Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ފުރަތަމަ ބޯހިމެނުން: އެންމެ މީހުންގިނަ ރަށުގައި 6000 ހަމަނުވޭ އެންމެ މީހުން މަދު ރަށުގައި 30 ހަމަނުވޭ

17 އެޕްރީލު 2023 | ހޯމަ 17:01

‎މިފަހަރުގެ ބޯހިމެނުމުންވެސް އާބާދީ ދަށްކަން ފާހަގަވޭ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 17 އެޕްރީލު 2023 | ހޯމަ 17:01
ރާއްޖޭގައި އުފަންވާ ކުދިންގެ އަދަދު މަދުވުމާގުޅިގެން ރާއްޖޭގެ ކުޑަކުދިންގެ އާބާދީ ދަށަށް ދާކަން ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ

ރާއްޖޭގައި އުފަންވާ ކުދިންގެ އަދަދު މަދުވުމާގުޅިގެން ރާއްޖޭގެ ކުޑަކުދިންގެ އާބާދީ ދަށަށް ދާކަން ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ

2022ގެ ބޯހިމެނުމުގެ ނަތީޖާ އިއުލާންކުރައްވައިފިއެވެ.

ވިސްނައި ފިކުރު ކުރަންޖެހޭ ކަންކަން ފާހަގަވެފައިވެއެވެ. އެގޮތުން ބިދޭސީ އާބާދީގެ ބޮޑުކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ އާބާދީއަކީ 515122އެވެ. އެއީ ދިވެހީން 382751 އަދި ބިދޭސީން 132371އެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ އަދަދު މަދުވުމާ ގުޅިގެން ރާއްޖޭގެ ކުޑަކުދިންގެ އާބާދީ ދަށަށް ދާކަން ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކައެވެ. ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 8 އަހަރު ތެރޭގައި ރާއްޖޭގައި އުފަންވެފައިވަނީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ.

އަދި ރާއްޖޭގެ އާބާދީގެ ތެރެއިން ތުއްތު ކުދިންގެ އާބާދީ ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަވިއެވެ.

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްފައިވާގޮތުގައި 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީ ހުރީ 3،38،434ގައެވެ. އަދި 2022 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާބާދީ 3،82،751 މީހުންވަނީ އިތުރުވެފައެވެ. އެ 8 އަހަރު ތެރޭގައި އާބާދީއަށް އިތުރުވީ 44،317 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ.

ތަފާސްހިސާބަކީ ކުރާ ނުވަތަ ކުރެވޭ ކަންކަމުގެ ދިރުން ދައްކައިދޭ ކަމެކެވެ. ކުރިޔަށް ދެވޭކަން ނުވަތަ ނުދެވޭކަން އެނގި ހާމަވާނީވެސް ތަފާސްހިސާބުގެ އަލީގައެވެ. މިހެންވުމުން ތަފާސްހިސާބަށް އިލްމީގޮތުން ވަނީ މުހިންމު އަހަންމިއްޔަތެއް ދެވިފައެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ކަންކަމުގެ މާޒީއަށް ބަލާއިރު، އެންމެކުރީ ޒަމާނުއްސުރެ ނުވަތަ މީގެ 1000 އަހަރު ކުރީއްސުރެ، ވާރު ނެގުމުގެ ބޭނުމަށް ރާއްޖޭގެ ރަށްރަށުގެ މީހުންގެ އަދަދާއި ގޯތިގެދޮރުގެ ހިސާބުކިތާބު، މިފަދަ ތަފާސްހިސާބު މަރުކަޒީ ނިޒާމުން އަދި ލާމަރުކަޒީ ނިޒާމުން ރާއްޖޭގައި ބަލަހައްޓާފައިވާކަން ސާބިތުވެއެވެ.

މިހާރު ސިޓީއެއްގެ ދަރަޖަ ދެވިފައިވާ، ކުޅުދުއްފުށީގެ މިސާލެކެވެ. 1811ގައި ކުޅުދުއްފުށީގައި ތިބީ ވާރުދޭ އުމުރުގެ (15 އަހަރާ 60 އަހަރާ ދެމެދުގެ އުމުރުގެ) 112 މީހުންނެވެ. 1911ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޯހިމެނިއިރު ކުޅުދުއްފުށީގެ އާބާދީއަކީ 1697 މީހުންނެވެ.

1911 (ރާއްޖޭގައި އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ފެންވަރުގައި ބޯހިމެނި އަހަރު)ގެ ރާއްޖޭގެ އާބާދީއަކީ 72237 (ހަތްދިހަ ދެހާސް ދުއިސައްތަ ތިރީސްހަތެއް) މީހުންނެވެ.

މީގެ 58 އަހަރުކުރިން، 26 ޖުލައި 1965ގައި ދިވެހިރާއްޖެ ޚާރިޖީގޮތުން ފުރިހަމައަށް މިނިވަންވީއިރު، ރާއްޖޭގެ އާބާދީގައި ލައްކައެއް ހަމަނުވެއެވެ.

1911ގައި އެންމެގިނަ މީހުންދިރިއުޅޭ މާލޭގެ އާބާދީގައި 5236 މީހުންނެވެ. 1911ގައި އެންމެމަދު މީހުންދިރިއުޅުނު ރަށަކީ އަރިއަތޮޅު މަޑޫގައްޔެވެ. (މިއީ މިހާރު މީހުން ދިރިއުޅޭ ރަށެއް ނޫނެވެ.) އެރަށުގެ އާބާދީގައި އެންމެ 23 މީހުންނެވެ.

1911ގެ ރާއްޖޭގެ އާބާދީ 72,237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ ފިރިހެނުންގެ 40 އިންސައްތަ ކަމުގައިވި 14,386 ފިރިހެނުންނަކީ މަސްވެރިންނެވެ.

1911ގެ ރާއްޖޭގެ އާބާދީ 72,237 މީހުންގެ ތެރެއިން މަސައްކަތު އާބާދީ އަންހެނުންގެ 34 އިންސައްތަ ކަމުގައިވި، 10,486 އަންހެނުން ބޮނބިތަޅައި ރޯނުވެށުމުގެ މަސައްކަތްކުރެއެވެ.

ވީމާ، މިއިން އެނގެނީ ދިވެހިންނަކީ މުރާލި، މަސައްކަތްތެރި ބައެއްކަމެވެ.

މީގެ 112 އަހަރުކުރިން، ‫1911ގައި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ބޯހިމެނުމުގެ މިތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ތިބި ޒާތްޒާތުގެ މީހުންގެ ތެރޭގައި، ބޯރާއިން، މަލާބާރީން، ސޯޅިއާއިން މިޒާތްޒާތުގެ 100އަށްވުރެ ގިނަމީހުން ދިވެހިރާއްޖޭގައި ތިއްބެވެ.

މީގެ 23 އަހަރުކުރިން 21ވަނަ ގަރުނު (މިގަރުނު) ފެށުނުއިރު، 2020ށް (މިހާރަށް) ކުރި ތަސައްވުރުގެ ތެރެއިން: ގައުމީ ތަރައްގީއާއި އާބާދީއާއި ތަފާސްހިސާބުގެ ކަންކަމަށް ބަލާއިރު، ލާމަރުކަޒީ އުސޫލުން ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށްޓަކައި އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތު ހިންގުން، ގައުމުގެ ތަރައްގީއަށް އެކަށޭނަ އާބާދީ ސިޔާސަތެއް ކަނޑައަޅައި ހިންގުން، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ކުރިމަގު ރޭވުމަށް ބޭނުންވާ ތަފާސްހިސާބު، ޒަމާނީ ޓެކުނޮލޮޖީގެ އެހީގައި އެއްކުރެވި، ކަމާބެހޭ ވިއުގައެއް ގާއިމުކުރެވި، މަރުކަޒީ ފެންވަރުގައި ދިރާސާ ކުރެވި، ތަފާސްހިސާބުގެ ޚިދުމަތް ބޭނުންވާ ހުރިހާ ފަރާތްތަކަށް، ހަލުވިކަމާއެކު ޚިދުމަތް ލިބޭނެ ނިޒާމެއް ގާއިމުވެފައި އޮތުން ހިމެނެއެވެ. މިކަންކަން ހާސިލުވެފައި ނުވާކަން ފާހަގަކުރެވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖޫން 2023

އަތޮޅެއްގައި ފުރަތަމަ ފެށުނު މަދުރަސާ

26 ޖޫން 2023
އަތޮޅެއްގައި ފުރަތަމަ ފެށުނު މަދުރަސާ
06 މާރިޗު 2023

އަތޮޅުތަކުގެ ރަށްރަށުގައި މަދުރަސީ ތައުލީމު ފެށުނުތާ 90 އަހަރު - ހިރިލަންދޫ ސްކޫލަށްވެސް 90 އަހަރު

06 މާރިޗު 2023
އަތޮޅުތަކުގެ ރަށްރަށުގައި މަދުރަސީ ތައުލީމު ފެށުނުތާ 90 އަހަރު - ހިރިލަންދޫ ސްކޫލަށްވެސް 90 އަހަރު
13 ފެބުރުއަރީ 2023

ރިޔާސީ ބަޔާނުގެ ތާރީޚަށް 90 އަހަރު - އެންމެ ފުރަތަމަ "ޚުޠުބަތުލްޢަރުޝް" އެންމެ ފުރިހަމަ

13 ފެބުރުއަރީ 2023
ރިޔާސީ ބަޔާނުގެ ތާރީޚަށް 90 އަހަރު - އެންމެ ފުރަތަމަ "ޚުޠުބަތުލްޢަރުޝް" އެންމެ ފުރިހަމަ
21 ޑިސެމްބަރު 2022

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

21 ޑިސެމްބަރު 2022
ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!
12 ޑިސެމްބަރު 2022

ރާއްޖޭގައި 2 ވަނަ ރިސޯޓެއް ހުޅުވުނުތާ 50 އަހަރު - އެއީ ކުރެސެންޓު ޓޫރިސްޓު އޭޖެންސީގެ ފުރަތަމަ ރިސޯޓު

12 ޑިސެމްބަރު 2022
ރާއްޖޭގައި 2 ވަނަ ރިސޯޓެއް ހުޅުވުނުތާ 50 އަހަރު - އެއީ ކުރެސެންޓު ޓޫރިސްޓު އޭޖެންސީގެ ފުރަތަމަ ރިސޯޓު
12 ސެޕްޓެމްބަރު 2022

އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު

12 ސެޕްޓެމްބަރު 2022
އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު
17 ޖުލައި 2022

ދިވެހީން އެންމެ ފުރަތަމަ ޖީސީއީ އޯލެވެލް ހެދުމުގެ ރިކޯޑު އައްޑޫއަށް

17 ޖުލައި 2022
ދިވެހީން އެންމެ ފުރަތަމަ ޖީސީއީ އޯލެވެލް ހެދުމުގެ ރިކޯޑު އައްޑޫއަށް
25 ނޮވެމްބަރު 2021

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު

25 ނޮވެމްބަރު 2021
ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު
21 އޯގަސްޓު 2021

ފުރަތަމަ ބަޣާވާތަށް 68 އަހަރުވީއެވެ. ގައުމު އެދި ގޮވަނީ އިންސާފަށެވެ.

21 އޯގަސްޓު 2021
ފުރަތަމަ ބަޣާވާތަށް 68 އަހަރުވީއެވެ. ގައުމު އެދި ގޮވަނީ އިންސާފަށެވެ.
05 އޯގަސްޓު 2021

ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟

05 އޯގަސްޓު 2021
ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް