Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު ޓޮމް ހުށަހެޅުއްވި ގަރާރު

ރައީސް ޞާލިހުގެ މަޤާމާއި މެދު ސުވާލެއް ނު އުފައްދަން، ހުށަހެޅީ ދުސްތޫރީ މައްސަލައެއް - ތޯރިގް

18 އެޕްރީލު 2023 | އަންގާރަ 10:59

ފައިސަލް ނަސީމް ރައީސްކަމުގެ މަސްއޫލިއްޔަތުގެ ހުވާކުރެއްވީ 25 ފެބްރުއަރީގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 އެޕްރީލު 2023 | އަންގާރަ 10:59
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޓޮމް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޓޮމް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރައީސްކަމުގެ މަޤާމާއި މެދު ސުވާލު ނުއުފައްދަވާ ކަމަށާއި، ހުށަހެޅުއްވީ ދުސްތޫރީ މައްސަލައެއް ކަަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރު އިންތިޚާބުކުރެވުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވައިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންފައިވަނިކޮށް، 2018 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންފައިވާ ރައީސުލްޖުމްހޫރިއްޔާ އަލުން މަޤާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ދުސްތޫރީ އޮޅުންބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް ގޮވާލާ ޓިމް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް އަންގާރަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

އެ ގަރާރަށް ބަހުސްކުރައްވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ޓޮމް ހުށަހެޅުއްވި އެ ގަރާރު ބައްލަވާފައިވާ ކަމަށާއި، ޤާނޫނު އަސާސީގައި އެކަމާއި މެދު ލިޔެފައިވާ އެއްޗެއް ވެސް ބައްލަވާލައްވާފައިވާ ކަމަށެވެ. އެ ގަރާރަކީ އެއްވެސް ޤާނޫނީ ބުރަދަނެއް އޮތް ގަރާރެއް ނޫން ކަމަށާއި އެއީ ސިޔާސީ ގޮތުން އާއްމުންނަށް ނުރަނގަޅު ވިސްނުމެއް ގެނެސް ކަމުގެ ހަގީގަތް އޮޅުވާލަން ހުށަހަޅުއްވާފައިވާ ގަރާރެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޤާނޫނު އަސާސީގައި ރައީސްކަން ލިބޭ ގޮތާއި، ރައީސްކަމުގައި ދެމި ހުންނެވޭ ގޮތާއި، ވަގުތީ ގޮތުން ރައީސްގެ ވާޖިބުތައް އެހެން ފަރާތަކާއި ހަވާލުކުރެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 123 ވަނަ ވަނަ މާއްދާގެ (ހ)ގައި ވަގުތީ ގޮތުން ރައީސްގެ މަސްޢޫލިއްޔަތުތައް ނައިބު ރައީސާއި ހަވާލުކުރެވޭނެ ގޮތް ސާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ލިޔުމުން މަޖިލީހުގެ ރައީސަށް އަންގަވަން ޖެހޭ ކަމަށާއި، އެ ހުރިހާ ކަމެއް ޤާނޫނު އަސާސީ އާއި އެއްގޮތަށް ޢަމަލުކޮށްފައިވާކަން އެނގެން އޮންނަ ކަމަށް ސަލީމް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސްގެ މަސްޢޫލިއްޔަތުތަކާއި ނައިބު ރައީސް ވަގުތީ ގޮތުން މަސްޢޫލިއްތުތަކާއި ހަވާލުވެވަޑައިގަތުމަށް ފަހު މަޤާމާއި އަލުން ހަވާލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވަން ޖެހިވަޑައިނުގަންނަވާކަން ޤާނޫނު އަސާސީގެ އެ މާއްދާއިން އެނގޭ ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ރައީސްގެ މަޤާމާއި މެދު ސުވާލު އުފެދޭނީ އެ މަޤާމު ހުސްވެގެން ކަމަށާއި އެފަދަ ހާލަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަލީމްގެ އެ ވާހަކަތަކާއި ގުޅިގެން ޓޮމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވާ ހާލަތު ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންވެފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދުސްތޫރީ ހުވައެއް ކުރާ ވާހަކަ 123 ވަނަ މާއްދާގައި ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް ހާލެއްގައި ރައީސް ޞާލިހު ޤާނޫނު އަސާސީ އާއި ޚިލާފު ކަމެއް ކުރިކަމަށް ވިދާޅުވެފައި ނުވާނެ ކަަމަށް ޓޮމް ވިދާޅުވިއެވެ. އަދި ރައީސް ޞާލިހު ޤާނޫނު އަސާސީ އާއި ޚިލާފަށް ޢަމަލުކުރެއްވި ކަމަށް ވިދާޅުވެފައި ނުވާ ކަމަށް ޓޮމް ވިދާޅުވިއެވެ. އޭނާ ހުށަހެޅި މައްސަލަ އަކީ ދުސްތޫރީ މައްސަލަ އަކާއި ގުޅުން ހުރި ކަމެއް ކަަމަށާއި އެ ކަމަކީ ޤާނޫނު އަސާސީގައި އޮތް މައްސަލައަކަށް ބަހުސްކުރުމުގެ ބޭނުމުގައި ހުށަހެޅި މައްސަލަ އެއް ކަމަށް ޓޮމް ވަނީ ވިދާޅުވެފައެވެ. އެ މައްސަލަ ހުށަހެޅީ ބަޤާވާތެއް ކުރުމުގެ ގޮތުން ނޫން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސް އަލުން މަޤާމާއި ހަވާލުވެވަޑައިގަތުމުން ނައިބު ރައީސްގެ ހުވަޔަށް ވެގެންދާނީ ކިހިނެތްކަން ސާފުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރެއްވުމަށް ހަމަޖެހިފައިވާތީ, ނައިބު ރައީސް ފައިސަލް ނަސީމް ރައީސްކަމުގެ މަސްއޫލިއްޔަތުގެ ހުވާކުރެއްވީ 25 ފެބްރުއަރީގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރައްވާތީ، އެ އޮޕަރޭޝަނަށްފަހު އަލުން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ޙަވާލުވެވަޑައިގަންނަވަންދެނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް