Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިތުރު ޒަކާތް

ރޯދަ މަހުގެ ފުރަތަމަ 25ގައި ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިފައިވޭ

19 އެޕްރީލު 2023 | ބުދަ 12:36

1441 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 5.9 މިލިއަން ރުފިޔާ ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 އެޕްރީލު 2023 | ބުދަ 12:36
މީހަކު ފިތުރު ޒަކާތް ދައްކަނީ

މީހަކު ފިތުރު ޒަކާތް ދައްކަނީ

1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 25 ވަނަ ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ފާއިތުވި 4 އަހަރު ރަމަޟާން މަހުގެ ފުރަތަމަ 25 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު ހާމަކޮށްފައެވެ. އެގޮތުން މިހިނގާ 1444 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 6،108،560.00 ރުފިޔާ ވަނީ ލިބިފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ދެން އެންމެ ގިނައިން ފިތުރު ޒަކާތް ލިބިފައިވަނީ 1441 ވަނަ އަހަރެވެ. އެ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 5،979،474.00 ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން 1443 ވަނަ އަހަރު 5،943،196.00 ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ. އަދި އެންމެ މަދުން ފިތުރު ޒަކާތް ލިބިފައިވަނީ 1442 ވަނަ އަހަރެވެ. އެއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5،319،664.00 ރުފިޔާއެވެ.

މިނިސްޓްރީން ފިތުރު ޒަކާތް އޭޕްރީލް މަހުގެ 18 ވަނަ ދުވަހާ ހަމައަށް ބަލައިގަނެފައިވެއެވެ. އުމުރުން ދުވަސްވީ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްވެސް ހަމަޖެއްސި ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ރާއްޖެއިން ބަލައިގަންނަ ބާވަތްތަކާއި އަގުތައްވެސް އެ މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

އާދައިގެ ހަނޑުލުން ޒަކާތް ނެރޭނަމަ، ދައްކަންޖެހެނީ 12 ރުފިޔާގެ ރޭޓުންނެވެ. އަދި ތައިލެންޑް ހުދުހަނޑުލުން 84 ރުފިޔާ، ރަތް ހަނޑުލުން 99 ރުފިޔާ ދައްކަންޖެހޭއިރު، އާދައިގެ ބާސްމަތީ ހަނޑުލުން ދައްކަން ޖެހެނީ 84 ރުފިޔާއެވެ. ހަމައެހެންމެ މޮޅު ބާސްމަތީ ހަނޑުލުން 100 ރުފިޔާގެ މަގުން، އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލުން ދައްކަންޖެހެނީ 125 ރުފިޔާއެވެ. މީގެ އިތުރުން ފުށުން ޒަކާތް ނެރެންޖެހޭ ފައިސާގެ އަދަދަށް ބަލާއިރު، އާދައިގެ ފުށުން ނަމަ ދައްކަންޖެހެނީ 12 ރުފިޔާއެވެ. އަދި އާޓާ ފުށުން ދައްކަންޖެހެނީ 75 ރުފިޔާއެވެ.

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ ކަމެކެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް