުވަ މިލިއަން އެމެރިކާ ޑޮލަރެވެ. 

ރިޕޯޓުތަކުގައިވާ ގޮތުން ލަޕޯޓާ ސެފެރިން އާއި ބައްދަލުކުރީ ވަނީ ހުކުރު ދުވަހު ސްލޮވޭނިއާގަ އެވެ. އެ ބައްދަލުވުމުގައި ލަޕޯޓާއާއެކު އޭނާގެ އެޖެންޓް ޕިނީ ޒަހަވީ ވެސް ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެގޮތުން ޔޫއެފާާ އިން ބޭނުންވަނީ އަންނަ ސީޒަން ފެށުމުގެ ކުރިން ވީހާ ވެސް އަވަހަށް މައްސަލަ ތަހުގީގުކޮށް ނިންމާލަން ކަމަށާއި، ބާސެލޯނާއިން ރިޝްވަތު ދީގެން ނުފޫޒު ފޯރުވާފައިވާކަަން ސާބިތުވެއްޖެ ނަމަ، އެ ކުލަބާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޔޫއެފާ އިން ތައްޔާރަށް އޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން ލަޕޯޓާ އާއި ސެފެރިންގެ ބައްދަލުވުގައި ދައްކާފައި ވަނީ ޗެމްޕިއަންސް ލީގުން ބާސެލޯނާ އަށް ޖާގަ ގެއްލުވާނުލުމުގެ ވާހަކަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ސްޕެއިންގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން އެ ބައްދަލުވުން ނިމުނީ ބާސެލޯނާ އަށް ހިތްހަމަޖެހުމަކާއެކު އެވެ. މި ގޮތުން އެ ބައްދަލުވުމުގައި ލަޕޯޓާ އެދިފައި ވަނީ ޔުއެފާ އިން ގޮތެެއް ނިންމުމުގެ ކުރިން، ސްޕެއިންގައި ކުރިއަށްދާ ޤާނޫނީ މަރުހަލާ ނިމެންދެން މަޑުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެކަމާ ސެފެރިން ވަކި ގޮތަކަށް އެއްޗެއް ވިދާޅު ނުވި ނަމަވެސް، ބާސެލޯނާ އަށް އިތުބާރު ބޮޑުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އެހެންކަމުން އެ މައްސަލައިގައި ބާސެލޯނާ އަށް އަދަބު އައުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

ބާސެލޯނާއާ ދެކޮޅަށް ސްޕެއިންގެ ކޯޓެއްގައި މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ. މީގެ އިތުރުން ދާދި ފަހުން ވަނީ ސްޕެނިޝް ލީގުގެ ޚާއްސަ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އެކަމާ ގުޅިގެން ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ބުނެފައިވަނީ ކޯޓުގައި އެ މައްސަލަ ކުރިއަށް ދާނެ ކަމަށާއި، ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ފައިސަލާ ކުރުމުން ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ

08 އޯގަސްޓު 2017
ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ
07 އޯގަސްޓު 2017

ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ

07 އޯގަސްޓު 2017
ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ
12 ޖުލައި 2017

އެންމެ ފަހުން އެމްބަޕޭ އާއި ވެންގާ ބައްދަލުކޮށްފި

12 ޖުލައި 2017
އެންމެ ފަހުން އެމްބަޕޭ އާއި ވެންގާ ބައްދަލުކޮށްފި
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
12 މެއި 2017

ޔޫއެފާގެ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ޓެސްޓްކޮށްފި

12 މެއި 2017
ޔޫއެފާގެ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ޓެސްޓްކޮށްފި
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް