Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

އައިހަމްގެ ލަނޑުން ޓީސީން އުންމީދު ހޯދައިފި

15 އެޕްރީލު 2023 | ހޮނިހިރު 22:05

ތިން ޓީމު ހިމެނޭ މި ގްރޫޕުން ސެމީގެ ޖާގަ ލިބޭ ޓީމުތައް ޔަޤީން ވަނީ މާޒިޔާ އާއި ބުރު ބައްދަލު ކުރާ މެޗުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އެޕްރީލު 2023 | ހޮނިހިރު 22:05
ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ އާއި ބުރު ކުޅުނު މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ އާއި ބުރު ކުޅުނު މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ހޮނިހިރުދުވަހުގެ ރޭ ކުޅުނު މެޗު 1-0އިން ކާމިޔާބުކޮށް ޓީސީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލްގެ އުންމީދު ބޮޑުކޮށްފި އެވެ.

މިއީ މުބާރާތުގައި ޓީސީގެ ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމު ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެފަ އެވެ. މިއީ ބުރުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އަނެއްކޮޅު މިއީ ޓީސީގެ ކުރީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުރާއި ހަވާލުވި ފަހުން އެ ޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނެވެ. ދެ ޓީމުގެ ފަރާތުން ވެސް ފުރަތަމަ ހާފުގައި ފެނުނީ ދެ ޓީމުގެ ފަރާތުން ވެސް ދާދި އެއްވަރެއްގެ ކުޅުމެކެވެ. ނަމަވެެސް ފުރަތަމަ ހާފުގެ ފަހު ވަގުތު ބުރަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވުނެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަަގައިދިނީ ޒުވާން ކުޅުންތެރިޔާ އައިހަމް ހަމްދޫން އެވެ. އެއީ ބުރު ހާފުގެ މެދާ ހަމައިން ލިބުނު ބޯޅައެއް ހުސްކޮށް ހުރެ ތިރި ތިރިން ގޯލަށް ފޮނުވާލައިގެންނެވެ. ބުރުގެ އޭރިޔާ ތެރެއަށް ވަދެ އައިހަމް ފޮނުވާލި ބޯޅަ މަތަކުރުމަށް އެ ޓީމުގެ ގޯލް ކީޕަރު ޝައިޙާން އަލީ އަށް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ. މެޗުގައި އައިހަމް ކުޅެން ނިކުމެފައި ވަނީ ވެސް ބަދަލު ކުޅުންތެރިޔެއްގެެ ގޮތުގަ އެވެ. އޭގެ ފަހުން 61 ވަނަ މިނެޓުގައި ޓީސީ އަށް ވަނީ ލީޑު ފުޅާ ކުރުމަށް ވެސް ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ޓީސީގެ އަޙުނަފް މުޙައްމަދު ތަސްނީމް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ބުރަށް ނަތީޖާ ހަމަހަމަ ކުރުމަށް އެންމެ އެކަށީގެންވާ ފުރުސަތެއް ލިބުނީ މުޙައްމަދު ނާއިމް އަށެވެ. 63 ވަނަ މިނެޓުގައި ޓީސީގެ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އެ ޓީމުގެ ގޯލް ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ޓީސީގެ އޭރިޔާ ތެރެއިން ބުރުގެ މުޙައްމަދު ތަޝްމީން ފޮނުވާލި ބޯޅަ ވެސް ސުޖަން ވަނީ މަތަކޮށްފަ އެވެ.

ތިން ޓީމު ހިމެނޭ މި ގްރޫޕުން ސެމީގެ ޖާގަ ލިބޭ ޓީމުތައް ޔަޤީން ވަނީ މާޒިޔާ އާއި ބުރު ބައްދަލު ކުރާ މެޗުންނެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް ސެމީން ޖާގަ ލިބޭނެ އެވެ. ބުރަށް ސެމީން ޖާގަ ލިބެން އޮތް ހަމައެކަނި ގޮތަކީ އެ މެޗުގައި ލަނޑުގެ ތަފާތުން މާޒިޔާ ބަލިކުރުމެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް