Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

އެހާރު ފަސްހާސް މީހުންނަށް، މިހާރު ފަަސްލައްކަ މީހުންނަށް ފެނުނު

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2022 | ބުދަ 05:21
ޤަތަރުގައި ބޭއްވި ވޯލްޑްކަޕް 2022 - ވޯލްޑްކަޕްގެ ތަށި ކާމިޔާބު ކުރި އާޖެންޓީނާގެ ޓީމު ފޮޓޯއަކަށް ހުއްޓިލައިގެން

ޤަތަރުގައި ބޭއްވި ވޯލްޑްކަޕް 2022 - ވޯލްޑްކަޕްގެ ތަށި ކާމިޔާބު ކުރި އާޖެންޓީނާގެ ޓީމު ފޮޓޯއަކަށް ހުއްޓިލައިގެން

ދިވެހިރާއްޖެއިން ފެނުނު މީހުންގެ އަދަދު 5000 (ފަސްހާސް) އަށްވުރެ މަދެވެ. އާޖެންޓީނާއަށް ދުނިޔޭގެ ޗެމްޕިއަންކަން ލިބުނީ އެވެ. ދުނިޔޭގެ ތަށި ވޯލްޑްކަޕް ލިބުނީއެވެ.

މިފަހަރުގެ ވޯލްޑްކަޕް (2022) އާޖެންޓީނާއަށް ލިބުނު މަންޒަރު، ދިވެހިރާއްޖެއިން ފެނުނު މީހުންގެ އަދަދު ދިވެހީންނާއި، ރާއްޖޭގެ މަސައްކަތު އާބާދީއާއި، ފަތުރުވެރިން ހިމެނޭ ގޮތުން 500000 (ފަސްލައްކަ) އަށްވުރެ ގިނައެވެ. ދިވެހިރާއްޖެއަށް ވަގުތުން ފެނުމުނުގެ ފުރުސަތު ލިބުނު ފުރަތަމަ ވޯލްޑްކަޕަކީ މެކްސިކޯގައި 1986 ގައި ބޭއްވުނު " މެކްސިކޯ86" އެވެ.

އެއީވެސް އާޖެންޓީނާގެ ފަހަރެވެ. މަރަޑޯނާގެ ރަންޒަމާނެވެ. އެއިގެ ފަހުން މިވީ 36 އަހަރު ހުރިހާ ވޯލްޑްކަޕެއް ދިވެހީންނަށް ވަގުތުން ފެނުނެވެ. ފަހަރެއް ފަހަރަކަށްވުރެ ފަސޭހަ ފުރިހަމަ ގޮތެއްގައެވެ. ސަޕޯޓްކުރުމުގެ އެންމެ ފޯރިއާއި އެންމެ ޖޯޝް ދިވެހީންގެ ކިބައިގައި ވެއެވެ.

އާޖެންޓީނާ، ބްރެޒިލް، އިޓަލީ، ޖަރުމަނު، ސްޕެއިން، ފުރާންސް އަދި އެހެން ގައުމުތަކުގެ ސަޕޯޓަރުން ދިވެހީންގެ ތެރޭގައި ހިމެނެއެވެ. އާޖެންޓީނާގެ ސަޕޯޓަރުން ދިވެހީންގެ ތެރޭގައި އެންމެ ގިނަވީވެސް އެއިރުއެވެ.

އެއިރުން ފެށިގެން މިވީ ސާޅީހަކަށް އަހަރު އެކަން އެގޮތުގައެވެ. މިހާރު މާބޮޑަށް ފޯރިއާއި ޖޯޝުގައެވެ. އާޖެންޓީނާއަށް ދުނިޔޭގެ ޗެންޕިޔަންކަން ލިބުމުން މާބޮޑަށް ސަޕޯޓު އިތުރުވީއެވެ. ދެކުނު އެމެރިކާގެ ގައުމުތަކާއި ރާއްޖެއާއި ސިޔާސީ ގުޅުން ގާއިމުކުރަން ފެށުނީ، ދިވެހީން އެންމެ ފުރަތަމަ ވަގުތުން ބެލި ވޯލްޑުކަޕު "މެކުސިކޯ86" ވޯލްޑުކަޕު އާޖެންޓީނާ ކާމިޔާބުކުރި ފަހުންނެވެ. އާޖެންޓީނާއާއި ދިވެހިރާއްޖެއާއި ސިޔާސީ ގުޅުން ގާއިމުކުރެވުނީ 14 މޭ 1987ގައެވެ. މުޅިދުނިޔޭގެ ބައިނަލްއަގުވާމީ ފުޓުބޯޅަ އިގެ ބޮޑުއީދު ނިމުނީއެވެ.

މަސްދުވަހުގެ މުއްދަތު ނުވަތަ ތިރީހަކަށް ދުވަހު، މުޅި ދުނިޔޭގައި ދިވެހިރާއްޖޭގައި ވެސް އޮތީ ވޯލްޑްކަޕުގެ ޖޯޝާ ފޯރިއެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބެލުމުގެ އުފާވެރިކަމުގެ ޖޯޝާފޯރިއެވެ. ދުނިޔޭގައި އަދި ދިވެހިރާއްޖޭގައި ވެސް އެންމެ ތަރުހީބުބޮޑު އެންމެ ފޯރިގަދަ ކުޅިވަރަކީ ފުޓްބޯޅައެވެ. މިފަހަރު ވޯލްޑްކަޕް އޭޝިޔާގެ ޤަތަރުގައެވެ. ޢަރަބި މުއްސަނދި އެހެނަސް ކުޑަގައުމެކެވެ.

އެހެންކަމުން ތަފާތު  ތަޖުރިބާއެކެވެ. ދުނިޔޭގެ ފުޓުބޯޅަ މުބާރާތަށް ސައްތައެއް އަދި ސައްތައެއްވެސް ނުވެއެވެ. ވޯލްްޑްކަޕް ފެށުނީ 1930ގައެވެ. ވީމާ، 92 އަހަރެވެ. 5 ފަހަރު ދުނިޔޭގެ ޗެންޕިޔަންކަމުގެ ރިކޯޑާއެކު ވޯލްޑްކަޕުގެ އެންމެ ޝަރަފުވެރި ރިކޯޑު އޮތީ ދެކުނުއެމެރިކާގެ ބުރެޒިލަށެވެ. 2ވަނައިގައި 2ގައުމެވެ. 4 ފަހަރު ވޯލްޑްކަޕު ލިބުމުގެ ރެކޯޑު ޔޫރަޕުގެ ޖަރުމަނުވިލާތާއި، ޔޫރަޕުގެ އިޓަލީވިލާތެވެ. 3ވަނައިގައި މިހާރު އާޖެންޓީނާއެވެ. 3 ފަހަރު ވޯލްޑްކަޕު ލިބުމެވެ. 4ވަނައިގައި ދެކުނުއެމެރިކާގެ އުރުގުއޭ އަދި ޔޫރަޕުގެ ފަރަންސޭސިވިލާތެވެ. މިއީ 2ފަހަރު ވޯލްޑްކަޕު ކާމިޔާބުކުރި 2ގައުމެވެ.

ދެން 1 ފަހަރު ވޯލްޑްކަޕު ލިބުނު 2ގައުމެވެ. ޔޫރަޕުގެ 2ގައުމު ކަމަށްވާ އިނގިރޭސިވިލާތާއި، އިސްޕޭންވިލާތެވެ. ވީމާ، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެންމެ ކާމިޔާބު 2 ބާރަކީ ޔޫރަޕާއި، ދެކުނު އެމެރިކާއެވެ. މިޒަމާނުގައި ބައިނަލްއަގުވާމީ ގޮތުން، ސީދާ ގައުމުތައް ބައްދަލުވެ ވާދަކުރާ މައިދާނަކީ ނުވަތަ ދަނޑަކީ ކުޅިވަރުގެ ދަނޑެވެ. ވީމާ، ގައުމީ ގޮތުން، ބައިނަލްއަގުވާމީ ގޮތުން  ކުޅިވަރަށް ދެވިފައިވާ މަގާމު ވަރަށްވެސް މައްޗެވެ.

އަދި ހަށިގަނޑަށް ބޭނުންވާ ކަސްރަތުގެ  ހަރަކާތްތަކަކަށްވުމުގެ އިތުރުން، ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ޖޯޝްވަރުގަދަވުމާއި، އެކުވެރިވުމުގެ މަތިވެރިސިފަވެސް އިތުރުވެއެވެ. ރާއްޖެއަށް ފުޓުބޯޅަ ތައާރަފުވިތާ  75  އަހަރު އަލިމަސްޔޫބީލް ފަހަނައަޅައިފިއެވެ.

އެއީ 1945ގައި ބޮޑުހަނގުރާމަ ނިމި، ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުން، ދިވެހިރާއްޖެ ސަލާމަތްވެ ފެށުނު ރަށްވެހިކަމާއި ތަހުޒީބާއި އިޖުތިމާއީ ގައުމީ އަދި ބައިނަލްއަގުވާމީ ހަރަކާތްތަކުގެ ތެރެއިން (ކުރިކެޓު ފިޔަވައި) ބައިނަލްއަގުވާމީ ކުޅިވަރުތައް ރާއްޖެއަށް ތައާރަފުވުމުގެ ތެރެއިންނެވެ.

ސިލޯނުގެ ތަޖްރިބާކާރުގެ މާހިރެއް ކަމުގައިވި، މައިކަލް ޑިސިލްވާ އިރުޝާދުގެ ދަށުން ރާއްޖެއަށް ފުޓްބޯޅަ ތަޢާރަފުވެ ފުރަތަމަ މުބާރާތް އޮތީ 1946 ގައެވެ. މި މުބާރާތް އޮތީ ސަރުކާރުގެ އޮފީސްތަކުން ވާދަކުރި މުބާރާތެއްގެ ގޮތުގައެވެ. އޭގެ ފަހުން އަވަށު ކުލަބުތައް އުފެދި އަވަށު ކުލަބުތަކުން ވާދަކުރި ފުޓުބޯޅަ މުބާރާތްތައްވެސް އަމީނީ ދައުރުގައި ބޭއްވުމެވެ. އަދި މާލޭގެ 4 އަވަށަށް 4 ދަނޑު ތައްޔާރުކުރެވުނެވެ. ގައުމީ ދަނޑެއް ހިމެނޭގޮތުން 5 ދަނޑު، ކުޅިވަރު ދަނޑުތަކުގެ ގޮތުގައި މާލޭގައި، އަމީނީ ދައުރު ނިމުނުއިރު އޮތެވެ. އަދި އަމީނީ ދައުރު ނިމުނުއިރު، ރާއްޖޭގެ ކޮންމެ ރަށެއްގައި ފުޓްބޯޅަ ދަނޑެއް ހެދިފައިވިއެވެ. މުޅިރާއްޖެއަށް ފުޓްބޯޅަ ތައާރަފުވެފައެވެ.

ފީފާ ވޯލްޑް ކަޕްއާޖެންޓީނާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު