Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ސުޖަން ދެކޭ ގޮތުގައި މިދިޔަ ސީޒަނަށްވުރެ މި ސީޒަންގައި ޓީސީ ރަނގަޅު

16 އެޕްރީލު 2023 | އާދީއްތަ 06:47

އޭނާ ބުނީ މެޗުގައި ޓީސީގެ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި ރަނގަޅު މަސައްކަތްތަކެއް ކުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އެޕްރީލު 2023 | އާދީއްތަ 06:47
މީގެ ކުރިން ސުޖަން ޓީސީ އަށް ކުޅުނު މެޗެއްގެ ތެރެއިން

މީގެ ކުރިން ސުޖަން ޓީސީ އަށް ކުޅުނު މެޗެއްގެ ތެރެއިން

މިދިޔަ ސީޒަނާ އަޅާ ބަލާއިރު، މި ސީޒަންގައި ޓީސީ ސްޕޯޓްސް ކުލަބު ފެންނަނީ ރަނގަޅަށް ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ސްރީ ލަންކާގެ ގޯލް ކީޕަރު ސުޖަން ޕެރޭރާ ބުނެފި އެވެ.

ސުޖަން މިހެން ބުނީ ޕްރެޒިޑެންޓްސް ކަޕްގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް ޓީސީން ސެމީގެ އުންމީދު އައު ކުރި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ސުޖަން ބުނީ ބުރު މެޗަކީ ކޮންމެހެން ވެސް ޓީސީ އަށް މޮޅުވާން މަޖުބޫރު މެޗަކަށްވި ކަމަށެވެ. ޚާއްސަކޮށް މުބާރާތުގައި ދެމި އޮންނަން ބޭނުންނަމަ، އެ މެޗަކީ ވަރަށް މުހިންމު މެޗަކަށްވި ކަމަށެވެ. އޭނާ ބުނީ އެ މެޗުގައި ޓީސީގެ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި، ރަނގަޅު މަސައްކަތްތަކެއް ކުރި ކަމަށެވެ. އޭނާ ބުނީ މެޗުގެ ގިނަ ވަގުތު ކަހަލަ ގޮތަކަށް ދިޔައީ ބުރުން އެޓޭކު ކުރުމުގައި ކަމަަށާއި، ނަމަވެސް އެއް ލަނޑުން މޮޅުވުމަކީ ވެސް ހިތްހަމަ ޖެހުމެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މިދިޔަ ސީޒަނަށް ވުރެ މި ސީޒަންގައި ޓީސީން ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ބުނީ ޓީމުގެ ކުޅުންތެރިންނަށް އެކަކު އަނެކަކު ވަރަށް ރަނގަޅަށް އިނގޭ ކަމަށާއި، އެއާއެކު ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ވެސް ދައްކަނީ މޮޅު ކުޅުމެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ލަންކާގެ ޤައުމީ ޓީމުގެ ގޯލު ވެސް ބަލަހައްޓާފައިވާ ސުޖަން ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ފުޓުބޯޅައިގައި ގްރާސް ރޫޓުގައި ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެހެންކަމުން ޒުވާން ގިނަ ކުޅުންތެރިން ފެންނަމުން އަންނަ ކަމަށާއި، ޒުވާން ކުޅުންތެރިންނަށް އެހެން ޓީމުތަކުން ވެސް ފުރުސަތު ލިބެމުން އަންނަ ކަމަށެވެ. ސުޖަން ބުނީ ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތު ލިބި، ގިނައިން ކުޅެން ލިބޭ ވަރަކަށް އެމީހުންގެ ހުނަރު ވެސް މަތިވާނެ ކަމަށެވެ.

ސުޖަން ވަނީ މީގެ ކުރިން ލަންކާގެ ފުޓުބޯޅަ ސަސްޕެންޑު ކުރުމާއެކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް
01 އެޕްރީލު 2017

މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ

01 އެޕްރީލު 2017
މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް