Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ރާއްޖޭގައި 2 ވަނަ ރިސޯޓެއް ހުޅުވުނުތާ 50 އަހަރު - އެއީ ކުރެސެންޓު ޓޫރިސްޓު އޭޖެންސީގެ ފުރަތަމަ ރިސޯޓު

12 ޑިސެމްބަރު 2022 | ހޯމަ 07:21

ރާއްޖޭގެ 2 ވަނަ ރިސޯޓު އަދި ކުރެސެންޓު ޓޫރިސްޓު އޭޖެންސީގެ ފުރަތަމަ ރިސޯޓު އަކީ ބަނޑޮސް ރިސޯޓް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 12 ޑިސެމްބަރު 2022 | ހޯމަ 07:21
ރާއްޖޭގެ ބައެއް ފަޅު ރަށްތައް

ރާއްޖޭގެ ބައެއް ފަޅު ރަށްތައް

ރާއްޖޭގެ ފަތުރުވެރިކަން މީގެ 50 އަހަރުކުރިން ފެށި، ރާއްޖޭގައި 2 ވަނަ ރިސޯޓެއް ހުޅުވުނުތާ 50 އަހަރު ރަންޔޫބީލު ފުރިހަމަވީއެވެ.

ރާއްޖޭގެ 2 ވަނަ ރިސޯޓް އަދި ކުރެސެންޓު ޓޫރިސްޓު އޭޖެންސީގެ ފުރަތަމަ ރިސޯޓު ބަނޑޮސް ރިސޯޓް ހުޅުވުނީ 10 ޑިސެންބަރު 1972 ގައެވެ.

ރާއްޖޭގެ ފުރަތަމަ ރިސޯޓު މާލެއަތޮޅު ވިހަމަނާފުށީގައި (ކުރުނބާ) ހުޅުވުނީ 3 އޮކްޓޯބަރު 1972ގައެވެ. އެއީ މިއުމަން ޓޫރިސްޓު އޭޖެންސީން ހުޅުވި ރިސޯޓެކެވެ.

މި ދުވަސް 3 އޮކްޓޯބަރު، މި އަހަރުން ފެށިގެން ގައުމީ ފަތުރުވެރިކަމުގެ ދުވަސް ކަމުގައި ކަނޑައެޅި ފަތުރުވެރިކަމުގެ ރަންޔޫބީލް މިއަހަރުގެ އެންމެ މުހިންމު އެންމެ ބޮޑެތި އިހުތިފާލުތައް ގައުމީ ފެންވަރުގައި ފާހަގަކޮށް ނިމިއްޖެވެސްމެއެވެ.

ރާއްޖޭގެ ފަތުރުވެރިންގެ ފުރަތަމަ ގުރޫޕެއް އައީ މީގެ 50 އަހަރު ކުރިން 16 ފެބުރުއަރީ 1972 ގައެވެ.

އިޓަލީވިލާތުފެ ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ މިސްޓަރ ޖޯޖު ކޯބިން އާއެކު އިޓަލީވިލާތުގެ ފަތުރުވެރިންގެ 22 މީހުންގެ ގުރޫޕެއް 16 ފެބުރުވަރީ 1972ގައި ރާއްޖެ އައިސް ދެހަފުތާގައި ރާއްޖޭގައި ހޭދަކުރުން ހިމެނުނީ ރާއްޖޭގެ ފަތުރުވެރިކަން  ފެށުން ކަމުގައެވެ. މިސްޓަރ ޖޯޖު ކޯބިންގެ ދެމަފިރިންނާއި ތުއްތު ދަރިފުޅު ޖޯޖިޔާ ކޯބިންވެސް މިދަތުރުގައި ބައިވެރިވިއެވެ.

ދިވެހިރާއްޖެ ތަރައްގީއާއި ކުރިއެރުމުގެ އުސްމިންތަކަށް ވާސިލުކޮށްދިން ފަތުރުވެރިކަމުގެ ރަންޔޫބީލުގެ މިއަހަރު 2022 ނިމެނީއެވެ. ވޭތުވެދިޔަ 50 އަހަރު ރާއްޖެއަށް އައި ހުރިހައި ކުރިއެރުމަކާއި ތަރައްގީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި ސިނާއަތަކީ ފަތުރުވެރިކަމެވެ. 

ފަތުރުވެރިކަން މިހާރު ރާއްޖޭގެ އިގުތިސާދުގެ 40 އިންސައްތަ ހިއްސާކުރެއެވެ. ދެން ހުރި ސިނާއަތްތައް ކުރިއެރުމުގައިވެސް ފަތުރުވެރިކަމުގެ ހިއްސާބޮޑެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާފައި ވަނީ ވަރަށް ބާރު ދުވެއްޔެއްގައެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 20 އަހަރު ނުވަނީސް (1990ގެ އަހަރުތައް ފެށުނުއިރު) ރާއްޖޭގެ އިގުތިސާދުގެ 1ވަނަ ސިނާއަތަކީ ފަތުރުވެރިކަން ކަމުގައި ވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އެކިއެކި ރޮނގުތަކުން ރާއްޖެއާ ރާއްޖޭގެ ރިސޯޓުތަކަށް އެންމެމަތީވަނަތައް 1990ގެ އަހަރުތަކުން ފެށިގެން އަންނަނީ ލިބެމުންނެވެ.

މީގެ 20 އަހަރުކުރިން 2000ގެ އަހަރުތައް ފެށުނުއިރު ރާއްޖޭގެ ފަތުރުވެރިކަން  ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެމަތީ ދަރަޖައަށް އަރާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
09 ޑިސެމްބަރު 2024

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ޑިސެމްބަރު 2024

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް
23 ނޮވެމްބަރު 2024

އިންޑިއަން ރުޕީސް އިން ފައިސާ ދައްކާ ގެސްޓު މީހާ އަށް ވެސް 500 ޑޮލަރު މާރު ކުރަން ޖެހޭނެތަ؟

23 ނޮވެމްބަރު 2024
އިންޑިއަން ރުޕީސް އިން ފައިސާ ދައްކާ ގެސްޓު މީހާ އަށް ވެސް 500 ޑޮލަރު މާރު ކުރަން ޖެހޭނެތަ؟
19 ނޮވެމްބަރު 2024

ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!

19 ނޮވެމްބަރު 2024
ޑޮލަރު މާރުކުރުމުގެ ގަވައިދާ އެކު ރިސޯޓު ހިންގަން ދަތިވެ، މުވައްޒަފުންނަށް ވެސް ގެއްލުން!
03 ނޮވެމްބަރު 2024

ފަތުުރުވެރިކަމުގެ ސިނާއަތައް ސަރުކާރު ތަކުން އަތް ނުބޭނީ ހިތްވަރު ނެތިގެންނެއް ނޫނެވެ، އެ ސިނާއަތު ފުނޑާލަން ބޭނުން ނުވާތީއެވެ

03 ނޮވެމްބަރު 2024
ފަތުުރުވެރިކަމުގެ ސިނާއަތައް ސަރުކާރު ތަކުން އަތް ނުބޭނީ ހިތްވަރު ނެތިގެންނެއް ނޫނެވެ، އެ ސިނާއަތު ފުނޑާލަން ބޭނުން ނުވާތީއެވެ
10 އޮކްޓޯބަރު 2024

ސަންސިޔާމް އިރުފުށިން ގްލަސްގޯ ޑެކްލަރޭޝަންގައި ބައިވެރިވެއްޖެ

10 އޮކްޓޯބަރު 2024
ސަންސިޔާމް އިރުފުށިން ގްލަސްގޯ ޑެކްލަރޭޝަންގައި ބައިވެރިވެއްޖެ
10 އޮކްޓޯބަރު 2024

އެންމެ ރަނގަޅު ސްޕާ މަންޒިލުގެ މަޤާމު ރާއްޖެ އަށް

10 އޮކްޓޯބަރު 2024
އެންމެ ރަނގަޅު ސްޕާ މަންޒިލުގެ މަޤާމު ރާއްޖެ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް