Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު

އަޙްމަދު ކާމިލު ދީދީ ވަނީ ޤާނޫނުއަސާސީގެ ތައުލީމާއި އުނގެނުމުގެ މާއްދާތަކާއި ކަމާބެހޭ ޤާނޫނުތައް ތަންފީޒު ކުރައްވަން 1932ން 1933ށް މަސައްކަތްކުރައްވާފައި

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2022 | ހޯމަ 06:36
އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ

އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ

ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހުގެ ހެޔޮއެދުން އަރިސް ކުރަމެވެ. މިދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަން ފެށުނީ 1967ގައެވެ. މީގެ 111 އަހަރުކުރިން 1911ގައި، ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުގެ ތެރެއިން ބަލާލާނަމެވެ.

ރާއްޖޭގެ އާބާދީގެ ފިރިހެނުންގެ 18400 (އަށާރަހާސް ހަތަރު ސަތޭކަ) މީހުންނަށް ލިޔަން ކިޔަން އެނގެއެވެ. ލިޔަން ކިޔަން ނުދަންނަނީ 20844 (ވިހި ހާސް އަށްސަތޭކަ ސާޅީސް ހަތަރެއް) ފިރިހެނުންނެވެ. 46 އިންސައްތަ ދަނެއެވެ. 54 އިންސައްތަ ނުދަނެއެވެ. ފިރިހެނުންގެ އާބާދީއަކީ، 39244 (ތިރީސް ނުވަހާސް ދުއިސައްތަ ސާޅީސް ހަތަރެއް)އެވެ. ރާއްޖޭގެ އާބާދީގެ އަންހެނުންގެ 14521 (ސާދަހާސް ފަަސްސަތޭކަ އެކާވީސް) މީހުންނަށް ލިޔަން ކިޔަން އެނގެއެވެ. ލިޔަން ކިޔަން ނުދަންނަނީ 18472 (އަށާރަހާސް ހަތަރުސަތޭކަ ހަތްދިހަ ދޭއް) އަންހެނުންނެވެ. 44 އިންސައްތަ ދަނެއެވެ. 56 އިންސައްތަ ނުދަނެއެވެ. އަންހެނުންގެ އާބާދީއަކީ، 32993 (ތިރީސް ދެހާސް ނުވަސަތޭކަ ނުވަދިހަ ތިނެއް)އެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ (މީގެ 90 އަހަރު ކުރިން) 1932އިން ދިވެހި ރައްޔިތުންކިޔެވުން ލާޒިމުކުރެއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންްކަން ދިވެހި ރައްޔިތުންނަށް ލިބިދީފައިވެއެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ 1932ގެ 14 ވަނަ މާއްދާގައިވެއެވެ. "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤްރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި، ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މިޤާނޫނު އަސާސީ ލާޒިމުކުރާކަމެކެވެ." 15ވަނަ މާއްދާގައިވެއެވެ. "ޤާނޫނަށާއި އަދަބުތަކަށް ޚިލާފުނުވާގޮތުގެމަތިން ކިޔެވުމާއި، ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ." 1932 އިން 1933އަށް 1 އަހަރުގެތެރޭގައި އެންމެ ފުރަތަމަ ފާސްވި ޤާނޫނުތައް ތަޢުލީމާއި ޢިލްމާޢީ އުނގެނުމާބެހޭ ބައެއް ޤާނޫނުތައް ހިމެނެއެވެ. އެގޮތުން ޤުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނު، އަމިއްލަ ސަނަދުތަކުގައި އިސްޓޭމްޕް ޖެހުމުގެ ޤާނޫނު ހިމެނެއެވެ.

ޤްރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ޤާނޫނަކީ، ފުރަތަމަ ޤާނޫނުއަސާސީގެ 14ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤު ލިބިދިނުމަށްޓަކައި، ފުރަތަމަ ޤާނޫނުއަސާސީއަށް އަހަރެެއްވެސް ނުވަނީސް ހެދުނު ޤާނޫނެކެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލް މަޢާރިފް (ރާއްޖޭގެ ފުރަތަމަ މިނިސްޓަރ އޮފް އެޑިޔުކޭޝަން) އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ، ޤާނޫނުއަސާސީގެ ތައުލީމާއި އުނގެނުމުގެ މާއްދާތަކާއި ކަމާބެހޭ ޤާނޫނުތައް ތަންފީޒު ކުރައްވަން 1932 އިން 1933 އަށް މަސައްކަތްކުރެެއްވިއެވެ. އަދި މަދުރަސަތުއްސަނިއްޔާގަައި އަންހެން ދަރިވަރުންނަށް ތަޢުލީމު ދެއްވަން ފެށްޓެވީވެސް 1933ގަައި އެމަނިކުފާނެވެ.

1954ގައި އިލްޒާމީ ތައުލީމުގެ ޤާނޫނެއް ފާސްކުރެވި ލާޒިމު ކަންކަން އުނގަންނައި ދެއްވުމަށް ކޮންމެ ރަށަކަށް ދައުލަތުގެ ފަރާތުން މުދައްރިސަކު އައްޔަން ކުރެވިފައިވެއެވެ. ރާއްޖޭގެ ލިޔަންކިޔަން ދަތުމުގެ ދާއިރާގައި މުޅިރާއްޖޭގައި ހިންގުނު އެންމެބޮޑު މަޝްރޫއަކީ 1980ގައި ފެށުނު އަސާސީ ތައުލީމުގެ މަޝްރޫއު. 1980ގައި، މި މަޝްރޫއު ފެށުނުއިރު، ރާއްޖޭގެ 30 އިންސައްތައަށްވުރެ ގިނަމީހުންނަށް ލިޔަންކިޔަން ނޭނގެއެވެ.

އަސާސީ ތައުލީމުގެ މަޝްރޫއަށް 10 އަހަރުވީއިރު (1990އާ ހަމަޔަށް) 98 އިންސައްތައަށްވުރެ ގިނަމީހުންނަށް ލިޔަންކިޔަން ދަސްކޮށްދެވުނެވެ. ވީމާ މިއީ ވަރަށް ކާމިޔާބު ގައުމީ މަޝްރޫއެެވެ.

އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުރިހަމަ މިނިވަން ބައިނަލްއަގުވާމީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔަތަކީ މިޖުމުހޫރިއްޔަތު - ރައްޔިތުންގެ އެންމެން ވޯޓުން ގާއިމުވި ޖުމުހޫރިއްޔަތުވެސްމެ!

ފުރިހަމަ މިނިވަން ބައިނަލްއަގުވާމީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔަތަކީ މިޖުމުހޫރިއްޔަތު - ރައްޔިތުންގެ އެންމެން ވޯޓުން ގާއިމުވި ޖުމުހޫރިއްޔަތުވެސްމެ!

14 ނޮވެމްބަރު 2022
ރާއްޖޭގެ ފަތުރުވެެރިކަން ކުރިއެރުވުމުގެ ފުރަދާނަ މޭސްތިރި، އިދާރީ ހިންގުންތެރިޔަކީ އޮނަރަބަލް އަޙްމަދު ޒާހިރު!

ރާއްޖޭގެ ފަތުރުވެެރިކަން ކުރިއެރުވުމުގެ ފުރަދާނަ މޭސްތިރި، އިދާރީ ހިންގުންތެރިޔަކީ އޮނަރަބަލް އަޙްމަދު ޒާހިރު!

04 އޮކްޓޯބަރު 2022
ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!

ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!

26 ސެޕްޓެމްބަރު 2022
ވެލާނާގެ މުޙައްމަދު ދީދީ - ސިޔާސީ ނާކާމިޔާބަށްފަހު ސިޔާސީ ކާމިޔާބީ، ދަރިކޮޅުން ގައުމުގެ ވެރިކަން

ވެލާނާގެ މުޙައްމަދު ދީދީ - ސިޔާސީ ނާކާމިޔާބަށްފަހު ސިޔާސީ ކާމިޔާބީ، ދަރިކޮޅުން ގައުމުގެ ވެރިކަން

16 އޯގަސްޓު 2022
ދިވެހިރާއްޖޭގެ ވިޔަފާރީގެ ތާރީޚުގެ އިބުރަތްތެރި ލިބިގަތުން

ދިވެހިރާއްޖޭގެ ވިޔަފާރީގެ ތާރީޚުގެ އިބުރަތްތެރި ލިބިގަތުން

02 ޖުލައި 2022

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު