Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްފަންވަތް ކޮލަމް

ފުރަތަމަ ބަޣާވާތަށް 68 އަހަރުވީއެވެ. ގައުމު އެދި ގޮވަނީ އިންސާފަށެވެ.

21 އޯގަސްޓު 2021 | ހޮނިހިރު 10:37

އަމީނުގެ ސަރުކާރު ވައްޓައިލީ 21 އޮގަސްޓް 1953 ގައި

| 21 އޯގަސްޓު 2021 | ހޮނިހިރު 10:37
ރައީސް މުހައްމަދު އަމީނު (ވ) އާއި ނާއިބުރައީސް އިބްރާހިމް ދީދީ

ރައީސް މުހައްމަދު އަމީނު (ވ) އާއި ނާއިބުރައީސް އިބްރާހިމް ދީދީ

ބަޣާވާތަކީ ކޮބައިހެއްޔެވެ؟ ދިވެހި ބަސްފޮތުގައި ބަޣާވާތް ބުނެދީފައި އޮންނަނީ މިހެންނެވެ. އެއީ ގާނޫނާއި ޚިލާފަށް ސަރުކާރު ބަދަލުކުރުމަށް ކުރާ މަސައްކަތެވެ. ދިވެހިރާއްޖޭގައި ދުސްތޫރެއް ލިޔެވި އޭގެ މަތީގައި ގާނޫނީ ހުކޫމަތެއް 1932 ގައި ގާއިމުކުރެވުނު ފަހުން މިހާތަނަށް ދެފަހަރަކު އުސޫލުތަކާއި ޚިލާފަށް ސަރުކާރު ބަދަލުކޮށްފިއެވެ. ބަޣާވާތުން ވެރިކަން ފުރޮޅާލައިފިއެވެ.

ކާމިޔާބުވިޔަސް އަދި ކާމިޔާބުނުވިޔަސް ބަޣާވާތެއް ވާނީ ބަޣާވާތަކަށެވެ. އެކަމަކު ވަރަށް ކުރީއްސުރެ ދިވެހީންގެ ތެރޭގައި ކިޔައިއުޅެއެވެ. ވެރިކަމެއް ވައްޓައިލާން އުޅެ ކާމިޔާބުވެއްޖެނަމަ އެއީ ޣާޒީއެކެވެ. ނާކާމިޔާބުވެއްޖެނަމަ އެއީ ބާޣީއެކެވެ. ކަން މިހެން އޮތަސް ކާމިޔާބު ދެ ބަޣާވާތް ކުރި މީހުންނަށް ދިވެހިން ޣާޒީންނެކޭ ނުކިޔައެވެ. ދެންވެސް ކިޔަނީ ބާޣީންނެވެ. ގިނަބަޔަކު މިހާރު ހަނދާން ހުރި ކަމަށް ފެންނަނީ އެންމެފަހުގެ ބަޣާވާތެވެ. އެއީ 7 ފެބްރުއަރީ 2012 ގައި ހިންގި ބަޣާވާތެވެ. އެއީ އެންމެންގެ ހަނދާނުގައިވެސް ހުރި ހާދިސާއަކަށް ވާތީ އެވާހަކަ ބޭއްވީއެވެ.

މިއަދު ދައްކާނީ ދިވެހި ޖުމްހޫރިއްޔާގެ ކާމިޔާބު ފުރަތަމަ ބަޣާވާތުގެ ވާހަކައެވެ. އެވާހަކަ ދައްކާން މިއަދު މިއީ ވަރަށް މުނާސަބު ދުވަހެއްވެސްމެއެވެ. މިއަދަކީ އެ ހާދިސާއަށް 68 އަހަރު ފުރުނު ދުވަހެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލީ 21 އޮގަސްޓު 1953 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރެއްވި ގާނޫނަކުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ވުޖޫދުކުރެވުނު އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހަށް މިދެންނެވި ބަޣާވާތުގެ މައްސަލަ ބެލޭނެ ކަމަށް ފެނެއެވެ. އެ އޮފީހުގެ ޒިންމާގެ ތެރޭގައި 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމަޔަށް ދައުލަތުގެ އެކި މަގާމުތައް އަދާކުރި މީހުން ޖާއިޒުނޫން ފައިދާތައް ނަގައި މީސްމީހުންނަށް އަނިޔާވެރިވެ ދައުލަތަށްވެސް ހަރާންކޯރުވުމުގެ މައްސަލަތައް ބެލުން ހިމެނެއެވެ. މި ދަންނަވާ ބަޣާވާތަކީ ހުރިހާ މާނައެއްގައިވެސް މި މުއްދަތުގެ ތެރެއަށް ފެތޭ އަނިޔާއެކެވެ. އެއީ ސަރުކާރުގެ ތެރެއިން މީހަކު ނުވަތަ ބަޔަކު ގާނޫނުއަސާސީ އާއި ދައުލަތަށް ހަރާންކޯރުވެ ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށް އިންތިހާ ދަރަޖައިގެ އަނިޔާވެރިކަމާއި ބޭއިންސާފު އިސްކުރުމުގެ ހަރަކާތެކެވެ.

އަމީނުގެ ގާނޫނީ ވެރިކަން ފުރޮޅާލުމުގައި އިސްވެ ހުރީ ކާކުބާވައެވެ؟ އެމީހަކީ ގައުމުގެ ނާއިބުރައީސެވެ. ވަލިއްޔުލްއަމްރުގެ ނާއިބެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ނާއިބެވެ. ސިފައިންގެ އެންމެ މަތީވެރިޔާގެ ނާއިބެވެ. ބޮޑުވަޒީރުގެ ނާއިބެވެ. އެގޮތުން ސަރުކާރުގެ އެންމެ މަތީވެރިޔާގެ ނާއިބުވެސްމެއެވެ. އެއީ ވެލާނާގޭ އިބްރާހީމް މުހައްމަދު ދީދީއެވެ. އެދީދީ ވަނީ ދާރުއްރިޔާސަތު ނުވަތަ ރިޔާސީ ގަނޑުވަރުގައި ގާނޫނުއަސާސީއެއް ނެތި 21 އޮގަސްޓު 1953ން 7 މާރޗު 1954ށް ގައުމުގެ ވެރިކަން ހިންގައިފައެވެ. ވެރިކަން ހޯދީ ކުރިން ދެންނެވި މަގުން ބަޣާވާތަކުންނެވެ. ގައުމުގެ ރައީސް ބޭސްފަރުވާޔަކަށް ސިލޯނަށް ވަޑައިގެން ހުންނަވަނިކޮށް ސިއްރުން ވެރިކަން ބަދަލުކޮށްލައިގެންނެވެ.

ވެލާނާގޭ އިބްރާހިމް ދީދީއަށް އެފަދަ ކަމެއް ކުރުމަށް މަގު ތަނަވަސްވީ ނުވަތަ ރައީސަށް އިޚުލާސްތެރި ނުވެ ޚިޔާނާތްތެރި ވެވުނީ ދުވަހަކުވެސް ނާއިބުރައީސަކަށް ލިބިފައިނުވާފަދަ ވަރުގަދަ ބޮޑެތި ބާރުތަކެއް ލިބިފައި އޮތުމުންނެވެ. އަމީނު ކުރެއްވި އިތުބާރެއްގެ ސަބަބުންނެވެ. އިބްރާހީމް ދީދީ ފިޔަވައި ދިވެހިރާއްޖޭގެ އެއްވެސް ނާއިބުރައީސަކަށް މިފަދަ ބާރެއް ނެތެވެ. ސިފައިންގެ އެންމެމަތީ ވެރިޔާގެ ނާއިބުކަމެއް އެހެން ނާއިބުރައީސަކު ނުކުރައްވައެވެ. އެވަރުގެ ބާރެއް މިހާރު ނެތުމަކީ މިޒާތުގެ ކަންކަން ނުކުރުމެއް ނޫނެވެ. ނާއިބުރައީސަކު އިސްކޮށް ހުންނަވައިގެން 7 ފެބްރުއަރީ 2012 ގައި ހިންގެވި ހަރަކާތަކީ މިކަމުގެ ހެއްކެކެވެ. ނުބައިވެގެންވާ މިސަގާފަތު ދެމިގެން އަންނަކަމުގެ ހެއްކެކެވެ.

ރައީސް މުހައްމަދު އަމީނާ ދެކޮޅަށް އެމަނިކުފާނުގެ ނާއިބު ހިންގި ބަޣާވާތުގެ މައްސަލަ މިއަދުގެ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހުން ބަލަންވާނެޔޭ މިދަންނަވަނީ އަޅުގަނޑަށް ފަރުދީގޮތުން މަންފާއެއް ލިބޭން އޮވެގެނެއް ނޫނެވެ. އެކަމުގައި އޮތީ ގައުމީ މަސްލަހަތެވެ. އެކަން ކުރަންޖެހެނީ ގައުމަށްޓަކައެވެ. ތާރީޚަށްޓަކައެވެ. އެވަރުގެ ބޮޑު ހަރާންކޯރުވުމަކާއި އަނިޔާއެެއް ތާރީޚުގައި ވަނީ އިންސާފެއް ކަމުގެ ސިއްކަ ޖަހައިފައެވެ. ރައީސް އަމީނަކީ ބާޣީއެއްކަމަށް އަދި ޚާއިނެއް ކަމަށް ސަރިޔަތުން އޮތީ ނިންމައިފައެވެ. މުހައްމަދު އަމީނު ކުށްވެރި ކުރެވުނީ ބަޣާވާތް ނާކާކިޔާބުކޮށްލެއްވުމަށް ގާނޫނުތަކުން އެމަނިކުފާނުގެ މައްޗަށް ލާޒިމުކުރާ ކަންކަން ކުރެއްވުމަށް މާލެ ވަޑައިގެންނެވުމުންނެވެ.

އަޅުގަޑު ގަބޫލުކުރާ ގޮތުގައި މި މައްސަލަ އަލުން ބަލަން ޖެހޭނެއެވެ. މުހައްމަދު އަމީނަކީ ގައުމުގެ ބާޣީ ކަމަށް އަދި ގައުމުގެ ޚާއިނު ކަމަށް ސަރިޔަތުން އޮތީ ނިންމައިފައެވެ. ރައްޔިތުން ރުޅިއަރުވައި ރައްޔިތުންނާއި ސިފައިންނާއި ދައުލަތުގެ ވެރިންވެސް ހިމެނޭގޮތުން ދައުލަތުގެ ގާނޫނީ ވެރިޔާގެ ހަށިކޮޅުގައި ތަޅައި އަނިޔާކޮށް ފަރުވާނުކޮށް އަވާހާރަވާން ދޫކުރި މައްސަލައަކީ ކުޑަ މައްސަލައެއް ނޫނެވެ. ވެރިކަން ބަދަލުކޮށް ދޫނިދޫގައި ބަންދު ކުރެވިފައިވަނިކޮށް އަލުން ވެރިކަން ހޯއްދަވަން ވަޑައިގެން ނާކާމިޔާބުވެވަޑައިގަތުމަކީ އަނިޔާވެރިވާން އޮތް ހުއްޖަތެއް ނޫނެވެ.

މިކަމާމެދު އަލުން ވިސްނައި މުރާޖައާކުރަން އެބަޖެހެއެވެ. އަމީނަކީ ގައުމީ ބާޣީ ނޫންކަމާއި ގައުމީ ޚާއިނު ނޫން ކަމަށްވެސް ރަސްމީކޮށް ނިންމަން އެބަޖެހެއެވެ. އޭރުގެ ބޮޑު ފަނޑިޔާރު ކުރައްވާފައި އޮތް ސަރިޔަތެއްގައި ހުކުމް ކުރެވިފައި އޮތީ ބާޣީއަކީ މުހައްމަދު އަމީން ކަމުގައެވެ. ބާޣީ ސަރުކާރުގެ ފަރާތުން ދައުވާކުރެއްވީ އޭރުގެ ބަންޑާރަނާއިބެވެ. މި ސަރިޔަތުގެ ހުކުމް ބަދަލުކޮށް ތާރީޚަށްޓަކައި އަމީނަކީ ބާޣީ އަދި ޚާއިނު ނޫންކަމަށް ކަނޑައެޅިއްޖެނަމަ ޔަގީނުންވެސް ދިވެހި ތާރީޚަށާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނީ ފޭރާމަށް އިންސާފު ހޯދައި ދެވުނުކަމަށް ވާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2022

ރާއްޖޭގައި 2 ވަނަ ރިސޯޓެއް ހުޅުވުނުތާ 50 އަހަރު - އެއީ ކުރެސެންޓު ޓޫރިސްޓު އޭޖެންސީގެ ފުރަތަމަ ރިސޯޓު

12 ޑިސެމްބަރު 2022
ރާއްޖޭގައި 2 ވަނަ ރިސޯޓެއް ހުޅުވުނުތާ 50 އަހަރު - އެއީ ކުރެސެންޓު ޓޫރިސްޓު އޭޖެންސީގެ ފުރަތަމަ ރިސޯޓު
09 އޮކްޓޯބަރު 2022

ދިވެހި ގައުމުގެ އެންމެ ތާރީޚީ އެެއް ރަށެއް ކަމުގައި ވިހަމަނާފުށި!

09 އޮކްޓޯބަރު 2022
ދިވެހި ގައުމުގެ އެންމެ ތާރީޚީ އެެއް ރަށެއް ކަމުގައި ވިހަމަނާފުށި!
12 ސެޕްޓެމްބަރު 2022

އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު

12 ސެޕްޓެމްބަރު 2022
އަލްއުސްތާޛު އަޙްމަދު ކާމިލު ދީދީ - ދިވެހިރާއްޖޭގެ އެންމެންނަށް އެންމެ ފުރަތަމަ ތަޢުލީމު ފެއްޓެވި ވަޒީރު
16 އޯގަސްޓު 2022

ވެލާނާގެ މުޙައްމަދު ދީދީ - ސިޔާސީ ނާކާމިޔާބަށްފަހު ސިޔާސީ ކާމިޔާބީ، ދަރިކޮޅުން ގައުމުގެ ވެރިކަން

16 އޯގަސްޓު 2022
ވެލާނާގެ މުޙައްމަދު ދީދީ - ސިޔާސީ ނާކާމިޔާބަށްފަހު ސިޔާސީ ކާމިޔާބީ، ދަރިކޮޅުން ގައުމުގެ ވެރިކަން
17 ޖުލައި 2022

ދިވެހީން އެންމެ ފުރަތަމަ ޖީސީއީ އޯލެވެލް ހެދުމުގެ ރިކޯޑު އައްޑޫއަށް

17 ޖުލައި 2022
ދިވެހީން އެންމެ ފުރަތަމަ ޖީސީއީ އޯލެވެލް ހެދުމުގެ ރިކޯޑު އައްޑޫއަށް
10 މާރިޗު 2022

މިގައުމުގައި އެންމެވަރުގަދަ ޢަސްކަރީ ގައުމީ ޚިދުމަތްތައް ކުރެއްވި 2 މަހާރަދުންގެ ޒިކުރާ ދިރުވުން

10 މާރިޗު 2022
މިގައުމުގައި އެންމެވަރުގަދަ ޢަސްކަރީ ގައުމީ ޚިދުމަތްތައް ކުރެއްވި 2 މަހާރަދުންގެ ޒިކުރާ ދިރުވުން
04 ފެބުރުއަރީ 2022

ޓީޗަރުންގެ މުސާރަތައް ބޮޑުވުމަކީ ގައުމުގެ ކުރިމަގު އުޖާލާވުމަށް ހުޅުވުނު ދޮރެކެވެ.

04 ފެބުރުއަރީ 2022
ޓީޗަރުންގެ މުސާރަތައް ބޮޑުވުމަކީ ގައުމުގެ ކުރިމަގު އުޖާލާވުމަށް ހުޅުވުނު ދޮރެކެވެ.
02 ޖެނުއަރީ 2022

ހޯމްސްޓޭ އަޔަސް މިގައުމުގައި ތިބޭނީ މުސްލިމް ދިވެހިންނެވެ.

02 ޖެނުއަރީ 2022
ހޯމްސްޓޭ އަޔަސް މިގައުމުގައި ތިބޭނީ މުސްލިމް ދިވެހިންނެވެ.
25 ނޮވެމްބަރު 2021

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު

25 ނޮވެމްބަރު 2021
ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު
05 އޯގަސްޓު 2021

ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟

05 އޯގަސްޓު 2021
ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް