Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-އެމެރިކާ

އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓައި ނުލާނެ

3 އޯގަސްޓު 2025 | އާދީއްތަ 04:22

ނިއު ޔޯކް ޓައިމްސް އިން ރިޕޯޓު ކޮށްފައިވާ ގޮތުން އިންޑިއާ ސަރުކާރުގެ ދެ އޮފިޝަލަކު ވަނީ، އެ ޤައުމުގެ ސަރުކާރުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ހާމަކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އޯގަސްޓު 2025 | އާދީއްތަ 04:22
އިރްކުޓްސްކް އޮއިލް ކޮމްޕެނީގެ ޔަރަކްޓާ ތެޔޮ ޑީސަލް ޕްލާންޓެއްގެ މަތީގައި ރަޝިޔާގެ ދައުލަތުގެ ދިދައެއް ނަގާފައި

އިރްކުޓްސްކް އޮއިލް ކޮމްޕެނީގެ ޔަރަކްޓާ ތެޔޮ ޑީސަލް ޕްލާންޓެއްގެ މަތީގައި ރަޝިޔާގެ ދައުލަތުގެ ދިދައެއް ނަގާފައި

އިންޑިއާއާ ދެކޮޅަށް ފިޔަވަޅު ތަކެއް އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނަމަވެސް، އެ ޤައުމުން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓައި ނުލާނެ ކަމަށް އެ ޤައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. އިންޑިއާ ސަރުކާރުގެ އޮފިޝަލުން މި ފަދަ ވާހަކަތަކެއް ދައްކަވާފައި މި ވަނީ ދާދި ފަހުން ޓްރަމްޕް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެގޮތުން ހުކުރު ދުވަހު ޓްރަމްޕް ނޫސްވެރިންނާ ވާހަަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، އިންޑިއާ އިން އިތުރަށް ދެން ރަޝިޔާގެ ތެޔޮ ނުގަންނަން ނިންމާފައިވާ ކަމުގެ މައުލޫމާތު އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަަށެވެ. ނިއު ޔޯކް ޓައިމްސް އިން ރިޕޯޓު ކޮށްފައިވާ ގޮތުން އިންޑިއާ ސަރުކާރުގެ ދެ އޮފިޝަލަކު ވަނީ، އެ ޤައުމުގެ ސަރުކާރުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ހާމަކޮށްފަ އެވެ. އަދި ތެޔޮ ކުންފުނިތަކަށް ރަޝިޔާ އިން ތެޔޮ ގަތުން މަދު ކުރުމަށް އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށް އޭގެ ތެރެއިން އެއް އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އިންޑިއާ އިން ރަޝިޔާގެ ތެޔޮ އަދި އެ ޤައުމުގެ އަސްކަރީ ހަތިޔާރު ގަންނާތީ، އިންޑިއާއާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރަމްޕް އިއުލާން ކުރެއްވީ އޭނާގެ ޓްރުތު ސޯޝަލް މީޑިއާގަ އެވެ. އެގޮތުން އިންޑިއާ އިން އެމެރިކާ އަށް އެތެރެ ކުރާ މުދަލަށް 25 އިންސައްތައިގެ ޓެރިފެއް ނަގާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެ ވާހަކަތައް ހާމަ ކުރެއްވި ފަހުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އިންޑިއާ އިން ރަޝިޔާއާ އެެކު ކުރާ ވިޔަފާރިއާ މެދު ކަންބޮޑުވުމެއް ނެތް ކަމަށެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ރަޝިޔާ އިން ޔުކްރެއިންއާ އެކު ސުލްހަ ނުހަދާ ނަމަ، ރަޝިޔާގެ ތެޔޮ ގަންނަ ޤައުމުތަކުގެ މައްޗަށް 100 އިންސައްތަ ޓެރިފް ނަގާނެ ކަމުގެ އިންޒާރު ދެއްވާފައިވެ އެވެ. ރަޝިޔާ އަކީ އިންޑިއާ އަށް އެންމެ ގިނައިން ތެޔޮ ސަޕްލައި ކުރާ އެއް ޤައުމެވެ. އެގޮތުން އިންޑިއާގެ ޖުމުލަ ތެލުގެ 35 އިންސައްތަ ލިބެނީ ރަޝިޔާ އިންނެވެ.މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އިތުރުން، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އަދި މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. އިންޑިއާއާ ދެކޮޅަށް ފިޔަވަޅު ތަކެއް އަޅުއްވާނެކަން ހާމަ ކުރައްވަމުން އޭރު ޓްރަމްޕް ވިދާޅުވެފައި ވަނީ، އިންޑިއާ އަކީ އެމެރިކާގެ ގާތް ރަޙުމަތްތެރިއެއް ކަމަށެވެ. އެހެން ނަމަވެސް، ފާއިތުވެ ދިޔަ އަހަރު ތަކުގައި އިންޑިއާ އެކު ކޮށްފައި ވަނީ ވަރަށް މަދު ވިޔަފާރިއެއް ކަމަށާއި، އެހެން ދިމާވާ މައިގަނޑު ސަބަބަކީ އިންޑިއާ އިން އެމެރިކާގެ އުފެއްދުން ތަކުން ނަގާ ޓެރިފް މަތިވުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.  އިތުރަށް ޓްރަމްޕް ވިދާޅުވެފައި ވަނީ އިންޑިއާ އިން ރަޝިޔާގެ ތެލާއި، އެ ޤައުމުގެ އަސްކަރީ ހަތިޔާރު ގަތުމުގެ ސަބަބުން، ރަޝިޔާ އިން ކުރިއަށް ގެންދާ ޔުކްރެއިން ހަނގުރާމަ ކުރިއަށް ގެންދިޔުމަށް އެ ޤައުމަށް މަގު ފަހި ވަމުން އަންނަ ކަމަށެވެ. މި މައްސަލައިގެ ސަބަބުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި، އެމެރިކާގެ ރައީސް ޓްރަމްޕްއާ ދެމެދު ގޮތް ގާތް ގުޅުމަށް ހީނަރު ކަމެއް އަންނާނެ ކަމަށް ތަޖުރިބާ ކާރުން ބުނެ އެވެ. އެމެރިކާގެ ރައީސް ކަމުގެ ފުރަތަމަ ދައުރުގައި ޓްރަމްޕް ހުންނެވިއިރު، މޯދީ އާއި ޓްރަމްޕްގެ ގުޅުން ވަރަސް ބަދަހި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިހާރު އެ ގުޅުމަށް ވެސް އަސަރު ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ޑޮނަލްޑް ޓްރަމްޕްނަރެންދުރަ މޯދީ ރަޝިޔާގެ ތެޔޮއިންޑިއާ-އެމެރިކާ ގުޅުން

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް