Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ދިވެހީން އެންމެ ފުރަތަމަ ޖީސީއީ އޯލެވެލް ހެދުމުގެ ރިކޯޑު އައްޑޫއަށް

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީގޮތުން ޖީ.ސީ.އޯލެވެލް ހެދުމުގެ ރެކޯޑު ވަނީ އަމީނިއްޔާއަށް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 17 ޖުލައި 2022 | އާދީއްތަ 06:00
މާލޭގައި އިނގިރޭސި ތައުލީމު ފެށުމުގެ ކުރިން އައްޑޫ ގަމުގައި ހިންގި ޖީސީއީ އޯލެވެލް ކުލާސްތަކުގެ ތެރެއިން

މާލޭގައި އިނގިރޭސި ތައުލީމު ފެށުމުގެ ކުރިން އައްޑޫ ގަމުގައި ހިންގި ޖީސީއީ އޯލެވެލް ކުލާސްތަކުގެ ތެރެއިން

1960ގެ އަހަރުތަކުގައި ރާއްޖޭގައި ރަސްމީގޮތުން އިނގިރޭސި ތަޢުލީމު ފެށުން ހިމެނުނީ ރާއްޖޭގެ ތަޢުލީމީ ތަރައްޤީގެ އެންމެ ބޮޑު އިންޤިލާބީ ކުރިއެރުން ކަމުގައެވެ.

އެއިގެ ފަހުން ރާއްޖެއަށް ލިބުނު ހުރިހާ ކުރިއެރުމެއް އަދި މެދުފަންތީގެ މީހުންނަށް ނުވަތަ އާންމު ރައްޔިތުންނަށް ސިޔާސީ އިޖުތިމާއީ އިގުތިސާދީ މައިދާނުގައި ކުރިއަށް ދިއުމުގެ މަގުފަހިވީ މިކަމުގެ ސަބަބުން ކަމުގައެވެ.

ބޮޑުވަޒީރު އަދި ވަޒީރުލްމަޢާރިފް ޞާޙިބުއްދައުލަތު (ދައުލަތުގެ މަތިވެރި ސާހިބު) ޞ.ދ. ނާޞިރުގެ އެންމެ އަގުހުރި ގައުމީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީގޮތުން ޖީ.ސީ.އޯ ލެވެލް ހެދުމުގެ ރެކޯޑު ވަނީ އަމީނިއްޔާއަށެވެ. އަންހެން ދަރިވަރުންނަށެވެ.

އެއީ ޖަނަވަރީ 1967ގައެވެ. އެ ފަޚުރުވެރި ދަރިވަރުން ތިރީގައި މިވަނީއެވެ.

ހުރިހާ މާއްދާއަކުން ލަޠީފާ އަޙްމަދު ފާސްވިއެވެ.

މަޖީދިއްޔާ ދަރިވަރުން ފިރިހެން ކުދިން ޖީ.ސީ.އީ. އޯލެވެލް ހެދީ އެއަހަރުގެ ޖޫންގައެވެ. ޖޫން 1967ގައެވެ.

އެންމެ ފުރަތަމަ ޖީ.ސީ.އީ. އޯލެވެލް ހެދި މަޖީދިއްޔާ ދަރިވަރުން ތިރީގައި މިވަނީއެވެ.

މާލޭގައި އިނގިރޭސި ތައުލީމު ފެށުމުގެ ކުރިން އައްޑޫގައި 1950ގެ އަހަރުތަކުގެ ފަހުކޮޅު އިނގިރޭސި ތައުލީމު ފެށުނެވެ.

މިއީ ގަމުގައި ތިބި އިނގިރޭސީން ގަމުގައި ހިންގި ޖީސީއީ ކުލާސްތަކެކެވެ. މަދުރަސީ ތައުލީމެއް ނޫނެވެ. އާންމު ކުލާސްތަކެއް ނޫނެވެ. ޚާއްޞަ ކުލާސްތަކެކެވެ.

މިކުލާސްތަކުން ކިޔަވައި އައްޑޫގެ ބައެއް މީހުން ޖީސީއީ އޯލެވެލް ހެދިއެވެ. މިކަން ހިމެނުނީ ދިވެހީން އެންމެ ފުރަތަމަ ޖީސީއީ އޯލެވެލް ހެދުން ކަމުގައެވެ. ރަސްމީގޮތުން ނޫން ކަމުގައި ވިޔަސްވެހެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީގޮތުން ޖީ.ސީ.އޯ ލެވެލް 1967ގަައި ހެދުމުގެ ކުރިންނެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (1932)ން ދިވެހި ރައްޔިތުންކިޔެވުން ލާޒިމުކުރެއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިދީފައިވެއެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932ގެ 14 ވަނަ މާއްދާގައިވެއެވެ.

"ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤްރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި، ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މިޤާނޫނުއަސާސީ ލާޒިމުކުރާކަމެކެވެ." 15ވަނަ މާއްދާގައިވެއެވެ.

"ޤާނޫނަށާއި އަދަބުތަކަށް ޚިލާފުނުވާގޮތުގެމަތިން ކިޔެވުމާއި، ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ."

1932ން 1933ށް 1 އަހަރުގެތެރޭގައި އެންމެ ފުރަތަމަ ފާސްވި ޤާނޫނުތައް ތަޢުލީމާއި ޢިލްމާޢީ އުނގެނުމާބެހޭ ބައެއް ޤާނޫނުތައް ހިމެނެއެވެ. އެގޮތުން ޤްރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނު، އަމިއްލަ ސަނަދުތަކުގައި އިސްޓޭމްޕް ޖެހުމުގެ ޤާނޫނު ހިމެނެއެވެ.

ޤްރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނަކީ، ފުރަތަމަ ޤާނޫނުއަސާސީގެ 14ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤު ލިބިދިނުމަށްޓަކައި، ފުރަތަމަ ޤާނޫނުއަސާސީއަށް އަހަރެެއްވެސް ނުވަނީސް ހެދުނު ޤާނޫނެކެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލް މަޢާރިފް (ރާއްޖޭގެ ފުރަތަމަ މިނިސްޓަރ އޮފް އެޑިޔުކޭޝަން) އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ، ޤާނޫނުއަސާސީގެ ތައުލީމާއި އުނގެނުމުގެ މާއްދާތަކާއި ކަމާބެހޭ ޤާނޫނުތައް ތަންފީޒު ކުރައްވަން 1932 އިން 1933 އަށް މަސައްކަތްކުރެެއްވިއެވެ.

އަދި މަދުރަސަތުއްސަނިއްޔާގަައި އަންހެން ދަރިވަރުންނަށް ތަޢުލީމު ދެއްވަން ފެށްޓެވީވެސް 1933ގަައި އެމަނިކުފާނެވެ.

އައްްޑޫ ސިޓީއައްޑޫ ސިޓީ ގަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު