Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ބަޑީގެ ހަމަލާތަކުން ޤަޠުލު އިތުރުވުމަކީ ބަޑިތަކާ ބެހޭ ކަމެއް ނޫން: ޓްރަމްޕް

ފާއިތުވެދިޔަ 3 ހަފުތާއަށް އެކަނި ބަލާލި ކަމުގައި ވީ ނަމަވެސް، 2 ހާދިޘާއެއްގައި 11 މީހަކު ވަނީ މަރާލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2023 | ހޮނިހިރު 10:05
އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް

އެމެރިކާގައި މި ފަހަކަށް އައިސް ވަކިވަކި ފަރުދުން ދޭ ބަޑީގެ ހަމަލާތައް އިތުރުވެފައި ވަނީ، އެޤައުމުގައި ލިބެން ހުރި ބަޑިތަކުގެ ސަބަބުން ނޫން ކަމަށާ، ބަޑީގެ ހަމަލާ ދީ، އެތައް ބަޔަކު މަރާލުމުގެ ހާދިޘާތައް ނުވަތަ މާސް ޝޫޓިންގްތައް އިތުރު ވަނީ، "ނަފްސާނީ، އިޖުތިމާޢީ، ޘަޤާފީ އަދި ރޫޙީ" މައްސަލަތަކެއްގެ ސަބަބުން ކަމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިންޑިއާނަޕޮލިސްގައި ކުރިއަށް ދިޔަ ނޭޝަނަލް ރައިފަލް އެސޯސިއޭޝަން (އެންއާރްއޭ)ގެ ލީޑަރޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގައި ގިނަ ޢަދަދަކަށް ބަޑި ގެންގުޅޭތާ އެތައް ޤަރުނެއް ވެފައި ވާ ކަމަށާ، 2000ގެ އަހަރުތަކާ ޖެހެންދެން، ސްކޫލް ކުދިން މެރުމުގެ ޤަޠުލުޢާންމުތައް ހިންގުން ފަދަ ކަންކަމުގެ ވާހަކައެއް ދައްކަން ނުޖެހޭ ކަމަށެވެ.

މަރޗް 26 ވަނަ ދުވަހު، ނޭޝްވިލްގައި ބަޑީގެ ހަމަލާ ދީ، 3 ކުދިންނާއި 3 މީހަކު މަރާލި ހާދިޘާއަށް އިޝާރާތް ކުރައްވާ، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގައި ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ސަބަބުން، ކަމެއް ހައްލުވާން ނެތް ކަމަށެވެ. ހުށަހަޅަފައިވާ ބަދަލުތަކަކީ، ހަމަބުއްދި ފިލާ ގޮސްފައިވާ ވަކިވަކި ފަރުދުންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކުން ހިމާޔަތް ހޯދާދޭނެ ބަދަލުތަކެއް ނޫން ކަން ޓްރަމްޕް ވަނީ ފާހަގަ ކުރައްވާފައެވެ.

2016 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމުގެ މަޤާމަށް ޓްރަމްޕް އިންތިޚާބުވެވަޑައިގަތުމުގެ ކުރިންވެސް އެންއާރްއޭއިން ވަނީ ޓްރަމްޕަށް ފުރިހަމައަށް ތާޢީދުކޮށްފައެވެ.

އެންއާރްއޭގެ ބައްދަލުވުމުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، ބަޑިގެންގުޅުމުގެ ތަމްރީނު ފުރިހަމަ ކުރާ ޓީޗަރުންނަށް މާލީ ބަދަލެއް ދިނުމަށްޓަކާ، އާ ޓެކްސް ކްރެޑިޓެއް ތަޢާރަފު ކުރުމަށް ބާރު އަޅުއްވާނެ ކަމަށެވެ.

އެންއާރްއޭގެ މިފަހަރުގެ ބައްދަލުވުން ކުރިއަށްދާ މި ދަނޑިވަޅަކީ، އެމެރިކާގެ ސިޔާސީ އިދިކޮޅު ޕާޓީ ނުވަތަ ރިޕަބްލިކަން ޕާޓީ ތެރޭގައި، ރިޔާސީ ކެމްޕޭންގެ ފޯރި ގަދަވެފައި ވާ ދަނޑިވަޅެކެވެ. ޓްރަމްޕްގެ އިތުރުން، ރިޕަބްލިކަންސްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އިތުރު އޮފިޝަލުންގެ ތެރޭގައި ފްލޮރިޑާގެ ގަވަރުނަރު ރޮން ޑެސެންޓީސް، ސެނެޓަރ ޓިމް ސްކޮޓް، އަދި އެމެރިކާއިން އދއަށް ކުރިން ކަނޑައަޅާފައި ހުންނެވި މަންދޫބު، ނިކީ ހެއިލީ ފާހަގަ ކުރެވެއެވެ.

މި ފަހަކަށް އައިސް އެމެރިކާގައި ބަޑީގެ ހަމަލާ ދީގެން މަރުވާ މީހުން ވަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރު ވެފައެވެ. ފާއިތުވެދިޔަ 3 ހަފުތާއަށް އެކަނި ބަލާލި ކަމުގައި ވީ ނަމަވެސް، 2 ހާދިޘާއެއްގައި 11 މީހަކު ވަނީ މަރާލާފައެވެ. ފުރަތަމަ ހަމަލާ ދީފައި ވަނީ ޓެނެސީގެ ސްކޫލެއްގައި ކަމަށް ވާ އިރު، ދެވަނަ ހަމަލާ ދީފައި ވަނީ ކެންޓަކީގެ ބޭންކެއްގައެވެ. މި 2 ހާދިޘާއަށް ބަލާއިރުވެސް، ހަމަލާ ދިން މީހާ ބަޑި ގަނެފައި ވަނީ، ޤާނޫނީ އިމުގެ ތެރެއިން ކަން ފާހަގަ ކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާއާއި ޕާކިސްތާނުން ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި ހަތް މީހަކު މަރުވެއްޖެ

އިންޑިއާއާއި ޕާކިސްތާނުން ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި ހަތް މީހަކު މަރުވެއްޖެ

02 މާރިޗު 2019
ޖެކްސަންވިލްގެ ބަޑީގެ ހަމަލާ: ވީޑިއޯ ގޭމް މުބާރާތެއްގެ ތެރެއަށް ދިން ހަމަލާގައި ދެ މީހުން މަރާލައިފި

ޖެކްސަންވިލްގެ ބަޑީގެ ހަމަލާ: ވީޑިއޯ ގޭމް މުބާރާތެއްގެ ތެރެއަށް ދިން ހަމަލާގައި ދެ މީހުން މަރާލައިފި

27 އޯގަސްޓު 2018
އެމެރިކާގައި ދިން ބަޑީގެ ހަމަލާގައި އާންމުންގެ 22 މީހަކު މަރުވެއްޖެ

އެމެރިކާގައި ދިން ބަޑީގެ ހަމަލާގައި އާންމުންގެ 22 މީހަކު މަރުވެއްޖެ

18 ޖޫން 2018
ޔޫޓިއުބް ބަޑީގެ ހަމަލާ: ހަމަލާ ދިނުމުގެ ކުރިން ނަސީމް އަގްދާމް ޝޫޓިންގ ރޭންޖަކަށް ދިޔަ

ޔޫޓިއުބް ބަޑީގެ ހަމަލާ: ހަމަލާ ދިނުމުގެ ކުރިން ނަސީމް އަގްދާމް ޝޫޓިންގ ރޭންޖަކަށް ދިޔަ

05 އެޕްރީލު 2018
ޔޫޓިއުބް ބަޑީގެ ހަމަލާ: ހަމަލާދިނީ އަޕްލޯޑް ކުރާ ވީޑިއޯއާއިމެދު ކަންތައް ކުރާގޮތުުން

ޔޫޓިއުބް ބަޑީގެ ހަމަލާ: ހަމަލާދިނީ އަޕްލޯޑް ކުރާ ވީޑިއޯއާއިމެދު ކަންތައް ކުރާގޮތުުން

04 އެޕްރީލު 2018

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު