Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެފާ ޗެމްޕިއަންސް ލީގު

ޗެލްސީގެ ކަޓުވާލައި ޗެމްޕިއަން ރެއާލް ސެމީ އަށް

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ވެސް ރެއާލުން ކާމިޔާބު ކުރީ 2-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އެޕްރީލު 2023 | އަންގާރަ 21:45
ރެއާލް އަށް ލަނޑު ޖެހުމަށް ފަހު ރޮޑްރީގޯ އުފާފާޅު ކުރަނީ

ރެއާލް އަށް ލަނޑު ޖެހުމަށް ފަހު ރޮޑްރީގޯ އުފާފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ވެސް ޗެލްސީގެ ދަނޑުގައި އެ ޓީމ 2-0 އިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު މީގެ ހަފުތާއެއް ކުރިން ރެއާލްގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ ވެސް 2-0 އިންނެވެ. އެހެންކަމުން ޗެލްސީގެ ސްޓެމްފޯޑް ބްރިޖަށް ދެ ޓީމު ނިކުތްއިރު ވެސް ލީޑް އޮތީ ރެއާލަށެވެ. އެހެންކަމުން ރެއާލް އިން ސެމީ އިން ޖާގަ ހޯދީ އެގްރިގޭޓުގެ ޖުމުލަ ނަތީޖާ 4-0 އިންނެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ރެއާލްގެ އޭރިޔާ ތެރޭގައި ބޯޅަ ގެންގުޅެ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ޗެލްސީގެ އެންގޯލޯ ކާންޓޭ އަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ރެއާލްގެ އޭރިޔާ ތެރެއިން ހުސްކޮށް ހުރެ ލިބުނު ބޯޅައެއް ކާންޓޭ ފޮނުވާލުމުން ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ރެއާލްގެ ރޮޑްރީގޯ ފޮނުވާލި ނުރައްކާތެރި ބޯޅައެއް ވަނީ ޗެލްސީ ގޯލުގެ އަރިމަތީ ދަނޑިއާ އަމާޒުވި އެވެ. ރެއާލްގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ލަނޑު ވެސް ޖެހީ ބްރެޒިލްގެ އުމުރުން 22 އަހަރުގެ ރޮޑްރީގޯ އެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ މެޗުގެ 58 ވަނަ މިނެޓުގަ އެވެ. އެއީ ޒުވާން ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ދެ ވަނަ ލަނޑު 80 ވަނަ މިނެޓުގައި ރޮޑްރީގޯ ޖެހީ ފެޑެރިކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ރެއާލުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ ކުޅުން އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެއަށްފަހު ދެ ވަނަ ލެގުގެ ކުޅުން އޮންނާނީ 16 ގައެވެ. ބައްދަލުުރަންޖެހޭ ޓީމެއް އަދި ޔަގީނެއްނުވެ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު